ކުޑަކުދިންނަކީ މައުސޫމު ބައެކެވެ. އެކުދިން ކުރާ ގިނަ ކަންތައްތަކަކީ، ގަސްދުގައި ކުރާ ކަންކަމެއް ނޫނެވެ. އަދި، ކުރެވޭ ކަންކަމަކީ، އެކަންކަމުގެ ސަބަބުން ގެއްލުމެއް ލިބިދާނެފަދަ ކަންކަންކަމަށް، އެކުދިންނަށް ޤަބޫލެއްވެސް ނުކުރެވޭނެއެވެ. އެކަމުގައި މައްސަލައެއްވެސް ނެތެވެ. ދާދިފަހުންވެސް، ކުޑަކުއްޖަކުވަނީ، މިފަދަ ކަމެއް ކޮށްފައެވެ. އެކަން ކުރިއިރު، އެކަމަކީ، ބޮޑު މީހަކަށް އުނދަގޫ ވެދާނެ ކަމެއްކަމެއް، އެކުއްޖާއަކަށް ނޭނގެއެވެ.

އެގޮތުން، އެމެރިކާގެ ސިޓީ އަކަށް ނިސްބަތްވާ، އުމުރުން ހަ އަހަރުގެ ކުއްޖަކުވަނީ، މަންމަގެ އެކައުންޓުން އެތައް ފައިސާއެއް ޚަރަދުކޮށްގެން، ގިނަ އަދަދެއްގެ ކުޅޭ އެއްޗެހި ގަނެފައެވެ. އޮންލައިންކޮށް، އީ- ކޮމާސް ވެބްސައިޓް އެއް ބޭނުންކޮށްގެން މިކަން ކޮށްފައިވާއިރު، މި ކުއްޖާގެ މަންމަގެ އެކައުންޓުން 350 ޑޮލަރު ޚަރަދުކޮށްފައިވެއެވެ.

ކައިޓްލިން ނަމަކަށް ކިޔާ ހަ އަހަރުގެ މި އަންހެން ކުއްޖާއަށް، އެކުއްޖާގެ މަންމަ ފޯނު ދީފައިވަނީ، އީ- ކޮމާސް ވެބްސައިޓް، އެމޭޒޮން އިން، އެކުއްޖާއަށް ކަމުދާ ބާބީ ބުދެއް ބެލުމަށެވެ. އެހެންނަމަވެސް، ފުރުޞަތުގެ ބޭނުން ހިފައިގެން، އެކުއްޖާވަނީ އެމޭޒޮން އިން ގިނަ އަދަދެއްގެ ކުޅޭ އެއްޗެއްސަށް އޯޑަރުކޮށްފައެވެ.

މީސް މީޑިޔާގައި މި ވާހަކަ ވަރަށް ބާރަށް ދެކެވުނުއިރު، ކައިޓްލިން އަދި ކައިޓްލިންގެ މަންމަގެ އާއިލާގެ މެންބަރަކު ބުނެފައިވަނީ އޯޑަރުކޮށްގެން ގަނެގެން ގެނެސްފައިވާ ތަކެތީގެ ތެރޭގައި ޑޯލް އާއި ވީޑިޔޯ ގޭމް އަދި ބޯޑު ގޭމްގެ އެކި އުފެއްދުންތައް ގެނެސްފައިވެއެވެ. އަދި، މި ހުރިހާ އެއްޗަކަށް އޯޑަރުކޮށްފައިވާކަން، މަންމައަށް އެނގުނީ، ގެއަށް ޑެލިވަރީ ކުރި ފަހުންކަމަށްވެއެވެ.

ކައިޓްލިންގެ އާއިލާގެ މެންބަރަކު، އިތުރަށް ބުނެފައިވާ ގޮތުން، އޯޑަރުކޮށްގެން ގެނައި ކުޅޭ އެއްޗެއްސަކީ، ބޭނުންވާ މިންވަރަށްވުރެ އިތުރު އެއްޗެހިކަމުން، ބައެއް ތަކެތި، އެސަރަޙައްދުގައި ހުންނަ ކުޑަކުދިންގެ ހޮސްޕިޓަލަކަށް ހަދިޔާ ކުރުމަށްވަނީ ނިންމާފައެވެ.

ދުނިޔޭގެ އެކި ހިސާބުތަކުގައި، ކުޑަކުދިން، މިފަދަ ކަންކަން ކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު