ބޭނުންވާ ތަކެތި:

‎½1 ޖޯޑު ފުށް

‎1 ދަޅު ތެޔޮ މަސް

‎½ ޖޯޑު ކާށި ހުނި

‎½ ޖޯޑު ކާށި ކިރު

‎2 ފިޔާ (އާދައިގެ)

‎1 ސައިސަމުސާ އިނގުރު (ގާނާފައި)

‎1 ސައިސަމުސާ ލޮނުމެދު (ގާނާފައި)

‎½ ސައިސަމުސާ އަސޭމިރުސް (މުގުރާފައި)

‎1 ސައިސަމުސާ ޓޮމާޓޯ ޕޭސްޓު

‎2 މޭޒުމަތީސަމުސާ ފުނޑާފައިވާ ހަނާކުރި ތެޔޮ ހަވާދު ދު)
‎ގިތެޔޮމިރުސް، ލޮނު، ރީނދޫ، ލުނބޯ، ތެޔޮ، ރާނބާފަތް، ހިކަނދިފަތް (ކޮށާފައި)

މަސްގަންޑު ތައްޔާރު ކުރުން:

‎އެއް ފިޔާ، ރީނދޫ، ލޮނު، ދެބައިކުޅަ އެއްބައި އަސޭމިރުސް، ގިތެޔޮމިރުސް، ހިކަނދިފަތް އަދި އިނގުރު އެއްކޮށްގެން މޮޑެފައި، ލުނބޯ ޖެހުމަށް ފަހު، ހުންޏާއި މަސް ވެސް އެއްކުރުން. ރަނގަޅަށް މޮޑުމަށް ފަހު ގުޅަ ޖެހުން. ރޮށި ފިހާ ގޮތަށް ފުށް މޮޑެފައި، އެ އިން ވެސް ގުޅަ ޖެހުން. ކޮންމެ ފުށްގުޅައެއްގެ ތެރެއަށް މަސްގުޅައެއް ލާފައި، ބިހުގެ ބައްޓަމަށް ހެދުން.

ބިސް ކައްކާ ގޮތް:

ކެކިކެކި ހުރި ފެނުގެ ތެރޭގައި ބިސްތައް ކައްކާލުން. ފެން ހުންނަން ވާނީ ބިސްތަކުގެ މަތިން ކިރިޔާ އަރާ ވަރަށް. ބިސްތައް ރަނގަޅަށް ކެކުނީމައި، ފެންގަނޑާ ހަމައަށް ބިސްތައް އަރާނެ. އެރުމުން ބިސްތައް ނެގުން.

ހަވާދު ހެދުން:

ރާނބާފަތާއި، ހިކަނދިފަތް ލައިގެން ފިޔާ މީރުކޮށްފައި، ލޮނުމެދު އެޅުން. ޓޮމާޓޯ ޕޭސްޓު އަޅާފައި، އެއްކުރަމުން، ހަވާދު އެޅުމަށް ފަހު، ބައި ޖޯޑު ފެން އެޅުން. ފެންފޮދު ހިނދެންދެން، މަޑު ގިނީގައި، ރަނގަޅަށް އެއްކުރަމުން ކެއްކުން. ލޮނާއި، ކިރާއި އަސޭމިރުސް އެޅުން.ތިން މިނެޓު ވަންދެން ކައްކާފައި، ރަނގަޅަށް އޮލަ ކޮށްލާފައި، ބިސްތައް އަޅާލުން. ރަނގަޅަށް ބޮކިޖަހައި ހަވާދުގަނޑު ކެކެން ފެށުމުން އުނދުން ނިއްވާލުން.