އެމެރިކާގެ ފްލޮރިޑާގައި ޖަލުން މިނިވަންވި ކުއްވެރިއަކު ޖަލުން ނިކުމެގެން 12 ފޫޓަށް ނުދެވެނީސް އަނެއްކާ ވައްކަން ކޮށްފިއެވެ.

އުމުރުން 34 އަހަރުގެ މައިކަލް ލުއިސް ފްކޮރިޑާގެ ފުލުހުން އަނެއްކާވެސް ހައްޔަރު ކުރި އިރު އޭނާ ވަނީ ޕާކު ކޮށްފައި އޮތް ކާރެއްގެ ބިލޫރިތަށް ހަލާކުކޮށްގެން އެކާރުން ވައްކަން ކޮށްފައެވެ.

ފްލޮރިޑާގެ ފުލުހުން ވަނީ ލުއިސް ކާރަކަށް ފަހު ކާރެއް ލޫޓުވަން މަސަައްކަތް ކުރާ ވީޑިއޯއެއްވެސް ހޯދާފައެވެ.

ލުއިސް މީގެ ކުރިން ޖަލުން ދޫކޮށްލީ ކަފާލާތުގެ ދަށުންނެވެ. ނަމަވެސް ޖަލުން ނުކުތްތާ ކުޑައިރުކޮޅެއްގެ ތެރޭގައި އޭނާ ވައްކަމެއް ކުރުމުން އަނެއްކާ ބަންދަށް ދާން ގިނަ އިރުތަކެއް ނުނެގިއެވެ. އޭނާ ވަގަށް ނެގި ތަކެތީގެތެރޭގައި އައިފޯނަކާއި ގިނަ އަދަދެއްގެ ފައިސާ ހިމެނެއެވެ.

ފްލޮރިޑާގެ ފުލުހުން އަންނަނީ މި މައްސަލަ އިތުރަށް ބަލަމުންނެވެ. ލުއިސްގެ މި ކުށާއި އެކު އޭނާ ބަންދުން ދޫކުރަން ދިން ލުއި ވަނީ އަނބުރާ ގެންގޮސްފައެވެ. އަދި ބޮޑު ހުކުމެއް އޭނާގެ މައްޗަށް އައުން އެކަށީގެންވެއެވެ.

ފްލޮރިޑާގެ ފުލުހުން ލުއިސް ހައްޔަރު ކުރަން އެންމެ ބޮޑު އެހީ އަކަށްވީ އޭނާ ވައްކަން ކުރަމުން ދިޔަ މަންޒަރު ފެންނަ ވީޑިއޯއެވެ. ލުއިސްގެ މައްޗަށް މިހާރުވަނީ ވައްކަމުގެ ދައުވާގެ އިތުރުން ބިރު ދެކުމުގެ ދާއުވާއާައި ފޭރުމުގެ ދައުވާވެސް އުފުލާފައެވެ.

ދިރާސާތަކުން ދައްކާގޮތުގައި އެމެރިކާގައި ހިންގާ ވިޔަފާރިތަކުން ކުރާ ވައްކަންތަކުގެ އަގު އަހަރަކު 200 ބިލިއަން އެމެރިކާ ޑޮލަރަށް އަރައެވެ. އާންމުކޮށް ވައްކަން ކުރަނީ ޝޮޕިންގ ސެންޓަރުތަކާއި، ސްޕަރމާޓްތަކާއި، ފިހާރަތަކާއި، ރެސްޓޯރަންޓްތަކާއި، ހޮޓާ ކެފޭ ނުވަތަ އެނޫންވެސް ވިޔަފާރި ކުރާ ބައެއް ތަންތަނުނެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އީސްޓް

    ސޯ ކޯލްޑް ސިވިލައިޒްޑް ޔޫ އެސް ސިޓިޒަން
    މެޖޯރިޓީސް އާރ ތީވްސް މަރޑަރަރސް ގޭންގް ސްޓަރސް

    1
    1
  2. އެރީ

    ތީ ރައްޖޭގެ ކުއްކުރާ ކުދިންވެސް ކުރާކަންކަން