ބޭނުންވާ ތަކެތި:

  • - ތެޔޮ
  • - ފިޔާ
  • - ރޯ ޓޮމާޓޯ
  • - ލީކްސް
  • - ހިކަނދިފަތް
  • - ބެލް ޕެޕާ
  • - ޓޫނާ މަސްދަޅު
  • - ހިކިމިރުސް
  • - ގިތެޔޮ މިރުސް
  • - ލޮނުމެދު
  • - އިނގުރު
  • - ރީނދޫ
  • - ލޮނު

ތައްޔާރުކުރާނެ ގޮތް:

އެންމެ ފުރަތަމަ ތަވާ އުދާލުމަށްފަހު, ތެޔޮ ފޮދެއް އަޅާ ހޫނު ކޮށްލާށެވެ. އަދި އޭގެ ތެރެއަށް ހިކަނދިފަތް، ފިޔާ، ލީކްސް، ރޯ ޓޮމާޓޯ، ބެލް ޕެޕާ، ޓޫނާ މަސްދަޅު، ގިތެޔޮ މިރުސް، ލޮނުމެދު، އިނގުރު، ރީނދޫ، ލޮނު އަޅާލުމަށްފަހު އެއްކޮށްލާށެވެ. އަދި އެޅި ހުރިހާ އެއްޗެއް މޯޅިވެ ރަނގަޅަށް ކައްކާލުމުން ތައްޔާރުކޮށް ނިމުނީއެވެ.