ފެނަކީ ކޮންމެ ދިރުމެއްގެވެސް ދިރިހުރުމުގެ އެންމެ މުޙިންމު އެއް ނިޒާމެވެ. ފެނާއި ނުލައި އިންސާނުންނާއި އެނޫންވެސް ދިރުންތަކަށް އުޅެވުމަކީ ކުރެވޭނެ ކަމަކަށްނުވާއިރު، ފެން ލިބޭ ކޮންމެ ތަނެއްގައި އަހަރެމެންނަށް ނޫޅެވިދާނެއެވެ. ދުނިޔެ ފިޔަވައި އެހެން ގުރަހައެއް ނުވަތަ ހަނދެއްގައި ދިރުމެއްވޭތޯ ސައިންސްވެރިން ކުރަމުންދާ މަސައްކަތުގެ ތެރެއިން، ހަނދުގައި ސައިންސްވެރިންގެ ބޭސްއެއް ޤާއިމްކުރުމާއި މެދު މީގެ ކުރިން ވަނީ މަޝްވަރާކުރެވިފައެވެ. މިއީ މިކަމަށް މިހާތަނަށް ލިބުނު އެންމެ ބޮޑު ކުރިއެރުމެވެ.

ހަނދުގެ ބިންގަނޑުގެ އެންމެ މަތީ ފަށަލައިގައި ގަނޑުފެނާއި ދުންފިނީގެ އަސަރު ހުރިކަން މީގެ ކުރިން ހޯދާފައިވާ ހަނދުގެ ހޯދުންތަކުން ހާމަވާއިރު، މިތަކެތި ބޭނުންކޮށްގެން ހަނދުން ފެން ލިބޭނެ ނިޒާމެއް ޤާއިމްކުރެވިދާނެކަމަށް ސައިންސްވެރިން ބުނެއެވެ. އަދި ފަހަރުގައި މި ގަނޑުފެން ފެތުރިފައިވާ ސަރަޙައްދުން ހަނދުގެ ބިންގަނޑުގެ އަޑީގައި ގަނޑުވެފައިވާ ފެނުގެ ފަށަލައެއް ވެދާނެކަމަށް އެފަރާތްތަކުން ބުނާއިރު، އެކަމަށް ހެކިދޭ ބައެއް ކަންކަން މީގެ ކުރިން ވަނީ ފެނިފައެވެ.

ސައިންސްވެރިން ބުނެފައިވާގޮތުގައި ހަނދުގައި ގަނޑުފެން ވަނީ، ހަނދަށް އިރުގެ ދޯދި އެއްވެސް ވަރަކަށްނޭޅޭ، އަނދިރިފަޅީގައެވެ. މި ސަރަޙައްދުގެ ފިނިހޫނުމިން ބައެއް ދުވަސްތަކުގައި މައިނަސް 157 ޑިގްރީ ސެލްޝިއަސްއަށްވެސް ދަށްވާކަމަށް ވެއެވެ. އެހެންކަމުން ހަނދަށް އިންސާނުން ދަތުރުކުރިނަމަވެސް މި ސަރަޙައްދަށް އެރުމަކީ ކުރެވޭނެ ކަމަކަށްނުވާ ހިނދު، މި ސަރަޙައްދުން ގަނޑުފެން ނަގައި ފެން ހޯދަން ޖެހޭނީ މައިންކޮށްގެން މައުދަންތައް ދުނިޔޭގައި ހޯދާ އުސޫލުންނެވެ.

ހަނދުގައި ޤާއިމްކުރުމަށް ނިންމާފައިވާ ބޭސްއަށް ފެން ލިބޭނެ ނިޒާމެއް ސައިންސްވެރިން ހޯދާފައިވާއިރު، މި ފެނަކީ އިންސާނުން ނޭވާލުމަށް ބޭނުންވާ އޮކްސިޖަން ލިއްބައިދިނުމާއި، ރޮކެޓްތަކަށް ބޭނުންވާ ތެޔޮ ނުވަތަ ގޭސް އުފެއްދުމުގައި މުޙިންމު ބޭނުންތަކެއް ހިފޭނެ އެއްޗެކެވެ. މިކަމާއި ގުޅޭގޮތުން ދިރާސާވެރިން މިހާރު ދަނީ އިތުރަށް ހޯދުންތައް ހޯދުމަށް މަސައްކަތްކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ފަޤީރު ކަލޯ!

    ދިރާސާ ކޮށް ނިމޭއިރު އެންމެ ފަހުން ނަތީޖާ ނިކުންނާނީ ހަނދަކީ އިންސާނުންނަށް ވައިވެސް އެޅި ލެވެން ނެތް ތަނެއްގެ ގޮތުގައެވެ. އޭރުން މިހާރަށްވުރެވެސް ބޮޑަށް އެމެރިކާ ބޭޒާރު ވީއެވެ.

    • ގަމާރުމޯލްޑިވިއަން

      ގަބޫލު ކޮށްގެން ހުރޭ އެމެރިކާ އަށް އެށްވެސް ކަމެއް ނުކުރެވޭނެ ކަމަށް.އަބަދށްޓަކާ އަހަރެމެން ތިބޭނީ ގަބު ގަމާރު ކަން މަތީ

  2. ކަހުރަބު

    ހަނދުގެވާހަކަ ދައްކާކަށް ނޭނގޭނެ މުސްލިމުންނަށް ނޫނިއްޔަކާ.

    • ގަމާރުމޯލްޑިވިއަން

      ހައްހާ.ގުޑު ވަން ބްރޯ

      • މަ

        އެހެންޏާ ހަނދު ހުނިލީ ރޮށްޓެއްހެން ވީދާލި ބަޔަކަށް މާރަގަނޅަށް އެތަން އޮތްގޮތް އެނގޭނެ އެއްނު؟

    • ކިޔާ

      ހަނދާއި ދުނިޔޭގަ ލެއްވިހާ އެންމެހާ އެއްޗެއްގެ ހަޤީޤަތް މޮޅަށް ދެކެދެނެވޮޑިގަންނަވަނީ މާތްﷲ.ކާފަރުންނަށް ނުދެއްވާފަދަ ގިނަގުނަ އިލްމީހެކިތަކެއް އެކުލެވިގެންވާ މާތްވެގެންވާ ކީރިތި ޤުރުޢާންވަނީ މުސްލިމުންގެ އަތުގަ.އެހެންމީހުންނަށް މަލާމަތްކޮށް ނޫސްތަކުގަ ކޮމެންޓުކުރާއިރު ތިބާގެ ނަފްސު ހެއްދެވި ފަރާތެއް ދެނެނުގަނެވޭ ނުވަތަ ގަބޫލުކުރަން ދެކޮޅު ހަދާފަރާތްތަކަކަށްވުރެ ބޮޑަށް މަލާމަތް ރައްދުކުރެވޭ އެހެން ބައެއް ވާނެބާ؟؟؟؟އެފަދަ ފަރާތްތަކުގެ މިސާލަކީ މިސްރާބެއްނެތް އޮޑިޔެއްގެ މިސާލު.މިފަދަ ބަޔަކު އެހެންމީހުންނަށް މަލާމަތްކޮށް އުޅެންފެށީމަ އަންނަނީ ޒާތެއްގެ ހިންޏެއް.