ދުނިޔޭގެ އެންމެންގެ މަޤްބޫލުކަން ހޯދަައިފައިވާ އިންސްޓަގްރާމް އަކީ ފެށުނީއްސުރެވެސް "ފޮޓޯ" އަށް ޙާއްސަ އެޕެކެވެ. ނަމަވެސް ވަރަށް އަވަހަށް ސްނެޕްޗެޓެކޭ އެއްގޮތަށް އިންސްޓަގްރާމުންވެސް މީހުންނަށް ގުޅުމާއި ވީޑިއޯ ޗެޓްގެ ޚިދުމަތް ލިބޭނެ ކަމަށް ފަހުގެ ޚަބަރުތައް ލިބެއެވެ.

ދެމީހުންމެ އޮންލައިގައި ތިބި ނަމަ، އެކަކު އަނެއްކަކަށް ގުޅޭ ގޮތަށް ސްނެޕްޗެޓުން ހަދައިފައިވަނީ 2016 ވަނަ އަހަރުގައެވެ. ހަމަ މިފަދައިން ފޭސްބުކް މެސެންޖާރ އިން ވެސް ވީޑިއޯ ކޯލް ކުރެވެއެވެ.

Image result for instagram video

މިވަގުތު، އިންސްޓަގްރާމަށް ވީޑިއޯ އަޕްލޯޑް ކުރެވުނަސް، އަދި ވީޑިއޯ ކޯލް ކުރުމުގެ ފުރުސަތެއް މިހާތަނަށް އެ އެޕް ބޭނުން ކުރާ ފަރާތްތަކަށް ލިބިފައެއް ނުވެއެވެ.

ފާއިތުވެ ދިޔަ މަސްތަކުގައި، އިންސްޓަގްރާމުން ދިޔައީ ތަފާތު އައު ފީޗާރތައް ތައާރަފު ކުރަމުންނެވެ. މި ފީޗާރސްތައް ފެންނާނީ "އިންސްޓަގްރާމް ޑައިރެކްޓް" ކިޔާ އެއްޗެއް މެދުވެރިކޮށްކަމަށް ޚަބަރު ލިބެއެވެ. މިގޮތުން، މިދިޔަ ފެބުރުއަރީ މަހު އެމީހުން ވަނީ، އިންސްޓަގްރާމް ސްޓޯރީ ސްކްރީންޝޮޓް ނެގުމުން އެެކަން އެނގޭނެ ގޮތެއް ތަޢާރަފު ކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. އަދި ހަމަ އެހެންމެ، އައު ފޮންޓްތަކާއި އައު ބެކްގްރައުންޑް ތަކެއްވެސް ވަނީ ދާދި ފަހުން ތައާރަފު ކޮށްފައެވެ.