ބޮލީވުޑްގެ ރަސްގެފާނު ކަމަށް ގިނަ ބަޔަކު ގަބޫލު ކުރާ ޝާހްރުކް ޚާންގެ ފިލްމު "ޖަވާން"ގެ ޓީޒާ މިއަދު ނެރެފިއެވެ.

މި ފިލްމުގެ ޕްރިވިއު ދިގުދެމިގެންދާނީ ދެ މިނެޓާއި 15 ސިކުންތަށެވެ.

ޝާހްގެ ފިލްމު ޕްރޮޑަކްޝަން ކުންފުނި ރެޑް ޗިލީސް އެންޓަޓެއިންމަންޓުން މިހާތަނަށް ނެރުމަށް ހަމަޖެހިފައިވާ އެންމެ އަގު ބޮޑު މި ފިލްމު އިންޑިއާގެ ތިއޭޓަރުތަކަށް ރިލީޒް ކުރުމަށް ހަމަޖެހިފައިވަނީ މި އަހަރުގެ ސެޕްޓެމްބަރު ހަތް ވަނަ ދުވަހުގައެވެ. އޭގެ ކުރީގައި ފިލްމު ނެރުމަށް ހަމަޖެހުނީ ޖޫން ދޭއް ގައެވެ.

މި ފިލްމުގެ ވާހަކަ ބިނާވެފައި ވަނީ މުޖުތަމައު އަށް ނުރައްކާތެރި މީހެއްގެ ފުށުން ދިމާވާ ނޭދެވޭ ކަންތައްތަކާއި ބިރަކާއި ނުލާ ޝާހު ކުރިމަތިލާ މަސައްކަތަށެވެ.

އެކްޝަން ތްރިލާ ފިލްމު "ޖަވާން"ގައި ޝާހްރުކްއާ އެއްކޮށް ފެނިގެންދާނީ ދެކުނު އިންޑިއާ ފިލްމު އިންޑަސްޓްރީން ވިދާލި މަޝްހޫރު ބަތަލާ ނަޔަންތާރާއާއި ބަތަލު ވިޖޭ ސެތުޕާތީއެވެ. ޝާހުގެ ފިލްމު ޕްރޮޑަކްޝަން ކުންފުނި ރެޑް ޗިލީޒް އެންޓަޓެއިންމަންޓުން ބޮޑު ބަޖެޓަކަށް ޕްރޮޑިއުސްކުރާ މި ފިލްމު ޑައިރެކްޓް ކުރީ ދެކުނު އިންޑިއާ ފިލްމު އިންޑަސްޓްރީގައި އެންމެ ހިޓް ފިލްމުތައް ޑައިރެކްޓްކުރާ އެޓްލީއެވެ.

ފިލްމު ކްރިޓިކްސް ގަބޫލުކުރާ ގޮތުގައި އެޓްލީގެ ކުޅަދާނަ ޑައިރެކްޝަންއާއި ޝާހްރުކްގެ ޚާންގެ މަޝްހޫރުކަން އެއްކޮށްލުމުން، މި ފިލްމު އިންޑިއާ ފިލްމު އިންޑަސްޓްރީގެ ތާރީޚުގައި ވެސް އުފެދުނު އެންމެ ކާމިޔާބު ފިލްމަށް ވުމުގެ ފުރުސަތު އެބައޮތެވެ.

 

 

ކިޔުންތެރިންގެ ހިޔާލު