ކްރީތީ ސަނޯންގެ އާ ޕްރޮޑަކްޝަން ހައުސް "ބްލޫ ބަޓަފްލައި ފިލްމްސް"ގެ ނަމުގައި ހުޅުވައިފިއެވެ.

ކްރީތީގެ ފިލްމު ޕްރޮޑަކްޝަން ހައުސްގެ ޚަބަރު އޭނާ އިއުލާންކުރީ އޮފިޝަލް އިންސްޓަގްރާމް އެކައުންޓް މެދުވެރިކޮށެވެ. ބްލޫ ބަޓަފްލައި ފިލްމްސްގެ ބެނާގެ ދަށުން ކާޖަލްއާއި އޭނާ ހަރަކާތްތެރިވުމަށް ހަމަޖެހިފައިވާ ފިލްމު "ދޯ ޕައްތީ" އުފައްދަން އުޅޭ ކަމަށް ވެސް ރިޕޯޓްތައް ބުނެއެވެ.

މި ކުންފުންޏަކީ ކްރީތީ އާއި އޭނާގެ ކޮއްކޮ ނުޕުރް ގުޅިގެން އުފައްދާފައިވާ ފިލްމު ޕްރޮޑަކްޝަން ހައުސްއެކެވެ.

ކްރީތީ ފިލްމު ޕްރޮޑަކްޝަނަށް ޝައުގުވެރިވީ އިރުގައި އޭނާ ވަނީ ބޭދިޔާ، މީމީ، ބަރޭލީ ކި ބަރްފީ އަދި ލޫކާ ޗުއްޕީ ފަދަ ކާމިޔާބު ފިލްމުތަކުގައި ހަރަކާތްތެރިވެފައެވެ.

ޕިންކް ވިލާއިން ރިޕޯޓްކޮށްފައިވާ ގޮތުގައި މީގެ ކުރީގައި ވެސް ކްރީތީ ޕްރޮޑަކްޝަނަށް ޝައުގުވެރިކަން ހުރެއެވެ.

ކްރީތީއާ ގާތް މީހަކާ ހަވާލާދީ ރިޕޯޓްތަކުން ބުނާ ގޮތުން ނަމަ އަންނަ އަހަރަކީ ކްރީތީގެ ފިލްމީ ކެރިއަރަށް 10 އަހަރު ފުރޭ އަހަރެވެ. އެހެންކަމުން، މިއީ އޭނާ ފިލްމު ޕްރޮޑަކްޝަން ދާއިރާގައި މަސައްކަތް ކުރަން އެކަށޭނެ ވަގުތުކޮޅެއް ކަމުގައި އޭނާ ބުނެފައިވެއެވެ.

ކްރީތީ އެންމެ ފަހަކަށް މަސައްކަތްކޮށްފައިވަނީ ޕްރަބާސްއާއި އެއްކޮށް ކުޅުނު ފިލްމު "އާދިޕުރުޝް"ގައިއެވެ. ދެން އެންމެ އަވަހަކަށް އޭނާ ފެނިގެންދާނީ ބޮލީވުޑްގެ ބަތަލާއިން ކަރީނާ ކަޕޫރްއާއި ތާބޫއާއި އެއްކޮށް ކުޅެފައިވާ ފިލްމު "ދަ ކްރޫ" އިންނެވެ.

ކިޔުންތެރިންގެ ހިޔާލު