އިންޑިއާގެ ބެންގަލޫރު ފިރިހެނެއް އޮޅުވާލައިގެން 15 އަންހެނުންނާ ކައިވެނިކޮށްފިއެވެ.

ސެޓްފިކެޓެއް ނެތް ހާލުގައިވެސް އޭނާއަކީ ޑޮކްޓަރެއް އަދި އިންޖިނިއަރެއް ކަމަށް ބުނެ އެމީހުންނާއި ކައިވެނިކޮށްފައިވެއެވެ. އަދި ބައެއް އަންހެނުންނާއި އޮޅުވާލައިގެން ކައިވެނިކުރީ ސިވިލް ކޮންޓްރެކްޓަރެއް ކަމަށް ބުނެގެންނެވެ.

ފަނަރަ މީހުންނާ ކައިވެނިކުރިކަން ފަޅާއެރި ހިސާބުން މައިސޫރުގެ ފުލުހުން ވަނީ އޭނާ ހައްޔަރުކޮށްފައިއެވެ. ފުލުހުން ނެރުނު ރިޕޯޓު ބުނާ ގޮތުގައި މި މީހާއަކީ ބެންގަލޫރުގެ ބަނާޝަންކަރީއަށް ނިސްބަތްވާ މަހޭޝް ނާޔަކް ނަމަކަށް ކިޔާ އުމުރުން 35 އަހަރުގެ މީހެކެވެ.

އޭނާ މި އެންމެންނާ ކައިވެނި ކުރަން ފެށީ 2014 ވަނަ އަހަރުން ފެށިގެންނެވެ. މިހާރު އޭނާއަކީ ހަތަރު ކުދިންގެ ބައްޕައެކެވެ. އޭނާއަކީ ޑޮކްޓަރެއް ކަމަށް ދައްކަންވެގެން އޭނާ ވަނީ ފޭކް ކްލިނިކްއެއް ގާއިމުކޮށް އަނބިންނަށް އޮޅުވާލައިފައެވެ. އަދި އެ ކްލިނިކް އެއީ ހަގީގަތެއް ކަމަށް ދައްކަން ނަރުހެއްގެ އެހީވެސް ބޭނުންކޮށްފައިވެއެވެ.

މި މައްސަލަ ފުލުހުންނަށް ހުށަހެޅީ އޭނާއާ ކައިވެނިކުރި ސޮފްޓްވެއާ އިންޖިނިއަރެކެވެ. އޭނާގެ އެހެން އަނބިންވެސް އޭނާއާ ދެކޮޅަށް މައްސަލަ ޖައްސާފައިވެއެވެ. އޭގެ ތެރެއިން އެކަކު ތުހުމަތުކުރާ ގޮތުންނަމަ މަހޭޝް ވަނީ ކްލިނިކް ގާއިމްކުރުމަށްޓަކައި އޭނާ އަތުން ގަދަކަމުން ފައިސާތަކެއް ހޯދަން މަސައްކަތްކޮށްފައެވެ. އަދި ފައިސާ ދޭން އިންކާރު ކުރި ހިސާބުން އޭނާގެ ގަހަނާތައް ވަގަށް ނަގައިގެން ފިލާފައިވާ ކަމަށް އެ އަންހެން މީހާ ބުނެފައިވެއެވެ.

 

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޓޭޓް

    ކޮބާ މިހާރު އަންހެނުން ގޯސްކޮއްފަ ވާހަކަ ދައްކާ ގުރޫޕް