ބޮލީވުޑް އެކްޓްރެސް ޕަރިނީތީ ޗޯޕްރާ ރާއްޖެ އައިސް ޗުއްޓީ ހޭދަކުރަމުންދާއިރު، އޭނާ ޗުއްޓީ ހޭދަކުރަމުންދާ ފޮޓޯތަކަކަށް ގިނަބައެއްގެ ސަމާލުކަން ލިބިއްޖެއެވެ.

މިއަހަރުގެ ފެބުރިއަރީ މަހުގެ ތެރޭގައި ވެސް ޗުއްޓީ ހޭދަކޮށްލުމަށް ރާއްޖެ އައިސްފައިވާ ޕަރިނީތީ އޭގެފަހުންވެސް މެގަޒިންއެއްގެ ޝޫޓިން އަކަށްވެސް ވަނީ ރާއްޖެ އައިސްފައެވެ.

އިންސަޓްގާރްމް މެދުވެރިކޮށް ޕްރިނީތީ ޕޯސްޓްކުރަމުންދާ ފޮޓޯތަކަށް ދުނިޔޭގެ އެކި ކަންކޮޅު ތަކުގެ ގިނަބައެއްގެ ސަމާލުކަން ދަނީ ލިބެމުންނެވެ.

https://www.instagram.com/p/Bm3NcyilCOa/?utm_source=ig_embed&utm_campaign=embed_loading_state_control

 

ނޫސްތައް ބުނާ ގޮތުގައި ޕަރިނީތީއަށް އެހާ ރާއްޖެ ޚާއްސައީ، ރާއްޖޭގައި އޮންނަ ރީތި މޫދާއި ގޮނޑުދޮށުގެ ސަބަބުންނެވެ. ޕަރިނީތީއާއިއެކު މި ޗުއްޓީ ދަތުރުގައި އިތުރު ފަރާތަކުން ބައިވެރިވެފައިވާ ކަމަށް މައުލޫމާތު ލިބިފައެއް ނުވެއެވެ.

"ޕަރިނީތީ ހަމަގައިމުވެސް އިތުރު އެއް ކަމެއް ނުކުރިޔަސް ސްކޫބާ ޑައިވިން އަށް ދާނެ. އެއީ އޭނާ އަބަދުވެސް ކުރާ ހިތްވާ ކަމެއް. އަދި އޭނާއަކީ އެކަމުގެ ސެޓްފިކެޓް އޮތް ޓްރެއިނަރެއް" ޕަރިނީތީގެ ގާތް ފަރާތަކުން ބުނެފައިވެއެވެ.

 

2011 ވަނަ އަހަރު ނިކުތް ބޮލީވުޑް ފިލްމު "ލޭޑީ ވާސަސް ރިކީ ބަލް" އިން ބޮލީވުޑަށް ތައާރަފް ވެގެން ދިޔަ ޕަރިނީތީ ވަނީ އެ ފިލްމުން "ފިލްމް ފެއާރ އެވޯޑް ފޯ ބެސްޓް ފީމޭލް ޑޭބިއު" އެވޯޑް ހާސިލްކޮށް "ބެސްޓް ސަޕޯޓިން އެކްޓްރެސް" އެވޯޑަށް ނޮމިނޭޓް ވެފައެވެ.

ޕަރިނީތީ ދެން އެންމެ އަވަހަށް ފެނިގެންދާނީ، 2007 ވަނަ އަހަރު ނިކުތް ފިލްމު "ނަމަސްތޭ ލަންޑަން"ގެ ސީކުއަލްގެ ގޮތުގައި އުފައްދާ ފިލްމު "ނަމަސްތޭ އިންގްލޭންޑް" އިންނެވެ. މި ފިލްމުގައި އޭނާއާއިއެކު އެކްޓަރު އަރުޖުން ކަޕޫރްވެސް ފެނިގެންދާނެއެވެ. އެހެންކަމުން، މިއީ ޕަރިނީތީއާއި އަރުޖުން އެކުގައި ފިލްމަކުން ފެނިގެންދާނެ ދެވަނަ ފިލްމެވެ.

މި ފިލްމު ރިލީޒްކުރަން ހަމަޖެހިފައިވަނީ އޮކްޓޫބަރު 19 ވަނަ ދުވަހުގައެވެ.