ކޮންމެ މަހަކު އާމްދަނީގެ ގޮތުގައި 88000 (އަށްޑިހަ އަށް ހާސް ރުފިޔާ) ލިބޭ ދިވެހި އަންހެނަކު ކައިވެނި ކުރާނެ ފިރިހެނަކު ހޯދަން ފޭސްބުކްގައި އިއުލާން ކޮށްފިއެވެ.
ފޭސްބުކް މެދުވެރިކޮށް ކައިވެނި ކުރާނެ މީހުން ހޯދައިދޭ ޕޭޖެއް ކަމަށްވާ "ކައިވެނި ޕޭޖް" ގައި ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވާ ގޮތުގައި ކައިވެނި ކުރާނެ ފިރިހެނަކު ހޯދަން އުޅެނީ އުމުރުން 28 އަހަރުގެ މާލޭގައި ގެދޮރު ހުރި އަންހެނެކެވެ.
ގޭގެ ކުލީގެ ގޮތުގައި އަދި ވަޒީފާ އަދާކޮށްގެން ވެސް އޭނާ އަށް އާމްދަނީ ލިބެއެވެ.
އޭނާ ކައިވެނި ކުރަން ބޭނުން ވަނީ އުމުރުން 18 އަހަރާއި 38 އަހަރާއި ދެމެދުގެ ފިރިހެނަކާއި އެވެ.
އަދި ހާއްސަ ޝަރުތެއް ވެސް އޭނާ ވަނީ ކަނޑައަޅާފައެވެ. އެއީ ފިރިހެން މީހާ އަކީ ލ.ގަން، ފުވައްމުލައް، އައްޑޫ ނުވަތަ ކުޅުދުއްފުށީ މީހަކަށް ވުން މަޖުބޫރު ވުމެވެ.
"ހަރުދަނާ އޯގާތެރި، ކިޔަމަންތެރި މީހަކަށް ވާންވާނެއެވެ. ބޮޑަށް ރަނގަޅީ ހަށިގަނޑު ފިޓްކޮށް ހުންނަ ރޫފަ ރަނގަޅު މީހެކެވެ." އިއުލާނުގައި ވެއެވެ.
https://www.facebook.com/kaivenipage/photos/a.577983229211517/713737285636110/?type=3&theater
އޭނާ އާއި ކައިވެނި ކުރަން ބޭނުންވާ މީހުން ޖެހޭނީ ފޭސްބުކް މެދުވެރިކޮށް ކައިވެނި ޕޭޖަށް މެސެޖް ކުރާށެވެ.
ކައިވެނި ކުރާނެ މީހަކު ހޯދަން އިއުލާންތައް ޖަހައިދޭ ފޭސްބުކް ޕޭޖްގައި އިއުލާންތައް ޖަހަމުން ގެންދަނީ އިއުލާން ޖަހަން ބޭނުންވާ މީހާ ދޭ މައުލޫމާތަކީ ސައްހަ މައުލޫމާތު ކަން ކަށަވަރު ކުރުމަށް ފަހު އެވެ. އެޕޭޖްގައި އިއުލާން ޖަހައިގެން މިހާތަނަށް ގިނަ ބަޔަކު ވަނީ ހަޔާތުގެ ބައިވެރިން ހޯދާފައެވެ.
ނޫސްތަކާއި ވެބްސައިޓްތަކުގައި އިއުލާން ކޮށްގެން ހަޔާތުގެ ބައިވެރިޔަކު ހޯދުމަކީ އަވައްޓެރި ގައުމުތަކުގައި ވެސް ވަރަށް އާންމު ކަމެކެވެ.
ތި ދެން ވަކި ބަޔަކަށް ދޭ އެއްޗެއް...
ހުރިހާ އެންމެންނަށް ދީގެން ކަމަކުނުދާނެ....
ތީވަކި އަތޮޅަކަށް ދޭން ނިންމާފަ އޮތް އެއްޗެއް....ތީތި ކަޑަ
ކިހިނެއް އެވަރަށް އެ ރުފިޔާ ހޯދަނީ؟؟؟
ގޭގެ ކުލި އަދި ވަޒީފާ އަދާކޮށްގެން ކަމަށް ލިޔުމުގަ އެއޮތީނުން ލިޔެފަ.
ތިހޮވާލީ ރާއްޖޭގެ ނިސްބަތުން ބިންބޮޑެތި ސަރަހައްދުތައް.ހިތުގައުފެދެނީ ޖަވާބު ނޭނގޭ ސުވާލުތަކެކެވެ.ދެން ޝަރުތުހަމަވާ މީހުން އަވަސްކުރޭ.މާލޭގެ މުއްސަންޖެއްވީމަ ވ ގިނަ ފިރިހެނުން ބޭނުންވާނެ.ހާއްސަކޮށް ފައިސާ މޮޔަވާމީހުން.
ކެރެފާނަޝީދު ރަގަޅުވާނެ ކުޑަކަންބައްލަވާނެ
ކުރިއަށް އޮތް 2 ނުވަތަ 3 މަސްތެރޭގައި ކައިވެނި ކުރުން ޝަރުތެއް ނުކުރޭބަ
3 މަސްވެއްޖެނަމަ ދެން ތިކައިވެނި ކުރުމަށް ފަހަރުގަ ދަތި ތަކަކާއި ކުރިމަތި ވެދާނެ ހެން ހީވަނީ
އެހެން ހުރިހާ ޝަަރުތެއް އިރާދަ ކުރެއްވިއްޔާ އެބަހުރި ފުރިހަމަ ވެފަ. އެކަމަކު ތި ދެންނެވި ރަށްތަކުގެ ތެރެއިން ރަށަކަށް ނިސްބަތް ނުވާތީ ވަރަށް ދެރަ.
އެހެންދޯ ލެއްވިތަނުގެ މައްސަލަ ތިދިމާވީ މިފަހަރު
އުމުރު މާގިނަ 55 ދެންކިހިނެއް ހަދާނީ؟
ކުރިން ވެސް ހަދަމުން އައި ގޮތަށް ހަދާބަލަ
އޭނަވެސް މުދަލައިގެން އުޅޭކަން ދޭހަވޭ.
ތީ އަނެއްކާ ހަލާލު އާމުދަނީއެއްބާ؟
ތިކަންވެސް ދެން ނުވީތާ
ތިޔަ މަންޖެޔާ ކޮންމެސް ގާތްނުވާތި، ބިންކޮޅު އަތުލަން އުޅެމީހެއް، ހަޔާތްކުޑަ
ކައިވެނީގެ ކުރިން އަންހެނާއަށް ބެލުން ހުއްދަތަ! އޮރިޔާމުން ހުއްޓަ
އިންނަން ބޭނުން އެކަމަކު ތިބުނާ ރަށްތައްކަނޑައަޅާފަ އިނީމަ ކިހިނެއްހަދާނީ
9922204 އަޅުގަނޑް ރެޑީ
ހުޔޮލަފާ ރަނގަޅު މީހަކު ތިޔަ ސަރަހައްދަކުން ނުލިބޭނެ.
ކޮންމެ ތަނެއްގަަައިވެސް ރަނގަޅު މީހުނާއި ގޯސް މީހުންް އުޅޭނެެ...
ފައިސާވެރި އަންހެނެއް ވިޔަސް އިންނަން ބޭނުމެއް ނޫން، ފައިސާއެއް ނޫން ބޭނުންވަނީ، ހަރުދަނާ އަޚްލާގެއްގެ ވެރި ދީންވެރި އަންހެނެއް.
ޒާގެ ކޮމެންޓު ގަބުނާހެން ތިމީހަކީ މާއްދީ އެދުން އޮތްމީހެއް
މަ އިނދެފާނަން. މަގޭ ހިތް 28 އަހަރު. މަގޭ ބައްފަ އައަޑޫ... އޯކޭތަ؟.... ތިވާނީ ހުތުރުކަމުން އިންނާނެ މީހަކު ނުވެފަ އިން އަންހެނަކު ކަމަށް.
ކޮން ވާނީ އެއް! އެއްވެސް މީހަކު ނޫން ހުތުރުއެއް.. މާޝާﷲ. މުހިއްމީ ހިތް ރަނގަޅުވުން.. އެކަކުސް އެއްވެސް ކަމެއްގަ ފުރިހަމަނޫން މީ ދުނިޔެ ބޮޑާ ނުވަމާ އިންޝާﷲ
ތަންކޮޮޅެއް އަވަސް،ވި، އުފަން، ވިލެއް، އެހެން، ހުރިހާ، ސަރުތުއެއް، ހަމަވޭ
ކާމިނީގެ ޢައްދާރު ޔާމީން ބޭނުންވާނެ.
ހޫނ. މިކުރަނީ އިންބޮކުސް. މަޑުން ހުރޭ. މާބޮޑައް ތެޅެންޏާ ބުރައިގެން ދާނީ.
އަދިވެސް މަދުވެގެން އުޅޭ ހެން ހީވަނީ
ޢެންމެ ކަމުދާ ކަމަށް ޓެސްޓް ހެދި ރަށް ރަށްބާ މީ މިބުނެެ އަޖުމަ ބެލި
ބާއްޖަވެރި ދިރިއުޅުމެއް ލިބޭނީ ދީންވެރި ހެޔޮލަފާ މީހެއް އިހުތިޔާރު ކުރިމުން
މިހިރީ ހަމަ ތައްޔާރައް.. އަނގާލާ ގަޑި.. އޭރުން ދާނަން ނަލަ ހެދިގެން އިނދެލަން. ނޯ ވޮރީސް..
މަ މިހިރީނު. ހަރުދަނާ އޯގާތެރި ކިޔަމަންތެރި. ހަމަ އިސްމާލުވަހީޖު ހާ ފިޓުކޮށް މިހިރީ
ދުނިޔެ ނިމުމުގެ އަލާމާތެއް
ޢަނެއްކާ ތީ ޙަރާމް ކަމެއް ނޫން ބ
ލަދުން ބޯހަލާކު.. ދިވެހި އަންހެނުން ކުރި އަރާފަ މިއޮތީ..
މަބޭނުން އިންނަން
ވަރަށް ކޮސް އަންހެނެއް އިންނާނެ މީހަކު މިހުރިހާ ދުވަހު ނުވި ސަބަބެއް އޮންނާނެ ހަގީގަތް އެނގުނީމަ ފޫހިވާނެ
ކިތަންމެ ބޮޑު އާމްދަނީ އެއް ލިބުނަސް އަންހެނުން ފިރިހެނުންނަށް ހަރަދު ކުރަނީ މަދު ފަހަރަކު. ދީން ހަތިޔާރަކަށް ހަދާނި ކޮންމެ ފަހަރަކު.
ލައްކައެއްނޫން މިލިއަންރުފިޔާ ލިބުނަސް މަށެއް އެމަންޖެ ކައިރިން ހޭވެސް ނާހާނަން. އެއަށްވުރެ ފޮނިބޮޑީ. ދެންވޭ ކަނޑުގުރުވަ ނޫނީ ނުކާންއިން މާކަނާއަށް
ޢަޅުގަނޑު ގެ އުމުރަކީ28 އަހަރު
ޢަޅުގަނޑަކީ ކުޅުދުއްފުށީ މީހެއް
...
މަށަށް އިއްނަން ވީ އެއް ނުން
ފަށް ކަޑާކަށް ނޫންތަ އަނެއްކާ..
ހަބަރުކިޔާލީ ވަރަށް އުފަލުން. އެކަމަކު ނުލަފާކަމަށް ކިޔާރަށެއްގެ މީހަކަށް ނުވީމާ ވަރަަށް ދެރަ.