ކޮންކްރީޓަށް ވުރެން ބިއްލޫރި ވަރުގަދަ ވެދާނެ ހެއްޔެވެ. ގަބޫލުކުރަން ދަތި ވިޔަަސް މިއޮތީ މިކަން ގަބޫލު ކުރަން ޖެހޭ ފަދަ ހާލަތެކެވެ.

އެމެރިކާގެ ސިއާޓްލްގައި ހުންނަ ސްޕޭސް ނީޑްލް ނަމަކަށް ކިޔާ ޓަވަރުގައި މިކަން ތަޖުރިބާ ކުރެވިދާނެއެވެ. 1962 އަހަރު އިމާރަތް ކުރި ސިއާޓްލްގެ ރީތި މަންޒަރުތައް މަތިން ބަލައިލުމަށް އަހަރަކު މިލިއަނުން މިލިއަނުން މީހުން ޒިޔާރަތްކުރެ އެވެ. މިތަނަށް ވަނުމަށް ބޮޑެތި މީހުން ދައްކަންޖެހެނީ 27.50 ޑޮލަރެވެ. ކުޑަކުއްޖެއްގެ ޓިކެޓަކަށް 22.50 ޑޮލަރަށެވެ.

މި އިމާރާތުގެ 500 ފޫޓު މަތިން ތިރި ބެލޭނެ ގޮތަަށް މިހާރު ވަނީ ތަޅުން ގަނޑުގެ ބައެއް ބިއްލޫރި ތަޅުމަކަށް ބަދަލުކޮއްފައެވެ. ސްޕޭސް ނީޑްލްގެ އޮބްޒަވޭޝަން ޑެކްގައި ހަދާފައިވާ މި ބިއްލޫރި ތަޅުމާއި، ފަންގިފިލާއިން ފެށިގެން ތިރިއަށް ހަރުކޮށްފައިވާ 11 ފޫޓުގެ ބިއްލޫރިއަކީ 2،000 އަކަފޫޓުގެ ބިއްލޫރިއެވެ. މި ބިއްލޫރި ވަރުގަދަ ކުރުމަށް އުފައްދާފައިވަނީ ފަށަލަ ފަށަލައަށް ފައްތަރުކޮށްގެން ގިނަކޮށް ގެންނެވެ.

އަޖައިބުރުވަނިވި މި ބިއްލޫރި ތަޅުންގަނޑު އަނބުރަން 12 މޯޓަރާއި 48 ރޯލަރު ހުރެއެވެ. އެންމެ ބާރަށް އެނބުރޭއިރު 20 މިނިޓުން ބުރެއް ޖަހައެވެ. މަޑުން އެނބުރޭއިރު ބުރު ހަމަވަނީ 90 މިނިޓުންނެވެ.

މި ބިއްލޫރިއަކީ ވަރުގަދަ ކޮންކްރީޓަށް ދޫނުކުރާނެ ބިއްލޫރިއެއްކަން ސާބިތުކޮށްދިނުމަށް ގިނަ މަސައްކަތްތަކެއް ކުރަން ޖެހުނެވެ. މީގެ މަތީ ހުންނައިރު ތަޅައިގެންނުދާނެކަން ކަށަވަރުކުރުމަށްޓަކައި އެތައް ފަހަރަކު ތަހުލީލުކޮށް އަޖުމަބެލި އެވެ.

ދުނިޔޭގެ އެކި ހިސާބުތަކުގައި ވަރުގަދަ ބިއްލޫރި ބޭނުންކޮއްގެން ތަފާތު އެކި އިމާރާތްތަށް ކުރާ އިރު ދުނިޔޭގެ އެންމެ ދިގު އަދި އެންމެ އުސް ބިއްލޫރި ބްރިޖް ހުންނަނީ ޗައިނާގައިއެވެ. ބިމުން ފެށިގެން 300 މީޓަރު އުހުގައި ހަދާފައިވާ ބިއްލޫރި ބްރިޖުގެ މަސައްކަތް ނިންމާފައި ވަނީ މިދިޔަ ޑިސެމްބަރު މަހު އެވެ. ބްރިޖުގެ ތިރީގައި ވަނީ އެތެރެ ފެންނަ ތިން ފަށަލައިގެ ބިއްލޫރި ޖަހައިފަ އެވެ.

ކިޔުންތެރިންގެ ހިޔާލު