ބޭނުންވާ ތަކެތި:

2 ޖޯޑު ސެލްފްރެއިޒިން ފުށް

1 ސައިސަމުސާ މުގުރި ކާފޫރުތޮޅި

1 ޖޯޑު މިކްސްޑް ފުރުޓް ( ކޮށާފައިހުރި)

2 /1 ޖޯޑު ނަޓްސް ( ކޮށާފައިހުރި)

125 ގ. އަންސޯލްޓަރޑް ބަޓަރ

4 / 3 ޖޯޑު މުގުރިހަކުރު

2 ބިސް ( ކުޑަކޮށް ގިރާފައި)

4 / 3 ޖޯޑު ދިޔާކިރު

ތައްޔާރު ކުރާނެގޮތް:

ފުށާއި މުގުރާފައިހުރި ފޮނިތޮށި ކާފޫރުތޮޅި އެއްކޮށްފައި ފުރުޓާއި ނަޓްސް އެއާއި އެއްކޮށްލާށެވެ. ދެން ބަޓާރާއި ހަކުރު ޓްރޭއަކަށް އަޅާފައި މަޑުގިނީގައި ވިރުވާލާފައި އުނދުންމަތިން ބާލާފައި ބަހައްޓާށެވެ. ބިހާއި ކިރު އެއްކޮށްފައި ފުރަތަމަ އެއްކުރި ބަޔާއި އެއްކޮށް ހުރިހާ ބާވަތްތައް ރަނަގަޅަށް މިކްސްކޮށްލާށެވެ. ދެން ކުދިތަށިތަކަށް އަޅާފައި އަވަންގެ ހޫނުމިން 190 ޑިގްރީ ސެލްސިއަސްގައި ބަހައްޓާފައި ފިހެލާށެވެ.

ކިޔުންތެރިންގެ ހިޔާލު