ބޭނުންވާ ތަކެތި:

1 ޕަކެޓް ކްރީމް ކޭކަރު ބިސްކޯދު

1 ދަޅު ގެރިކިރު

2 ސައިސަމުސާ ވެނީލާ އެސެންސް

6 ކުކުޅު ބިސް

1/2 ޖޯޑު ފެން

ތައްޔާރު ކުރާނެގޮތް:

އެންމެ ފުރަތަމަ ބިސްކޯދުކޮޅު ކުޑަކޮށް ފުނޑުވައިލުމަށްފަހު އޭގެ ތެރެއަށް 1/2 ޖޯޑު ފެން ބުރުވައިލާ ކުޑަކޮށް އެއްކޮށްލާށެވެ. ކުޑަ އިރުކޮޅެއްވުމުން ބިސްކޯދުތައް މަޑުވާނެއެވެ. ދެން ބިސްކޯދު، ގެރިކިރު، ބިސް، އެސެންސް، އެޅުމަށްފަހު މިކްސަރުން ރަނގަޅަށް ގިރައިލާށެވެ. އެއަށްފަހު ތަވައިގައި ތެޔޮފޮދެއް ހާކާލުމަށްފަހު ފަހަރަކު ފޮޅިއެއް ފިހާށެވެ. ފޮޅި ފިހާނީ މަޑު ގިނީގައެވެ.

ކިޔުންތެރިންގެ ހިޔާލު