ބޭނުންވާ ތަކެތި:

1 ޖޯޑު ޕެޝަން ފުރުޓް

1 ޖޯޑު އަނބު (ކުދިކޮށް ކޮށާފައި)

1 ޖޯޑު އަލަނާސި (ކުދިކޮށް ކޮށާފައި)

1 ޖޯޑު އޮރެންޖު (ކުދިކޮށް ކޮށާފައި)

2 މޭޒުމަތީ ސަމުސާ ޕްލެއިން ޔޯގަޓް

1 ޖޯޑު އައިސް ކިޔުބް

3 މޭޒުމަތީ ސަމުސާ ހަކުރު

ތައްޔާރުކުރާނެ ގޮތް:

ކޮށާފައިވާ މޭވާތައް މިކްސްޗަރަށް އެޅުމަށްފަހު ރަނގަޅަށް ހިމުންކޮށް މުގުރާލާށެވެ. ބޭނުން ނަމަ ކުޑަ ފެންފޮދެއް ޖަހާލެވިދާނެއެވެ. މޭވާތައް ހިމުންވާން ކައިރިވުމުން އައިސް ކިޔުބްތައް އަޅާފައި ރަނގަޅަށް މިކްސް ކޮށްލާށެވެ. އެއަށްފަހު ތައްޓަކަށް އަޅާލުމަށްފަހު ޕެޝަން ފުރުޓު ކޮޅެއް ސުމޫތީ ގާނިޝް ކޮށްލަން އަޅާލުމުން މި ސްމޫތީ ތައްޔާރުކޮށް ނިމުނީއެވެ.