ބޭނުންވާ ތަކެތި:

1 ޖޯޑު ރޯލްޑް އޯޓްސް

3 ކުޑަ ދޮންކެޔޮ (3 އިންޗީގެ)

1 ބިސް

¼ ޖޯޑު އަލް ޝިފާ އަކޭޝާ މާމުއި

¼ ޖޯޑު ފުލް ކްރީމް ކިރު

¼ ސައިސަމުސާ ވެނީލާ އެސެންސް

1 ސައިސަމުސާ ބޭކިންގް ޕައުޑަރ

1/3 ސައިސަމުސާ މުގުރި ފޮނިތޮށި

¼ ޖޯޑު ޑާކް ޗޮކްލެޓް ޗިޕްސް

 

ހަދާނެ ގޮތް:

1. އޯޓްސްތައް މިކްސްޗަރަށް އަޅާ ހިމުން ވަންދެން މުގުރާށެވެ. އަހަރުމެންނަށް މިކަމަށް ނެގީ 10 ސިކުންތެވެ.

2. ބޯތައްޓަކަށް ދޮންކެޔޮކޮޅު އަޅާފައި އުލެއް ބޭނުން ކޮށްގެން ރަނގަޅަށް ޗަސްކޮށްލާށެވެ.

3. ދެން ބިސް، އަލް ޝިފާ އަކޭޝާ މާމުއި، ފުލް ކްރީމް ކިރު އަދި ވެނީލާ އެސެންސް އޭގެ ތެރެއަށް އަޅައި ރަނގަޅަށް އެއްކުރާށެވެ.

4. ދެން އޯޓްސް، ބޭކިންގް ޕައުޑަރ، މުގުރި ފޮނިތޮށި އަދި ޗޮކްލެޓް ޗިޕްސްކޮޅު އޭގެ ތެރެއަށް އަޅައި ރަނގަޅަށް އެއްކޮށްލާށެވެ.

5. 180 ޑިގްރީސް ސެލްސިއަސްއަށް އަވަން ހޫނުކުރަން ޖައްސާށެވެ.

6. ތަބަކެއްގެ ތެރޭގައި ކަޕްކޭކް ފިހާ ވައްތަރުގެ 6 ކަރުދާސް ތަށި އަތުރާށެވެ. މަފިން ފިހަން ޚާއްސަކޮށް ހުންނަ ވައްތަރުގެ ތަބައްވެސް ބޭނުން ކުރެވިދާނެއެވެ.

7. އެއްކުރި ސާމާނު އެއްވަރަކަށް ތަށިތަކަށް ބަހާލާށެވެ.

8. ދެން އަވަނުގެ މެދު ރެކުގައި ތަބައް ބަހައްޓައިގެން 25 މިނިޓުވަންދެން ނޫނީ މައްޗަށް ރަންކުލަ އަރަންދެން ފިހާށެވެ

މި ރެސިޕީލިޔެފައި މި ވަނީ 6 މަފިން ކޭކްއަށް ބޭނުން ވާނެ ތަކެއްޗެވެ.