ބޭނުންވާތަކެތި:

1 ޖޯޑު ފުށް

1 ސައިސަމުސާ އިންސްޓަންޓް އީސްޓް

1 މޭޒުމަތީ ސަމުސާ ބަޓަރ

1/4 ސައިސަމުސާ ލޮނު

1/2 1 ސައިސަމުސާ ހަކުރު

5 ސޮސެޖު (ތުނިކޮށް ފޮތިކޮށްފައި)

1 ޓޮމާޓޯ (ތުނިކޮށް ފޮތިކޮށްފައި)

5 މޭޒުމަތީ ސަމުސާ ޓޮމާތޯ ސޯސް

2 ކެޕްސިކަމް (ކަރުނަގާ ކުދި ކޮށް ކޮށާފައި)

1 ޖޯޑު ޗީޒް (ގާނާފައި)

3 ބިސް (ފެނުކައްކާ ފޮތޮފޮތި ކޮށްފައި)

2 ފިޔާ (ކިއުބްކޮށް ކޮށާފައި)

ލޮނު

ތެޔޮ

ތައްޔާރުކުރާނެ ގޮތް:

ފުށާއި އީސްޓް، ލޮނު އަދި ހަކުރު، އެއްކޮށްލުމަށްފަހު ބަޓަރު ކޮޅު އެއްކޮށްފައި ތާފަނާފެނުން މޮޑެލާށެވެ. ދެން މަތި ޖަހާފައި 15 މިނެޓް ވައްދެން ފުއްގަނޑު ބަހައްޓާށެވެ. ތަވާ އުނދުންމައްޗަށް އުދާފައި ކުޑަތެޔޮފޮދެއް އަޅާފައި ހޫނުވީމާ ފިޔާކޮޅާއި ކެޕްސިކަމް ކޮޅު އެއްކޮށްފައި ފިޔާމީރު ކޮއްލާށެވެ. ދެން ޓޮމާޓޯސޯސްކޮޅާއި ލޮނުކޮޅާ، އެއްކޮއްލުމުން ސޯސްގަނޑު ތައްޔާރުވީއެވެ. ދެން ފުއްގަނޑު ޓްރޭއެއްގައި 1/3 އިންޗީގެ ބޯމިނަށް ފަތުރާލާފައި މައްޗަށް ސޯސްގަނޑު އަޅާފައި ފަތުރާލުމަށްފަހު ސޮސެޖު ފަތުރާލާފައި ބިސްފޮތިތައް އަތުރާލާށެވެ. އެންމެ މައްޗަށް ޗީޒް ވިއްސާލާފައި އަވަނުން ފިހެލާށެވެ.