ބޭނުންވާ ތަކެތި:

3 އަލުވި (ފެނުކައްކާފައި)

1 ފިޔާ

ހިކަނދި ފަތް (2 ސަމްސާ އަށް ވާވަރަށް ކުދިކޮށްކޮށާފައި)

މިރުސް (ކޮށާފައި)

1 ލުބޯ

1 ސަމްސާ އަސޭމިރުސް، 1ލޮނު(ރަހަލާވަރަށް)

2 ބިސް

1 މަސްދަޅު

ތައްޔާރު ކުރާ ނެގޮތް:

އެންމެ ފުރަތަމަ ތައްޓަކަށް ފިޔާ، ހިކަނދިފަތް އަދި މިރުސް އަޅާލާށެވެ. ދެން އެއަށް ލުބޯ ފެލާލުމަށްފަހު ރަނގަޅަށް މޮޑެލާށެވެ. ދެން އޭގެތެރެއަށް މަސްދަޅާއި، އަސޭމިރުސް، އަލުވި އަދި ލޮނު އަޅާލުމަށްފަހު މޮޑެލާށެވެ. ދެން ތަވަޔަކަށް ފެން ފޮދެއް އަޅާލުމަށްފަހު ތަވާގެ ތެރެއަށް މޮޑެފައި ހުރި ތަކެތި އަޅާލާށެވެ. އަދި ބިސް ގިރާލުމަށް ފަހު އޭގެ މައްޗަށް އަޅާލާ ބޯކިބާގެ ދެފުށް ރަނގަޅަށް ފިހެލާށެވެ. އޭރުން އަލުވި ބޯކިބާ ތައްޔާރުކުރެވުނީއެވެ.