ބޭނުންވާ ތަކެތި:

15 ބަނަސް

½ ޖޯޑު ހަކުރު

1 ޖޯޑު ގެރިކިރު

¾ ސައިސަމުސާ ވެނީލާ އެސެންސް

ދެތިން ތިކި ކާކުލަ

ތައްޔާރު ކުރާ ގޮތް

ހަކުރުކޮޅު މިކްސްޗަރަށް އަޅާ ހިމުން ވަންދެން މުގުރާލާށެވެ.

އޭގެ ތެރެއަށް ގެރި ކިރާއި ވެނީލާ އެސެންސް އަދި ކާކުލަކޮޅު އަޅައި ރަނގަޅަށް އެއްކޮށްލާށެވެ.

ވަޅިއެއް ބޭނުންކޮށްގެން، ކޮންމެ ބަނަހެއް ވެސް ދެ ތަންކޮޅުން ފަޅާލާށެވެ

ސައިސަމުސަލެއް ބޭނުން ކޮށްގެން ފެޅި ތަންތަނުގެ ތެރެއަށް ކްރީމް އަޅާށެވެ.