ސަޕްލައިގެ މައްސަލަތަކެއް މިހާރު ހުރި ނަމަވެސް، ބިޒީ ހޮލިޑޭ ޝޮޕިން ކުއާޓާގައި އެޕަލް އަށް 80 މިލިއަނަށް ވުރެ ގިނަ އައިފޯން ޑިވައިސް ވިއްކާލެވިދާނެ އިންވެސްޓްމަންޓް ބޭންކް ވެޑްބުޝް އިން ބުނެފިއެވެ.

އެޕަލްއިންސައިޑަރ އިން އިންވެސްޓަރުންނަށް ފޮނުވި ނޯޓެއްގައި ވެޑްބުޝްގެ ލީޑް އެނަލިސްޓް ޑެނިއަލް އައިވްސް ލިޔެފައިވާ ގޮތުގައި އައިފޯން 13 ޕްރޯގެ ޑެލިވަރީ ވަގުތުތައް އަދިވެސް ދަނީ ދިގުވަމުންނެވެ. އެހެންވުމުގެ ސަބަބުން ޑިމާންޑް 15 އިންސައްތައަށްވުރެ މައްޗަށް ދާނެ ކަމަށް އޭނާ ގަބޫލު ކުރެއެވެ.

އެނަލިސްޓް ގަބޫލުކުރާ ގޮތުގައި ބްލެކް ފްރައިޑޭ އާއި ކްރިސްމަސް އާ ދެމެދު ގާތްގަނޑަކަށް 40 މިލިއަން އައިފޯން ޔުނިޓް ވިއްކުމަށް އެޕަލް އިން އޮން-ޓްރެކްގައި އޮތް އިރު، މިއީ އެ ކުންފުންޏަށް ރެކޯޑް އަދަދަކަށް ޗުއްޓީގައި ފޯނު ވިއްކާލެވޭ ފަހަރަކަށް ވެގެންދާނޭ ކަމަށް އޭނާ ބުނެފައިވެއެވެ.

ޗައިނާގައި އެކަނިވެސް އައިފޯން 13 އަޕްގްރޭޑް ކުރާ 15 މިލިއަނާ ގާތްކުރާ އަދަދަކަށް އައިވްސް އިން ތިބި ކަމަށް އޭނާ ބުނެއެވެ. އެއާއެކު 2022 ވަނަ އަހަރު އެޕަލް އަށް ރަނގަޅު ހަރުފަތަކަށް ހިނގައިދާނެ ކަމަށް ބެލެވެއެވެ.

އެނަލިސްޓް ބުނާ ގޮތުގައި ޗުއްޓީގައި އެއާޕޮޑްސް ވިއްކައިގެންވެސް ރަނގަޅު ފައިދާއެއް ވާނެއެވެ. އޭނާ ގަބޫލުކުރާ ގޮތުގައި އެ ކުންފުންޏަށް 100 މިލިއަނާ ގާތްކުރާ އަދަދަކަށް އެއާޕޮޑްސް ޝިޕް ކުރެވިދާނެ ކަމަށާއި ވަޔަލެސް ހެޑްފޯންތަކަށް ޗުއްޓީ ހޭދަކުރުމުގެ ވަރުގަދަ ކަމުގެ ނިޝާންތައް މިހާރުވެސް ފެންނަމުންދެއެެވެ.

މުޅި ދުނިޔޭގައިވެސް އެންމެ މަގުބޫލު ޓެކް ބްރޭންޑުތަކުގައި އެޕަލް ހިމެނޭއިރު މިއީ ދިވެހިންގެ ތެރޭގައިވެސް ވަރަށް މަޝްހޫރު ބްރޭންޑެކެވެ.