ފުވައްމުލަކު ސިޓީ ފުނާޑު އަވަށާއި ހޯދަނޑު އަވަށުގެ ޗަސްބިމުގައި މިރޭ އަލިފާން ރޯވެއްޖެއެވެޒ
މި ދެ ހާދިސާގެ ތެރެއިން ފުނާޑު އަވަށުގެ ޗަސް ބިމުގައި އަލިފާން ރޯވެގެން އުޅޭ ކަމުގެ މަޢުލޫމާތު ލިބުނީ މިރޭ 19:04 ހާއިރުއެވެ. މި ހާދިސާގެ މައުލޫމާތު ލިބުމުން، އެމްއެންޑީއެފްގެ ފަޔަރ ސްޓޭޝަންގެ ފަޔަރމަނުން އެ ސަރަހައްދަށް ގޮސް، އަލިފާން ނިއްވާލާފައު ވަނީ މިރޭ 21:30 ހާއިރުއެވެ.
މީގެ އިތުރުން ފުވައްމުލަކު ސިޓީ ހޯދަނޑު އަވަށުގެ ޗަސް ބިމުގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އުޅޭ ކަމުގެ މައުލޫމާތު ލިބުނީ މިރޭ 19:30 ހާއިރުއެވެ. މި ހާދިސާގައި ވެސް ރޯވި އަލިފާން ނިއްވާލާފައި ފަޔަރ ސްޓޭޝަންގެ ފަޔަރ ފައިޓަރުންނެވެ.
މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވި ނަމަވެސް، އެ ސަރަހައްދުގައި ހުރި ގަސްތަކަށް އަލިފާނުގެ އަސަރުކޮށް އެކިވަރުގެ ގެއްލުންތައް ވަނީ ލިބިފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ހަވާސާ ހާދިސާ

    ތަންތާންގައި އަލިފާންޖެހުމުގެ ރިކޯރޑު އޮންނާނީ އެމްޑީޕީގައި އަދި ކެނެރީގޭ ނަސީދު އަތުގައި މުޅިގައުމުގައި ހުޅުޖަހާ ބައިގަންޑަކީ އެމްޑީޕީ އަދި ކެނެރީގޭ ނަސީދު އެމްޑީޕީ އަދި ކެނެރީގޭ ނަސީދު އެމްޑީޕީ އަދި ކެނެރީގޭ ނަސީދު އެމްޑީޕީ އަދި ކެނެރީގޭ ނަސީދު އެމްޑީޕީ އަދި ކެނެރީގޭ ނަސީދު އެމްޑީޕީ އަދި ކެނެރީގޭ ނަސީދު އެމްޑީޕީ އަދި ކެނެރީގޭ ނަސީދު އެމްޑީޕީ އަދި ކެނެރީގޭ ނަސީދު އެމްޑީޕީ އަދި ކެނެރީގޭ ނަސީދު އެމްޑީޕީ އަދި ކެނެރީގޭ ނަސީދު އެމްޑީޕީ އަދި ކެނެރީގޭ ނަސީދު އެމްޑީޕީ އަދި ކެނެރީގޭ ނަސީދު އެމްޑީޕީ އަދި ކެނެރީގޭ ނަސީދު އެމްޑީޕީ އަދި ކެނެރީގޭ ނަސީދު އެމްޑީޕީ އަދި ކެނެރީގޭ ނަސީދު