ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވެރިކަމުގައި "ގެދޮރުވެރިޔާ" ސްކީމްގެ ފުރަތަމަ ފިޔަވަހީގެ ދަށުން ދޫކުރަން ނިންމާފައިވާ 4،000 ފުލެޓް ލިބޭ މީހުންގެ ލިސްޓު ބާތިލުކުރަން އުޅޭ ވާހަކަތައް ހައުސިން މިނިސްޓްރީން ދޮގުކޮށްފިއެވެ.

ހައުސިން މިނިސްޓްރީން ވިދާޅުވީ ފްލެޓް ލިސްޓު ބާތިލުކޮށް، ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓް ލިބޭ މީހުން ސަރުކާރުން އަލުން ކަނޑައަޅަން ނިންމާފައިވާ ކަމަށް ބުނެ ފަތުރަމުންދާ ވާހަކަތަކަކީ ހަގީގަތާ ހިލާފު ވާހަކަތަކެއް ކަމަށެވެ.

ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ހުސެއިން އިމްރާން ވިދާޅުވީ ދޮގު ވާހަކަތައް ފަތުރައި އާންމުންގެ އިހުސާސްތަކާ ކުޅުމުން ގާނޫނު އަމިއްލަ އަތަށް ނަގައި ތަންފީޒު ކުރަން މީހަކު އުޅުމަކީ އެކަށީގެންވާ ކަމެއް ކަމެއް ކަމަށެވެ. އޭގެ ސަބަބުން މީހަކަށް އަނިޔާއެއް ލިބުން ފަދަ ކަމެއްވެސް ދިމާވެދާނެ ކަމަށް އިމްރާން ވިދާޅުވިއެވެ. އިމްރާން ވަނީ އާންމުންނާ ގުޅުން ހުރި މިފަދަ ކަންކަމުގައި ޒިންމާދާރުވުމަށާއި ދޮގު މައުލޫމާތު ނުފެތުރުމަށް އެދިވަޑައިގެންފައެވެ.

ހައުސިން މިނިސްޓްރީން އިއްޔެ ވަނީ ފްލެޓުތަކާ ގުޅޭގޮތުން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ތަހުގީގުކޮށް ބެލިބެލުމުން ޝަރުތު ހަމަވާ އަދި އިތުރު މައްސަލައެއް ހުރިިކަން ފާހަގަ ނުވާ މީހުންގެ ލިސްޓެއް މިނިސްޓްރީއަށް ފޮނުވާފައިވާ ކަން ހާމަކޮށްފައެވެ. އަދި ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓު ލިބޭ ފަރާތްތައް ކަނޑައެޅުމުގެ އިންތިޒާމުތައް ކުރަމުންދާ ކަމަށާއި ފްލެޓް ލިސްޓުގައި ހިމެނޭ ހައްގުވެރިންނަށް ފްލެޓު ދޫކުރާނީ އޭސީސީ އަދި އެޓާނީ ޖެނެރަލްގެ ލަފާގެ މަތިން ކަމަށްވެސް އެ މިނިސްޓްރީން ފާހަގަކުރިއެވެ.

ކުރީގެ ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސްކީމުގެ ފުރަތަމަ ފިޔަވަހީގެ ދަށުން ފްލެޓު ލިބުނު މީހުންގެ ދާއިމީ ލިސްޓު އާންމު ކުރުމުން ބައެއް މީހުން ވަނީ އެ ފްލެޓު ލިސްޓަކީ ބޭއިންސާފުން އެކުލަވާލާފައިވާ ލިސްޓެއް ކަމަށް ބުނެ، އޭސީސީ އަށް ޝަކުވާ ހުށަހަޅައިފައެވެ. ވެ. އަދި އެ ޝަކުވާތަކާ ގުޅިގެން އޭސީސީގެ ތަހުގީގު ނިމެންދެން އެއްބަސްވުމުގައި ސޮއިކުރުމާއި ފްލެޓް ހަވާލު ކުރުމުގެ ކަންކަން މަޑުޖައްސާލަން އޭރު އޮތް ސަރުކާރަށް ކޮމިޝަނުން އެންގިއެވެ.

އެ މައްސަލަ ތަހުގީގު ކުރުމަށް ފަހު، އޭސީސީން ބުނެފައި ވަނީ ކުރީ ސަރުކާރުން ދޫކުރި 4000 ފްލެޓް ދީފައިވާ މީހުންގެ ތެރެއިން 60 ޕަސެންޓް މީހުންނަކީ ޝަރުތު ހަމަނުވާ މީހުން ކަމަށެވެ. އެކަމާ މެދުގައި އަމަލު ކުރާނެ ގޮތެއް ނިންމާނީ ހައުސިން މިނިސްޓްރީން ކަމަށް ވެސް ބުނެފައިވެއެވެ.

ސޯލިހްގެ ސަރުކާރުން ހިންގާ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލުމުން 4،000 ފްލެޓަށް، 20,697 ފޯމު ހުށަހަޅާފައިވެއެވެ. އޭގެ ތެރެއިން 13،000 އަށް ވުރެ ގިނަ މީހުންގެ ޝަރުތު ހަމަވާ ކަމަށް ނިންމިއެވެ. "ގެދޮރުވެރިޔާ" ސްކީމުގެ ދަށުން ޝަރުތު ހަމަވި ނަމަވެސް ފުރަތަމަ ދޫކުރާ 4،000 ފްލެޓު ނުލިބޭ މީހުންނަށް ލިޔުމެއް ދިނުމަށެވެ. އަދި އެ ލިޔުން 9،000 އަށް ވުރެ ގިނަ މީހުންގެ ގެދޮރުވެރިޔާ ޕޯޓަލްގައި ހިމަނާނެ ކަމަށް ބުނެފައިވެއެވެ.

އޭސީސީން ހާމަކުރި ގޮތުގައި ތަހުގީގުގައި ޖުމްލަ 4،048 ފޯމެއް ބެލި އިރު، ފޯމުތަކުގެ ތެރެއިން އެއްވެސް މައްސަލައެއް ނެތި ޝަރުތު ހަމަވެފައިވަނީ %20.7 ފޯމުގެ އެވެ. އަދި %19.7 މީހުންނަކީ ޝަރުތު ހަމަވި ނަމަވެސް މައްސަލަތައް ހުރި ފޯމެވެ. އަދި ޝަރުތު ފުރިހަމަ ނުވާ %59.6 ފޯމް ހުރިކަން ފާހަގަވާ ކަމަށް އޭސީސީން ބުންޏެވެ. އެއީ 2،000 އަށް ވުރެ ގިނަ ފޯމެވެ. ޝަރުތު ހަމަވިނަމަވެސް މައްސަލަތައް ހުރި ފޯމުތަކުން ފާހަގަ ކުރެވުނު ކަންކަމުގެ ތެރޭގައި ފޯމްގަިއ ދީފައިވާ މައުލޫމާތު ފުށުއެރުމާއި ޕޮއިންޓް ދިނުމުގައި މައްސަލަތައް ހުރުމާއި ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކުގެ ބަޔަށް، އުސޫލާ ހިލާފަށް ޕޮއިންޓް ދިނުން ހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ގައުމީ ލޯބި

    ކީއްވެ ބާ އަގުބޮޑު ގޯތި ހުޅުމާލެއިން ދިންމީހުންގެ ލިސްޓު ރިވިއުނުކޮށް ހަމަ އެކަނި ފަގީރުންނަށް ލިބުނު ފްލެޓާއި އަޅައިގަނެގެން މިއުޅެނީ،

    ނިސްބަތުން ބިމަކީ އޭގެ އަގު 6 މިލިޔަނުން މަތީގައި އުޅޭ އެހެނަސް ހިލޭ ބަހާލި އެއްޗެއް..!

    ފްލެޓަކީ ލިބޭ މީހާ އަގު އަދާކުރާގޮތަށް ދެވޭ އެއްޗެއް..!

    ހަމަ ހައިރާންވަނީ މިކަމުގައ ހަމަ ހަމަ ކަން ނެތީމަ!!؟؟ މިހިރީ ފްލެޓާއި ގުޅޭގޮތުން ދައްކާ ވާހަކަ

    "ފްލެޓު ދޫކުރާނީ އޭސީސީ އަދި އެޓާނީ ޖެނެރަލްގެ ލަފާގެ މަތިން ކަމަށްވެސް އެ މިނިސްޓްރީން ފާހަގަކުރި"

    7
    7
  2. ގޭމު

    5 އަހަރުގެ ބާކީ އޮތީ ކިތަށްދުވަސް، ؟

    3
    2
  3. ޙެކް

    އިންސާފް ބާއްވާފަ ގޮށްމުށުން އިންސާފު ހޯދަން އުޅުމަކީ އަޅުވެތިވުމެއް. ދިވެހި ރައްޔިތުންނޭވެ! އިންސާފަށް ރުޖޫއަ ވަމާ ހިނގާށެވެ.

  4. Anonymous

    ފައިނަލް ލިސްޓެއް އެކުލަވާލަން ޖެހޭނީ ހުރިހާ ފޯމެއް އަލުން ރިވިއުކުރުމަށްފަހު، އަދި 2 އަހަރު ދުވަހު މާލޭގައި އުޅެ، 30 އަހަރު މާލޭގައި އުޅުނުކަމަށް ވަގުލިޔުން ހުށައެޅި މީހުން ފައިނަލް ލިސްޓުގައި ހިމެނިގެން ނުވާނެ، މިއީ ސަރުކާރުން ވަރަށް ވިސްނަންޖެހޭކަމެއް،

  5. ހަސަން ޒިޔާދު

    ފައިނަލް ލިސްޓެއް އެކުލަވާލަން ޖެހޭނީ ހުރިހާ ފޯމެއް އަލުން ރިވިއުކުރުމަށްފަހު، އަދި 2 އަހަރު ދުވަހު މާލޭގައި އުޅެ، 30 އަހަރު މާލޭގައި އުޅުނުކަމަށް ވަގުލިޔުން ހުށައެޅި މީހުން ފައިނަލް ލިސްޓުގައި ހިމެނިގެން ނުވާނެ، މިއީ ސަރުކާރުން ވަރަށް ވިސްނަންޖެހޭކަމެއް،

  6. ފަރުހާދު

    ފައިނަލް ލިސްޓެއް އެކުލަވާލަން ޖެހޭނީ ހުރިހާ ފޯމެއް އަލުން ރިވިއުކުރުމަށްފަހު، އަދި 2 އަހަރު ދުވަހު މާލޭގައި އުޅެ، 30 އަހަރު މާލޭގައި އުޅުނުކަމަށް ވަގުލިޔުން ހުށައެޅި މީހުން ފައިނަލް ލިސްޓުގައި ހިމެނިގެން ނުވާނެ، މިއީ ސަރުކާރުން ވަރަށް ވިސްނަންޖެހޭކަމެއް،