ހުޅުމާލޭގައި ކަސްރަތަށް ނުކުމެ އުޅުނު އަންހެނަކު ކަރުގައި އޮތް ރަން ފަށް ފޭރުނު މައްސަލަ ފުލުހުން ބަލަން ފަށައިފިއެވެ.

ފުލުހުން ވިދާޅުވި ގޮތުގައި އެމައްސަލަ ފުލުހަށް ހުށަހަޅާފައިވަނީ މިއަދު ހެނދުނު 6:20 ހާއިރުއެވެ. ފުލުހުން މިހާރު އެމައްސަލަ ތަހުގީގުކުރަން ފަށާފައިވާއިރު، އެމައްސަލައާ ގުޅިގެން އެއްވެސް މީހަކު ހައްޔަރުކޮށްފައިވާ ކަމެއް ހާމައެއް ނުކުރެއެވެ.

ގައުމީ އަންހެން ފުޓްބޯޅަ ޓީމުގެ ކުރީގެ ކުޅުންތެރިޔާ މާޔަން މުހައްމަދު ސޯޝަލްމީޑިއާގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ މިއަދު ހެނދުނު 6:15 ހާއިރު ހުޅުމާލެ ކްލޭ ސްޓޫޑިއޯ ކައިރިން އޭނާ ދުވެފަ ދަނިކޮށް ސައިކަލުން ދެ މީހަކު އައިސް އޭނާ ބިންމައްޗަށް ވައްޓާލި ކަމަށެވެ. އެއަށްފަހުގައި ކަރުގައި އޮތް ރަން ފަށް ފޭރިގަނެގެން ގޮސްފައިވާ ކަމަށް އެމީހާ ބުންޏެވެ.

މަޔާން ބުނީ މި މައްސަލަ ހަމަ އެވަގުތު ހުޅުމާލޭ ޕޮލިހަށް ހުށަހެޅި ކަމަށެވެ.

މީގެ އިތުރުން މި ފަށް ވިއްކަން ނުވަތަ މީހަކު އަޅައިގެން ހުއްޓާ ފެނުނަސް އޭނާ އަށް އެންގުމަށް މާޔަން ވަނީ އެދިފައެވެ.

މާލެ ސަރަހައްދުގައި ފޭރުމުގެ ތަފާތު ހާދިސާތައް އަބަދުވެސް ހިނގައެވެ. އެފަދަ ކުށްތައް ހުއްޓުވުމަށް ފުލުހުން ވެސް ދަނީ މަސައްކަތްކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ކޮރަލް

    ފުލުހުންގެ ތެރޭ އަހްލާގް ފެން ވަރު ދަށް މީހުން ވ ގިނަ އެވެ. މަގުމަތީ ޔުނީފޯމް ސިނގިރޭޓް ބުއިމެވެ. ބަހުރުވަ ވެސް ހަޑި އެވެ. ރަނގަޅަށް ތަހުގީގު ކުރެވޭނީ އަހްލާގް ރަނގަޅު ބަޔަކު ހުރެގެންނެވެ.

  2. ކާސިންބެ

    ގައުމުގެ ކަންތައް ހިގާނީ ބޮޑު ސޯބު އެބުރޭ ގޮަތަކަށް،، ސިޔާސީ މީހުން ގައުމު ހަލާކު ކޮށްލައިފި، ސިފައިންނާއި ފުލުހުންގެ އަގު ވައްޓާލައިފި، ދެން ނެތް ބާރެއް ބޭނުން ކޮއްގެން ވާނެކަމެއް އެބައޮތް ތޯ<< ސިޔާސީ ބޭނުމަށް ސްޓިކާ ޖެހުން ހުއްޓާލާފައި، މިހާރު ބޭނުން ގޮތަކަށް ޕާކު ކުރަން، ކުރާނެ ކަމެއް ނެތް