މި ސަރުކާރުގައި މަސްވެރިންނަށް ޖުމްލަ 422 މިލިއަން ރުފިޔާ ދޫކޮށްފައިވާ ކަމަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް މިއަދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ހާޒިރުވެ ވަޑައިގެން މެންބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން ޝިޔާމް ވިދާޅުވީ މަސްވެރިންނަށް ކްރެޑިޓަށް ދޫކޮށްފައިވާ ތެލާއި އައިސް ހިމެނޭ ގޮތަށް ޖުމްލަ 422 މިލިއަން ރުފިޔާ މި ސަރުކާރުން މަސްވެރިންނަށް ދޫކޮށްފައިވާ ކަމަށެވެ.

"މިހާތަނަށް މި ސަރުކާރުން 422 މިލިޔަން ރުފިޔާ ވަނީ މަސްވެރިންނަށް ޕޭކޮށްފައި. އެއީ މަސްވެރިނަށް ކްރެޑިޓަށް ދޫކުރެވިފައި ހުރި ތެލާ އައިސް ހިމެނޭ ގޮތަށް 422 މިލިޔަން ރުފިޔާ މަސްވެރިންނަށް މިސަރުކާރުން ދޫކުރެވިފައި އެބަ ވޭ. އަދި މިސަރުކާރުން އަޅުގަނޑުމެން މިއަދު ގުނާ އިރުގައި 270 މިލިޔަން ރުފިޔާ މިއަދާ ހިސާބަށް މަސްވެރިންނަށް ނުދެވި އޮތްކަން އަޅުގަނޑުމެން ފާހަގަކުރަން،" ޝިޔާމް ވިދާޅުވިއެވެ.

މިދިޔަ އަހަރުގެ ބަޖެޓުގައި އޮންނާނީ 250 މިލިޔަން ރުފިޔާ ސްބްސިޑީޒްގެ ގޮތުގައި އެހެންނަމަވެސް މަހުގެ އަގަށް ގެނެވުނު ބަދަލު 17 ރުފިޔާއިން 25 ރުފިޔާއަށް ބަދަލު ގެނައުމާއި ގުޅިގެން ސިބްސިޑީޒްގެ ގޮތުގައި ގާތްގަނޑަކަށް 500 މިލިޔަން ރުފިޔާ ދައްކަން ޖެހުނު ކަމަށް ޝިޔާމް ވިދާޅުވިއެވެ.

" މަހުގެ އަގު އަޅުގަނޑުމެން ކުޑަކުރީ ރައްޔިތުން ވަކިން ހާއްސަކޮށް މަސްވެރިން މިހާލުގަ ނުބައިތިއްބަން. އަދި ކުރިއަށް އޮތް ދުވަސްތަކުގަ މިފްކޯ އެއީ މަސްވެރިން ބާނާ މަސް ކިރޭނެ ކުންފުންޏެއްގެ ގޮތުގަ ބޭއްވުމަށްޓަކައި. މިފްކޯ ބަނގުރޫޓްވިޔަ ނުދިނުމަށްޓަކައި އަޅުގަނޑުމެން ނެގި ޑިޒިޝަނެއްމީ. އެނގިވަޑައިގަންނަވާނެ ކުރިއަށް އޮތީ، ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު. ސިޔާސީ ޕާޓީއަކުން ވަކިން ޚާއްސަކޮށް ސަރުކާރަކުން ، ތިބޭފުޅުން ގަބޫލުފުޅުނުކުރައްވާނެ މިފަދަ ކަމެއް ކުރައްވާނެ ކަމަކަށްވެސް، އިންތިހާބަކާ ދިމާކޮށް. އެހެން ނަމަވެސް ރައީސުލްޖުމްހޫރިއްޔާގެ ނިޔަތް ސާފުވީމަޔާއެކީ ވެސް މިކަންކަން ރަނގަޅުކުރުމުގެ ނިޔަތް އެމަނިކުފާނުގެ އޮތްކަން އަޅުގަނޑުމެންނަށް މިކަމުން ދޭހަކޮށްމިދެނީ."

ޝިޔާމް ވިދާޅުވީ، 17 ރުފިޔާއިން 25 ރުފިޔާއަށް އޭރު ބޮޑުކުރެވުނީ އީޔޫ އާއި އިނގިރޭސި ވިލާތަށް އެކްސްޕޯޓްކުރާ މަހުގެ ޓެރިފް ކުޑަ ނޫނީ ޒީރޯ ވާނެ ކަމުގެ ފެހި ސިގްނަލް ލިބިގެން ކަމަށެވެ. އަދި އެ އުނދަގުލުން އަރައިގަނެ މަސްވެރިންނަށް ދޭން އޮތް ފައިސާގެ ބެކްލޮގް އިރާދަކުރެއްވިއްޔާ ފިލުވާނެ ކަމަށްވެސް ޝިޔާމް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ބޮޑުރަސްގެފާނު

    އެފެހި ސިގުނަލް ގެއްލުނީ އެ ސަރުކާރު ނައީމަ ބާ . ތިޔަ ބޭފުލުން ވެރިކަމާ ހަވާލުވީ ފެހި ސިގުނަލް ދިއްކަންނޫންތޯ. ދިއްލާފައި މަހުގެ އަގު 25 ރ ބަހައްޓަވާ ދެއްވާ

    1
    1
  2. ބޮޑުރަސްގެފާނު

    އެފެހި ސިގުނަލް ގެއްލުނީ އެ ސަރުކާރު ނައީމަ ބާ . ތިޔަ ބޭފުލުން ވެރިކަމާ ހަވާލުވީ ފެހި ސިގުނަލް ދިއްކަންނޫންތޯ. ދިއްލާފައި މަހުގެ އަގު 25 ރ ބަހައްޓަވާ ދެއްވާ .

    1
    1
  3. ކާޕެޓް ވަގު

    ވަރަށް ބޮޑަށް ނިޔަތް ސާފު...

  4. ހިކި ކިރު

    މަނިކުފާނޫ! ކުރިއަށް އޮތީ ރޯދަ މަސް ކަމުން މަސް ވެރިން ރުލި ނާރުވާތި!

  5. އަބްދޫ

    މި ސަރުކަރު އައިފަހުން ކިރުވި ހުރިހާ މަހަކަށް ފައިސާ ދީވާވޭ.ކުރިން ނުދީހުރިފައިސާ ވެސް ދެވޭނެ.120 ބިލިއނުދަރަނީގެ ތާށި މަސްވެރިންނަށް ވެްސް ހުންނާނެ

  6. އަބްދޫ

    ބޭރުގަ މަސްވިއްކައިގެން ނުލިބޭ އަގަކަށް ފައިސާދިނުން ވާނީ ކަރެޕްސަނަށް.