އެމްޑީޕީ އޮތީ މުސްކުޅިވެފައި ކަމަށާއި އެމްޑީޕީގައި މިހާރު އެންމެ ޒުވާނަކު ވެސް ނެތް ކަމަށް ވިދާޅުވެ ރައްޔިތުން މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހް އެމްޑީޕީ އަށް ފާޑުވިދާޅުވެއްޖެއެވެ.

ހުޅުމާލޭ ދެވަނަ ފިޔަވަހި ސަރަހައްދުގައި ބޭއްވި "ހިޔާ ޔަގީން" ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ފަލާހް ވިދާޅުވީ މިހާރު ޒުވާނުން ތިބީ ރައީސް ޔާމީންގެ ފަހަތްޕުޅުގައި ކަމަށާއި އެއީ ޒުވާނުންނަށް އުއްމީދު ގެނެސްދެއްވާ ޒުވާނުން ބޭނުންވާ ކަންތައްތައް ކޮށްދެއްވީ ރައީސް ޔާމީން ކަމަށް ވާތީ ކަމަށެވެ.

ރައީސް ޔާމީންގެ މަސައްކަތްޕުޅު އެންމެ ރަނގަޅަށް ފެންނަން އޮތް އެއް ތަނަކަށް ވާނީ ހުޅުމާލޭ ދެވަނަ ފިޔަވަހީގެ މަސައްކަތްތައް ކުރިއަށްދާ ސަރަހައްދު ކަމަށް ފަލާހް ވިދާޅުވިއެވެ.

"މިއީ 2014 ވަނަ އަހަރު ފަޅެއް. އަށް މަސް ކުރިން ހުސް ބިމެއް. މިރޭ މިތަނަށް އައި އިރު މިހިރީ 14 ބުރީގެ ނުވަ ޓަވަރު އަޅާފައި. އަޅުގަނޑު މިތަނަށް އައިސް މިހިރީ އަޖައިބު ވެފައި." ފަލާހް ވިދާޅުވިއެވެ.

ފަލާހް ވިދާޅުވީ އިދިކޮޅު ހުރިހާ ޕާޓީއެއް އެއްވެގެން އަތޮޅުތެރެއިން މީހުން ގެނެސްގެން ޖަލްސާއެއް ބޭއްވުނީތީ އެކަމުގެ އުފަލުގައި އިދިކޮޅު ފަރާތްތަކުގެ ޖަގަހަތަކުގައި "ބޮޑިބަތް ކައްކައިގެން، ކިރުފެލި ހުންޏާ ގިރައިގެން ބޯތަން." ފެންނަ ކަމަށާއި ނަމަވެސް އެކަމާއި އޭނާ ޖެހިލުން ނުވާ ކަމަށެވެ. އެއީ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ޖަލްސާއަކަށް ގޮވާލުމުން ވެސް ސަރުކާރަށް ތާއިދު ކުރާ އެތައް ބަޔަކު ނިކުންނާތީ ކަމަށް ފަލާހް ވިދާޅުވިއެވެ.

23 ސެޕްޓެމްބަރ އަކީ ރައްޔިތުންގެ ކޯޓުން ޙުކުމް ކުރާ ދުވަސް ކަމަށް އިދިކޮޅު ފަރާތްތަކުން ވިދާޅުވާތީ އެކަމަށް އިޝާރާތް ކުރައްވާ ވެސް ފަލާހް ވާހަކަފުޅު ދެއްކެވިއެވެ.

"އެންމެ ބާރުލާފައި މިހާރު އިވޭ އަޑަކީ 23 ސެޕްޓެމްބަރ ގައި ރައްޔިތުންގެ ކޯޓުން ޙުކުމް ކުރާ ވާހަކަ. ރަނގަޅު ވާހަކައެއް 23 ސެޕްޓެމްބަރ ގައި ރައްޔިތުންގެ ކޯޓުން ޙުކުމް ކުރާނެ. ރައްޔިތުންގެ ކޯޓުން ޙުކުމް ކުރާނީ ރައީސް ޔާމީން ދެވަނަ ދައުރަކަށް އިންތިޚާބު ކުރަން." ފަލާހް ވިދާޅުވިއެވެ.

ފަލާހް ވިދާޅުވީ ސަރުކާރުން ވޯޓް އޮޅުވާލަން އުޅޭ ވާހަކަ ދައްކަނީ ބޮޑު ތަފާތަކުން ރައީސް ޔާމީން އިންތިޚާބު ކާމިޔާބު ކުރައްވާނެ ކަން ޔަގީން ވާތީ ކަމަށެވެ.

"ވޯޓުން ވައްކަން ކުރީ ކޮން ވެރިކަމެއްގައިތޯ؟ ކަތީބުން ވޯޓް ފޮށީގައި ބަނޑު އަޅައިގެން އުޅުނީ ކޮން ވެރިކަމެއްގައިތޯ؟ ވޯޓް ކަރުދާނުގައި އެންމެ ނުބައި ފާހަގައެއް އޮވެގެން ކަތީބުން ފަޅު ރަށްރަށަށް އަރުވާލާފައި އެބަހުރި. ރައީސް ޔާމީންގެ ޒައާމަތުގައި ބޭއްވި ދެ އިންތިޚާބު. ކައުންސިލް އިންތިޚާބުގެ ނަތީޖާ ލިބުމާއި އެކު ބުނީ މިއީ އިންސާފުވެރި އިންތީޚާބެކޭ" ފަލާހް ވިދާޅުވިއެވެ.

ފަލާހް ވިދާޅުވީ އިބްރާހިމް މުހައްމަދު ޞާލިހަކީ ރައީސް ޔާމީނާއި ވާދަކުރަން އެކަށީގެންވާ ކެންޑިޑޭޓެއް ނޫން ކަމަށެވެ.

މަދު މުއައްސަސާތަކެއްގައި ވަޒީފާ އަދާކުރާ ބައެއް މީހުން ވެރިކަން ބަދަލުވެދާނެ ކަމަށް ވަޒީފާ ދޫކޮށްލާފައި ނިކުންނަތަން ފެންނަ ކަމަށާއި 2008 ވަނަ އަހަރު ރައީސް ނަޝީދު ވެރިކަމަށް ވަޑައިގެން ކަންތައް ކުރެއްވި ގޮތެއް އެބޭފުޅުންގެ ހަނދުމަފުޅުގައި ނެތް ކަމަށް ފަލާހް ވިދާޅުވިއެވެ.

ރިޔާސީ އިންތިޚާބު މިމަހުގެ 23 ވަނަ ދުވަހު ބާއްވާ އިރު ކެމްޕޭންގެ ފޯރި އަންނަނީ ގަދަވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

30 ކޮމެންޓް

  1. ރައްޔިތުން

    މެންބަރު އިބްރާހިމް ފަލާހަށް އިއްތިހާދުގެ ވެރިކަމުގައި ޖާގަ އެބައޮތް ތިޔައީ ޒުވާނެއް އެއީ ޒުވާނުންގެ ކޮޅު ހުރޭ ރެޑީވެގެން އިބޫ އަށް ވެރިކަން ލިބި 12 މެމްބަރުން މަޖިލީހަށް ވަންނަ އިރު ފަލާހަށްވެސް އެބައޮތް އިބޫ ކޮޅަށް ބައިއަތު ހިފުމުގެ ފުރުޞަތު. މިހާރު ތިޔަހެން އަދި ޒުވާން ކުދީން ދައްކާ ވާހަކަކަށް އިބޫ ރުޅިއެއްނާންނާނެ.

  2. ޙާބަ

    އިސްރައްވެހިންގެ ތާއީދުވެސް ނެތް ވާހަކަ ތިޔަ ވިދާޅުވީ

  3. ޙައްވަ

    ފަލާހު މެންބިރުން ތެޅެނީ ތި ދުވަހަކު ފެންނާނެކަމަށް އުއްމީދު ނުކުރި ސައިޒެއްފެނިގެން.ތިީ ތާއަބަދު އާރާއިބާރު ގަދަކޮށް މުސްކުޅި ނުވެ ހުންނާނެ މީހެއް. ޒުވާނާ

  4. މައުމޫނުގެފަރާތުން

    ޕީޕީއެމްއަކީ މައުމޫންގެ ޕާޓީ، އެޕާޓީގެ މީހުން ޔާމީން ގާތު ވަގުތީ ގޮތުން ތިއްބަސް އެމީހުންވޯޓް ދޭނީ އިބޫ އަށް، އެއީ މައުމުން މިނިވަންކޮށް އެމީހުންގެ ޕާޓީ އެމީހުންނަށް އިއާދަކޮށް މައުމޫން އާއި އެޕާޓީ ހަވާލުވެވޭން އޮތީ އިބޫއަށް ވޯޓް ދީގެން ކަމަށްވާތީ.

  5. ތެރަސް

    އިފް ތެރަސް އަވޭ ތެރަސް އަވިލް އިފް ތެރަސް އަލިވް ތެރަސް އަލައިފް

  6. ސޯޕް ލައިޓް ބްރަދަރ

    ފަލާޙް އެކަނިވިޔަސް ތިޔަސައިތާނިޒަމަކަށް ތާއީދެއް ނުކުރާނެ!

  7. ސުހީން

    ފަލާހުތިއުޅެނީއޮޅިގެން

  8. ނަމެއް

    ފަޅާހު ދެރަނުވޭ ޒުވާނުންނަށް ކޯޅިޝަނުން ފުރުސަތު އެބައޮތް ހަޑިނަހާވާހުރޭ އެނޫނިއްޔާ ފަފުން ޅަދުގަންނަން ޖެހޭނެކަންވިސްނާޅައްވާ

  9. އަދީބު

    ދާންވީ ކޮޅު ވަރަށް ސާފު، ރައީސް ޔާމީން އަށް ނޫނީ ނުވާނެ. ކޮން ޖަޒީރާއެއް؟ ދިވެހިރާއްޖެ ނުކިޔާންވެގެން އަބަދުވެސް އެހެން ކޮންމެވެސް އެއްޗެއް ކިޔަނީ......އަނެއް ރާއްޖެ، ޖަޒީރާ ރާއްޖެ.....އަންނި ޔަހޫދީންނާ ގުޅިގެން އެކިޔާ އެއްޗެހި ނޭގިގެން އުޅެނީ އެމްޑީޕީ ކަނޑުކޮހުންނަށް...ރައީސް ޔާމީން 2018... ވޯޓް 1

  10. ބަކުރު

    ޕީޕީއެމްގަ ޒުވާނުން ތިބުމަކީ އުފާކުރާކަމެއް ޔާމީނަކީ ޕީޕީއެމް ޖަހައިގަނެގެން އުޅުއްވާ ބޭފުޅެއް، 23 ގެފަހުން އަސްލު ޕީޕީއެމް ނިކުމެ ތިމީހުން ސައިޒުކުރާނެ އިނޝާﷲ

  11. Anonymous

    Hama gaimuves ma mee kudakuhjeh..ma nudhrne hurin ppm ga gina zuvaanun thibi kameh...mashaa eku magey rashuga ibu anna dhuvahu soii kuran mashaa eky thauleemu nimmi hurihaakun mdp ah soi kuran kahala.....hajam nuvaa meehun ves ppm in feney ebA...?

  12. ޒީނާ

    ދޮންކަލޯ މުސްކުޅި ނުވާނެބާ، ކަޅުކުރާ ބޭސް ހާކާނިދޯ،

  13. ޢަބްދުﷲ ސަޢީދު ގދ.ގައްދޫ ދަނބުފަށުވިގެ

    ޢަމަލާއި އަޚްލާޤު ތިންބަޔަކަށް ބެހިގެންވެއެވެ. އެނގިގެން ރަނގަޅަށް ކަންތައްތައް ކުރާ ޢާލިމުންނާއި، ނޭނގި ނުބައިކޮށް ކަންތައްތައް ކުރާ ޖާހިލުންނާއި، އެނގިގެން ނުބައިކޮށް ކަންތައްތައް ކުރާ މުނާފިޤުންވެއެވެ. މީގެ ތެރެއިން ދިންނަވައި ނަޞީބު ލިބިގެންވާ ބަޔަކީ އެނގިގެން ރަނގަޅަށް ކަންތައްތައް ކުރާ ޢާލިމުންނެވެ.

  14. ޣަލް

    މަށަކީ އެމްޑީޕީގެ ޒުވާން މެންބަރެއް.ހޮޅި ވާހަކަ ނުދައްކާ.

  15. ޙައްވަ

    ޒުވާނާ ޔަށް ވެދުން ސަލާމް، އަދި ތިޔަ ޒުވާނާ މުސްކުޅި ވާތަން ދުނިޔޭގަތިބި ބަޔަކަށް ފެންނާނެ. ފަލާހު މޭނުބައި ކޮށްހޮޑުލަވާ ގޮތްވީ ދަޮއްތޯ އމޑޕ ގެޒުވާނުންގެ ސައިޒްފެނިފަ. ޒުވާނުންގެ ތާއީދު އމޑޕ އަށް ކުޑަކުރެވޭނެ ގޮތެއްނުފެނިގެން މޮޔަފުޅުވަނީ ދެއްތޯ!

  16. ޒާ

    މައުމޫނުގެ ވެރިކަމުގައި ނާޖާއިޒް ފައިދާ ނަގައި ގެ ހަދައި ދައުލަތުގެ މިލްކިއްޔާތުގައި ޖެހުނު މުސްކުޅިން ވަގުން އެމްޑީޕީގެ ކޮޅަށް ދިޔަައިމާ ކާކުތޯ ހީކަރުވާނީ؟

  17. އެމްޑީޕީ ޒުވާނެއް

    ތިޔަ ވިދާޅުވާ ޒުވާނުންނަކީ ޔާމީނު ހަކުރާ ތެލާ ރަލާ ދީގެން. ތިޔަ ވިދާޅުވާ ޒުވާނުންގެ އުއްމީދަކީ މަސްތުވާ ތަކެތި. ތިޔަ ވިދާޅުވާ ޒުވާނުން ބޭނުންވާ ކަންތަކަކީ މަސްތުވާ ތަކެތި ޒުވާނުންނަށް ބެހުން ޔާމީނު ގެ ހަރަދުގަ. ތިބުނާ ޒުވާނުން މަސްތުވެގެން މިވީ 5 އަހަރު އެތައް ބައިވަރު މާރާމާރީ އެއް ހިންގާ އެތައް ޒުވާނެއް މި ދުނިޔެއާ ވަކިވެގެން ދިޔައީ.. ބޮޑެތި ކުށްތަކުގެ ވެރިން ޖަލުން މިނިވަންކޮށް މާލެތެރެ ނާމާން ކުރަނީވެސް ތި ޕީޕީ އާލާތްވަރު ހަމަ.

    • @@@

      ވަރަށް ބޮޑު ތެދެއް...

  18. ނަސީ

    ހަގީގަތުގައިވެސް، މައުމޫން ގެ ފަރާތުން މަންފާ ލިބުނު މީހުން

  19. ހ މ ޒ

    ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ބައިވެރިވެ ވަޑައިގެންނެވި މި ޖަލްސާ ބާއްވާފައިވަނީ ޒުވާނުންގެ ޝަހަރުގެ ގޮތުގައި ތަރައްޤީކުރަމުން އަންނަ ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައެވެ. މި ޖަލްސާ ބޭއްވި ސަރަހައްދަކީ ރާއްޖޭގެ ތާރީޚުގައި ކުރިއަށްގެންދާ ބޯހިޔާވަހިކަމުގެ އެންމެ ބިޔަ މަޝްރޫޢުކަމަށްވާ "ހިޔާ" މަޝްރޫޢުގެދަށުން 25 ބުރީގެ 62 ޓަވަރު އަޅަމުންދާ ސަރަޙައްދުގައެވެ.

  20. ދވއސއ

    ތިމީހުން ޒުވާނުންނަށް ބަލަނީ 50ިއަހަރުވީމަތަ؟ޕިންކީ މެންގެ ދިދަމކޮޅެއްުދަމާލަންވެސްި މ ނުކުންނަން މިޖެހެނީ މުސްކުޅިކުދިން. ޕިންކީ މެންގެ ޒުވާނުން ގިނަކަން އެެެ އެނގެނީ......

  21. މަލައިކާ

    ފަލާހް ނުބުނޭ ފަލާހް މުސްކުޅި ނުވަާނެއެކޭ މިހިރަ ގަމާރާ. މީހުން ކިޔާ އެއްޗެހި ރަގަޅަށް
    އޑުއަހާފަ ތިކިޔާ އެއްޗެއް ކިޔާބަލަ.

  22. މަރީ

    ފަލާހް އެންމެ ފަހަރަކުވެސް ނުބުނޭ ފަލާހް

    މުސްކުޅި ނުވާނެއެކޭ. ހޭބަލިވެފަ ތިހިރީ

    މީހުން ދައްކާ ވާހަކަ ރަގަޅަށް އަޑުއަހާފަ

    ތިކިޔާ އެއްޗެއް ކިޔާބަލަ.

  23. މަރީ

    ފަލާހް އެންމެ ފަހަރަކުވެސް ނުބުނޭ ފަލާހް

    މުސްކުޅި ނުވާނެއެކޭ. ހޭބަލިނުވޭ

    މީހުން ދައްކާ ވާހަކަ ރަގަޅަށް އަޑުއަހާފަ

    ތިކިޔާ އެއްޗެއް ކިޔާބަލަ.

  24. މަ

    ކަލޭ ކަނުތަ ބުރޯ؟

  25. ލީ

    ފަލާހު އުމުރުން ކިހާވަރެއް.ސާޅީހަކަށް އަހަރު ފަހުން ވެސް ތަ ހުންނާނި ތިގޮތަށް ދޯ.އެހެން ކަމަށް ހީކޮށް ތިގޮތަށް ތި އުޅެނީ.ޒުވާނާ.

  26. ޢަބީދު

    ގަބޫލްކުރިއަސް ނުކުރިއަސް ފަލާހުދެއްކެވީ ވަރައްބޮޑުތެދުވާހަކަފުޅެްް ގަމާރުންވިސްނާކައްބޭނޫމެއްނުވާނެ

  27. ޢަލީ

    މައުމޫނަކީމިގާއޮމްދުއް އްންމެނުބާމީހާ މައުމޫން ޖަލާއްލާން ގޮވާލީވެސް ރަންރީންދޫމީހުން ދެން މިހާރުކޮނއެއްޗެއްކިއާކައް

  28. ޒާ

    މިދުނިޔެ މަތީ މާތްﷲ ލައްވާފައިވާ ނިޒާމަށް ވެސް ތިބާގޮން ޖަހަނީތަ.މުސްލިމު އަހުން ނާއި އުޙުތުނަށް ތިބާ މަލާމަތް ކުރުން ހުއްޓާލާ.ތިބާއަށްވެސް އެދުވަސް ދުނިޔޭގައި ހުރިއްޔާ އަންނާނެ. ދޫރައްކާތެރި ކުރޭ.

  29. ޔާމީން ޝަހީމް 2018

    ޔަހޫދީ ވިސްނުން ތަކާ ދެކޮޅު.