މިދިޔަ ރިޔާސީ އިންތިހާބުގައި ނާކާމިޔާބީއާ ކުރިމަތިވެވަޑައިގެންނެވި އެންމެ ބޮޑު އެއް ސަބަބަކީ ޕާޓީގެ އެތެރޭގެ ޕްރައިމަރީ އަށް ފަހު، ރިޔާސީ ކެމްޕެއިންގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު އެމަނިކުފާނާ އެކު މަސައްކަތް ނުކުރެއްވުމުން ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ވިދާޅުވެއްޖެއެވެ.

އަންނަ މަހުގެ 21 ގައި އޮންނަ ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުގައި އެމްޑީޕީގެ ކެންޑިޑޭޓުންނަށް ތާއީދު ހޯދުމަށް ކުރައްވާ ކެމްޕެއިން ދަތުރުފުޅުގައި ނ. މަނަދޫ އަށް ވަޑައިގެން ސަޕޯޓަރުންނާ ބައްދަލު ކުރައްވައި ސޯލިހު ވިދާޅުވީ ރިޔާސީ އިންތިހާބަށް ކެންޑިޑޭޓަކު ހޮވުމަށް ބޭއްވި ޕްރައިމަރީއަކީ ވަރަށް ވާދަވެރިކޮށް ދިޔަ ޕްރައިމަރީއެއް ކަމަށެވެ. އެ ޕްރައިމަރީން ބަލިވި ބޭފުޅުން އެކުގައި ކުރިއަށް ވަޑައިގެންނެވޭ ގޮތެއް ނުވި ކަމަށް ސޯލިހް ވިދާޅުވިއެވެ.

"އެ ޕްރައިމަރީ ނިމުމަށްފަހުގައި އެބޭފުޅުންނަކަށް އަޅުގަނޑުމެންނާ އެކީގައި ކުރިއަށް ދެވޭ ގޮތެއް ނުވި. ރިޔާސީ އިންތިހާބު ގެއްލުމުގެ، ނާކާމިޔާބުވުމުގެ އެންމެ ބޮޑު އެއް ސަބަބަކަށް ވެގެން ދިޔައީ އަޅުގަނޑުމެންނާ އެކީގައި އެ ބޭފުޅުންނަށް މަސައްކަތް ނުކުރެއްވުން." ސޯލިހް ވިދާޅުވިއެވެ.

ރައީސް ސޯލިހް މިއަދު ނ. މަނަދޫގައި. --- ފޮޓޯ: އެމްޑީޕީ

ސޯލިހް ވަނީ އެ ސަބަބާ ހުރެ ވެސް ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުގައި އެމްޑީޕީގެ ފަރާތުން ވާދަކުރައްވާނެ ކެންޑިޑޭޓުން ކަނޑައެޅުމަށް ބޭއްވި ޕްރައިމަރީން ނާކާމިޔާބީއާ ކުރިމަތިވި މީހުން ވެސް އެމްޑީޕީއާ އެކުގައި ކެންޑިޑޭޓުން ފަހަތަށް އެރުމަށް އެދިވަޑައިގެންފައެވެ.

"އަޅުގަނޑުމެން ބައިބައި ވެއްޖެ ނަމަ، އެކީގައި މަސައްކަތް ނުކުރެވިއްޖެ ނަމަ، ނަތީޖާ އަޅުގަނޑުމެން ބޭނުން ނުވާގޮޮތަށް ނުކުތުމަކީ އެކަށީގެންވާ ކަމެެއް،" ސޯލިހް ވިދާޅުވިއެވެ.

ރައީސް ސޯލިހް މިއަދު ނ. މަނަދޫގައި. --- ފޮޓޯ: އެމްޑީޕީ

އެމްޑީޕީން އެންމެ ފަހުން ބޭއްވި ރިޔާސީ ޕްރައިމަރީގައި ސޯލިހާ ވާދަކުރެއްވީ ނަޝީދެވެ. އެ ޕްރައިމަރީ އާ ހިސާބަށް ދިޔައިރުގައި ދެ ބޭފުޅުންގެ ދެމެދުގައި ނުތަނަވަސްކަން އޮތެވެ. ޕްރައިމަރީ އަށް ފަހު، "ހުޅުގަނޑު" ފަޅައިގެން ގޮސް ނަޝީދާއި އެމަނިކުފާނަށް ތާއީދު ކުރައްވާ ބޭފުޅުން ޕާޓީން ވަކިވެވަޑައިގެން ޑިމޮކްރެޓްސް ނަމުގައި އާ ސިޔާސީ ޕާޓީއެއް ވަނީ އުފައްދަވައިފައެވެ. އެކަމަކު، ނަޝީދު މިހާރު ހުންނެވީ ސިޔާސީ ކަންކަމުން ދުރަށް ޖެހިވަޑައިގެންފައެވެ.

ރިޔާސީ އިންތިހާބުގައި ޑިމޮކްރެޓްސް އިން ވަކިން ވާދަކޮށް، ފުރަތަމަ ބުރުގައި ތިން ވަނަ އަށް ދިޔައެވެ. ޑިމޮކްރެޓްސްގެ ފަރާތުން ނުކުންނެވީ ރައްޔިތުންގެ މަޖިލިހުގެ ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބެވެ. ދެވަނަ ބުރުގައި ނަޝީދާއި ޑިމޮކްރެޓްސްގެ ތާއީދު ރައީސް ސޯލިހަށް ނުލިބުނެވެ. ޑިމޮކްރެޓްސް އިން ވަކި ކެންޑިޑޭޓަކަށް ތާއީދު ނުކުރި ނަމަވެސް ބައެއް ބޭފުޅުން ތާއީދު ކުރެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒަށެވެ.

ޑިމޮކްރެޓްސްގެ ބައެއް ބޭފުޅުން ރައީސް މުއިއްޒާ ގުޅުން ބަދަހި ކުރަން މަސައްކަތް ކުރެއްވި ނަމަވެސް އެ ގުޅުން ބަދަހިވި ތަނެއް ނުފެނުނެވެ. އެންމެ ފަހުން ޑިމޮކްރެޓްސް އިން ސަރުކާރާ ފެއަށް ޖެހި، މިހާރު މަސައްކަތް ކުރަނީ އެމްޑީޕީއާ އެކުގައެވެ. އެކަމަކު، އެ ޕާޓީން އެއްބާރުލުން މިވަގުތު ދެނީ ރައްޔިތުންގެ މަޖިލިހުގެ ތެރެއިން ކުރަން ޖެހޭ ކަންކަމުގައެވެ. ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުގައި ދެ ޕާޓީން ވެސް ނުކުންނަނީ ވަކިވަކިންނެވެ.

ކިޔުންތެރިންގެ ހިޔާލު

20 ކޮމެންޓް

  1. ބޭބެ

    ވެރިކަން ގެއްލުނީ ބޭފުޅާ ވަގުކަމުން

    55
    2
  2. Anonymous

    ސޯލިހުއަށް ވިސްނުނީ މާފަހުން . އެކަމަކު ސޯލިހުއަށް އެވަރުވެސް ވިސްނިއްޖެތާ. ދެރައީ ވަށަފަރު މުއިއްޒަށް އެވަރު ނުވިސްނޭތީ. ޔާމީނުއަށް ދޯކާދީފާ ނުވާނެ ރީއްޗެއް.

    20
    52
    • ސަޓޯ

      އޭ ވާހަކަ ނުދައްކާ... ޔާމީނުގެ ހުސް ގޮނޑި އަދިވެސް އެބައިން ދިމްޔާތުގަ

  3. Anonymous

    ސޯލިހު އެއްޗެއް ލިޔެފައިދިނީމާ ރަނގަޅަށް ކިޔާނެ އެކަމަކު ގުޑްމޯނިންގް ޑެންޓަލްމެން އަށް އެވަރުވެސް ނުވޭތާ ވެރި އިންޕޯޓެންޓުވީމާ ވާގޮތްގޮތް

    16
    14
  4. ބޮޑުރަސްގެފާނު

    ވެރިކަން ގެއްލުނީ ވެރިކަން ކުރަން ނޭންނުނީމަ. އާދި ވަކިން ވެރިކަމަށް ދަހިވެތި ވީމަ

    50
  5. ދެން ލަލަލާ

    ﷲގެ ރަހުމަތައްފަހު ކަލޭމެނަށް ވެރިކަން ގެެއްލުނީ ކަލޭމެންގެ ނުލަފާކަމާ ގަމާރުކަމަށްވުރެ މުއިއްޒުގެ ހިކުމަތާ ނަޒާހަތްތެރިކަން ރައްޔިތުން ބޭނުންވީމަ

    58
    4
  6. ހނހ

    ކަލޭމެންތީ އެންމެ ޑިމޮކްރެޓިކް ކަންކުޑަ މީހުން. އިންތިހާބު ތަކުގަ ކިތަންމެ ބޭނުންވިޔަސް ފުރުޝަތު ނުދޭނެ ގިނަ ފަހަރައް ކުރިމަތިލާން. އަދި ނިމިދިޔަ މަޖިލިޝް ޕްރައިމެރީގަ ވަނީ ބައެއް ކެޑިޑޭޓުން ގަސްތުގައި ޕާޓީގެ މަތީފަޑީގެ މީހުން ވެގެން ކަޓުވާލައިފަ.

    21
  7. މުޙައްމަދު

    ނަޝީދު ބޮލަށް ކަނޑާނެ ކަމެއްނެތް. ކަލޭ ރޯމާދުވާލު ވައްކަންކޮށް ރޯ ބުހުތާނު ދޮގުހަދައިގެން މަކަރުން ވެރިކަންކުރަން އުޅުމުން ނުލިބުނީ. ހެއްދެވި ފަރާތުން ދެއްވި ނިއުމަތަށް ހަރާންކޯރުވީ ކަލޭ. ދައްޖޫސް

    35
    2
  8. ސާނީ

    ރަށްފުށު ރައްޔިތުންގެ އާދައިގެ ދިރިއުޅުމުގެ ތެރެއަށް ޒިޔާރަތްކޮއް ސިޔާސީ މީހުން ކެހިވެރި ދަޅަދައްކައި އުނދޯލި ހެއްލައި ރިހާކުރު ކައްކައި ރޯނުވަށައިވެސް ހަދާނެއެވެ. މިއިން މީހަކު ދިޔަޔަސް ގެޔަށްވެސް ނުވައްދަންވީ..

    27
    1
  9. ބޮޑުރަސްގެފާނު

    ދެވަނަ ދައުރު ނުލިބުނީ ރައްޔިތުންނަށް ބޭވަފާތެރި ވީބަޔަކު ،، ވަޒީރުން ނަށް ތިބީމަ

    30
    0
  10. ހުސޭނުބޭ

    އެކަމަކު ތާކު އޮތިއްޔާ އޮތް ކުށްވެރިން ދޫކޮށް މަސްވެރިންނަށް ލާރިނުދީ ވޯޓުގަންނަން ލާރިބަހާ ކެމްޕެއިނަށް ކުރި ދަތުރުތަކަށް އަދިވެސް ލާރިނުދީ ފިލާގެން އުޅޭ ވަގެއްހެން ތި އުޅެނީ. ދެން ތި ގޮވަނީ ނަޝީދޭ! ކެކެކެކެކެކެކެކެކެ

    29
    1
  11. ސަޓޯ

    ވެރިކަން ގެއްލުނީ ޓީވީއަށް އަރާ ހޭރޭ ވަރުން، ފިނޑިއެއްކަން އެންމެނަށް އެނގުނީމަ

  12. Anonymous

    ޥެރިކަން ގެއްލުނީ ﷲ ރުހިވޮޑިނުގަންނަވާ ހުރިހާ ކަމެއް ޖެހިލުމެއް، ބިރުގަތުމެއް ނެތި ކުރަމުން ދިޔައިމަ.

  13. ޙިސާންމިހާރު

    ބަލަ ޕްރައިމެރީ ވަގަށްނެގިއިރު ހީކުރީ ހަމަ ކަލެޔަށް ވެރިކަން ލިބޭނެކަމަށްދޯ. އޭރުވެސް އަހަރެމެނަށް ޔަގީންކަން އޮތް ވެރިކަން .ގެއްލުނީކަން.

  14. ތެދު

    ނަޝީދުގެ ސަބަބަކުންނެއްނޫން ކަލޭމެންގެ ވަގުކަމާއި ކަރަޕްޝަނުގެ ސަބަބުން އިނގިއްޖޭ ނަޝީދުއަކީ މިހާރު އޮއްސިފާވާ ތަރިއެއް މީހުން ބަލާގަންނަމީހެއްނޫން

  15. ކާޕެޓް

    އެދުވަހު މަނިކުފާނު ކަރުންނާރު ފުއްޕާވަރަށް އަޑުން އަޑުނަގާފަ ވިދާޅުވީ ނަޝީދަކީ ތިމަން މަނިކުފާނަށް މުހިއްމު މީހެއް ނޫނޭ

  16. ޒާ

    ނަޝީދު ގެއްލުނީ ކައިރި ކުރަން ނުޖެހޭ މީހަކު ކައިރި ކޮށް އޭނާ މަޖިލިސްތެރެއިންނާއި ބޭރުން ނަޝީދަށް ބުލީކޮށް ހެދުމުން. އެކަން ކުރީ ޕާޓީ ހަލާކު ކޮށްލަން ގަސްތުގައި. އެއީ ޑީއާރު ޕީވެސް ހަލާކު ކުރި މޭސްތިރިއެއް. އެކަން ސޯލިހަށް މަޖާވެފައި ހުރީ އަޅާވެސް ނުލާ. ހީކުރީ ނަޝީދު ނެތަސް ތިމާމީހާގެ ތާއީދު މާ މަތިވެއްޖެކަމަށް. ރޮޒޭނާ މިއަދު އެހެރީ ބަލައިގަންނާނެ މީހަކުވެސް ނެތިފަ.

  17. ދދ

    މޑޕ ކޮށްފައިވާ ވައްކަންތައް ތަހްގީގްކޮށް ފިޔަވަޅު އެޅުމަށް ސަރުކާރަށް ގޮވާލަމެވެ މޑޕ ގެ ވައްކަންތަކުގެ މައިމޫ
    އެހެރީ މާދުރައްސޮއްސާލައި ފިލަންވަދެއެވެ އޭނާ ފާރުމަތިން
    ވާނުވާބަލަން ހުއްޓަނުދީ ރާއްޖެ ގެންނަން ޖެހެއެވެ.

  18. ާއަހުމަދު އަލި މަނިކު

    ވަށަ ފަރު މުއިއްޒު ތިޔަ ކިޔަނީ ދެރަކޮށްލަން ކަމައް ދެއްތޯ. މިހާރުގެ ރައީސުލް ޖުމްހޫރިއްޔާ ޑޮކްޓަރ މުއިއްޒު އަކީ ދުނިޔޭގެ އެންމެ މަތީ ފާސް ނަންގަވައިގެން ހުރި ވެރިޔެއް. ވަރައް ސަލާމް.

  19. ތަރި ދުން

    ހޭނާރާ ޖެހުނީ މަރުފަލިތާ ބޮނޑިބޯން..!