ފުލުހުން ތަޙްޤީޤު ކުރަމުން ގެންދާ މައްސަލައަކާއި ގުޅިގެން މީހަކު ހޯދަން ފަށައިފިއެވެ.
ފުލުހުންގެ ވެބްސައިޓްގައި ވިދާޅުވެފައި ވަނީ ތ.ތިމަރަފުށި ޕޮލިސް ސްޓޭޝަނުން ތަޙުޤީޤު ކުރަމުންދާ މަސްތުވާތަކެތީގެ މައްސަލައަކާ ގުޅިގެން މީހަކު ހޯދުމުގެ މަސައްކަތް ފުލުހުން ކުރަމުން ގެންދާ ކަމަށެވެ.
މިމައްސަލައާ ގުޅިގެން ހޯދަމުންދަނީ ކ. މާލެ، މ. ކުޑަވެޔޮމަތީގެ އަޙްމަދު ފަލާޙް (53އ) ކަމަށް ފުލުހުން ވިދާޅުވިއެވެ.
ވީމާ އަޙްމަދު ފަލާޙްއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ތ.ތިމަރަފުށި ޕޮލިސް ސްޓޭޝަންގެ ޑިއުޓީ ނަންބަރު 9792269 އަށް ގުއްޅުއްވައި ޙިއްސާކުރެއްވުން އެދޭކަމަށް ފުލުހުން ވިދާޅުވިއެވެ.
މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުން މިފުރުޞަތުގައި ފާހަގަކޮށް ޝުކުރު ދަންނަވަމެވެ.
އެމްޑީޕީ ގުންޑާއެއް!!