މިސަރުކާރުގެ 14 ހަފްތާ ނިމިގެންދިޔައިރު ވެސް އެއްވެސް ވައުދެއް ފުއްދާފައި ނުވާ ކަމަށާއި ކެބިނެޓުން ނިންމާ ތަނެއްގައި މިން އެޅިޔަސް ވައުދު ނުފުއްދޭނެ ކަމަށް އެމްޑީޕީގެ މަޖިލިސް ކެމްޕޭނުގެ ތަރުޖަމާނު، ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަހުމަދު އީސަ ވިދާޅުވެއްޖެއެވެ.
އެ ޕާޓީން މިރޭ ބޭއްވުނު ނޫސްވެރިންގެ ބައްދަލުވުމުގައި އީސަ ވިދާޅުވީ މި ސަރުކާރުން ކެޓަގަރައިޒްކޮށްގެން ދޮގުތައް ހަދަމުންދާ ކަމަށާއި ރައްޔިތުން ތިބީ މި ސަރުކާރު ދެކެ ފޫހިވެފައި ކަމަށެވެ.
"މިހާރު އަޅުގަނޑުމެންނަށް ޔަގީންވެއްޖެ މިސަރުކާރަކުން ދުވަހަކުވެސް ތެދެއް ނަހަދާނެކަން، މި ސަރުކާރުން ތަކުރާރުކޮށް ކުރަމުން ގެންދާ ކަމަކީ ރައްޔިތުންނަށް އޮޅުވާލުމާއި ދޮގުހެދުންކަން. މި ސަރުކާރުގެ ދޮގުހެދުން އޮތް މިންވަރަކީ ދޮގުތައްވެސް މިހާރު ކެޓަގަރައިޒްކޮށްފި، ކުދި ދޮގު މެދު ދޮގު ބޮޑު ދޮގު އަދި ބުހުތާނު ދޮގު." އީސަ ވިދާޅުވިއެވެ.
އެގޮތުން މި ސަރުކާރުން ހެދި ދޮގެއްގެ ގޮތުގައި ކައުންސިލްތަކުގެ އިދާރީ މުވައްޒަފުންގެ މުސާރަ ބޮޑުކުރި ވާހަކައަށް އީސަ ވަނީ އަލިއަޅުވާލާފައެވެ.
"އަޅުގަނޑުމެންނަކަށް ގަބޫލެއް ނުކުރެވޭ ވައުދެއް ފުއްދީ ކަމަކަށް، ތަނެއްގައި މިން އެޅުން އެއީ. ވައުދެއް ފުއްދީ ކަމަކަށް، ކަމެއް ކުރަން ކެބިނެޓުން ނިންމުން، ކަމެއް ކުރަން ސަރުކާރުން ނިންމުން، އެއީ ވައުދެއް ފުއްދުމެއް ނޫން،" އީސަ ވިދާޅުވިއެވެ.
އީސަ ވިދާޅުވީ ކުރިޔަށް އޮތް މަޖިލިސް އިންތިހާބުގެ ކެމްޕެއިނަށް މިހާތަނަށް 59 ޕަސެންޓް ރަށްތަކަށް ކުރެވުނު ދަތުރު ތަކުން ހާމަވެގެން ދިޔައީ ރައްޔިތުން މި ސަރުކާރުގެ ދޮގުތަކުގެ މަތިން ފޫހިވެ ސަރުކާރު ގެނެވުނީތީ ދެރަވެފައިވާ މަންޒަރެވެ. އަދި މި ސަރުކާރުން ފުއްދި ވައުދު ލިސްޓުގައި އޮތީ މަގެއްގެ ފުޅާ މިނާއި ދިގުމިން އެޅި ވާހަކަ ކަމަށާއި އެއީ ވައުދު ފުއްދުން ނޫން ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.
ރައްޔިތުންނަކީ ތަންދޮރު ދަންނަ ބައެއް ކަމަށާއި ސަރުކާރުން އެހަދަމުން އަންނަ ދޮގުތައް ހެދުން ހުއްޓާލުމަށް އީސަ ވަނޯީ ގޮވާލާފައެވެ. އަދި ހަމައެއާއެކު ކުރިޔަށް އޮތް 20 ވަނަ ރައްޔިތުންގެ މަޖިލީހުގައިވެސް ސުޕާ މެޖޯރިޓީ ނަގާނެ ކަމުގެ ޔަޤީންކަން އީސަ ވަނީ ދެއްވާފައެވެ.
އެމްޑީޕީންވަނީ މުޅިގައުމު އެކޮއް ބަގުރޫޓް ކޮއްކާފަ އިބޫ ޒައާމަތުގަވަނީ ޑޮލަރު 15 އިން 18 އައް ބަދަލުވެފަ އަދި ކާޑް ލިމިޓް ވަނީ 600 އިން 250 ބަދަލުވެފަ މަހުގެ އަގުވަނީ 18 އިން 16 ބަދަލުވެފަ ޖީއެސްޓީވަނީ 6 އިން 8 ކައް ބަދަލު އަދި ގައުމުގެ ދަރަނި 40 ހުން 120 ބިލިއަނައް ބަދަލުވެފަ ކޮންބައެއް ކަމެއް ނޭނގުނު ދޮގުހެދީ
މެންބަރުންނައް އިތުބާރުނުކުރާ ދޮގުހަދާ ގުރޫޕް. ރިޝްވަތު ދީފަވެސް ހުވާކުރުވަނީ މަޖިލިސް ޓިކެޓް ދީފަވެސް ހުވާކުރުވަނީ
ހަފްތާ 14 ވެސް ނިމިއްޖެ! ނަމަވެސް ރަޢީސް ޔާމީނު ހުންނެވީ ހައްޔަރުގައި! އަދުރޭ މިކަމުގައި ވިދާޅު ވަނީ ކީކޭތޯ ޢީސަ ސުވާލު ކޮއްލަބަލަ!
އީސަހުންނެވީ މީހުންނާ ސުވާލުކުރެވޭ ހާލަތެއްގަނޫން، ގެވެށިއަނިޔާއިން ފަށައިގެން މާރާމާރީ އާއި ރޭޕްކުރުމާ މިހުރިހާކަމެޢް ކުރުމުގަ އަވިދިނެތިފަ!
އީސައަކީ މިގައުމުގެ ރައީސްތޯ ސުވާލުކޮށްލަން ކަލޭ ބޭނުންހާގޮތެއް ހެދޭނީ ކަލޭގެއަނބި މީހާއަށް ސުޕުރިމް ކޯޓުގެ އަމުރު ކަލެއަަކަށް ބާތިލެއް ނުކުރެވޭނެ ދެންލަލަލާ.
ރައިތުން އެންމެ ބޮޑަށް ފޫހިވެފަހުރީ އީސަ ގެވެށި އަނިޔާ ހިންގި މައްސަލަ އިބޫސަރުކާރުން ނުބަލާ ދޫކޮށް ލުމުން މިވަރުގެ މީހުން ތަންތަނަށް އަރާ މިއަނގަ ފުޅާކުރަނީ
ދޮގުހަދަނިއްޔޭ؟ ވާވާ....
އަންހެނުންގައިގަ ތަޅާމަރާ މީހަކު އެހެން މީހުން ދޮގުހަދަނިއްޔޭ ބުނީމާ ގަބޫލުކުރާނީ ދޮގުވެރިއެއް. މޮޔައެއް
އަނބި ގޮއްޔެ ގައިގަ ތަޅާ ސައިކޯ ފިރިހެނުންނަކީ ފިރިހެނުންގެ ކެޓަގަރީގައި އަހަރަމެން ގުނާ ބައެއް ނޫން. އެހެން ނޫނަސް ތީ ސަރުކާރެކޭ ކިޔާ އަނގަ އަރުވާވަރުގެ އެއްވެސް އުރައްޕެއް ހުރި މީހެއް ނޫން. ވ.ސަލާމް.
މުއީޒު ވަނީ ރުފިޔާ ނުޖަހާ ލޯނުނުނަގާ ވައްކަން ނުކޮއް ކޮރަޕްޝަން ނުހިންގާ މަސްވރިންނައް ހުރިހާ ލާރިއެއް އެއްކޮއްދީ ހަލާސް ކޮއްފަ އަދި ޑޮލަރުގެ އަގުދައްވެ ރޯދަމަސް އައިއިރު ކާބޯތަކެތީގެ އަގު ހެޔޮވި ފަހަރެއް އަދިނާދޭ. ކަލޭމެން ވަނީ 5 އަހަރު މަޖިލިހާ ހުރިހާ ބާރެއް ކާއެއްކޮއް އެއްކަމެއް ވެސް ނުވެ ބޭކާރު ކޮއްލާފާ
ތިކަން އޮތީ ތިގޮތަށް! 2019 ން 2023 ށް ތިޔަކުރީ އެކަމަކު އެކަމެއް ނޫންތޯ؟ ބަޖެޓްނެތި މަސައްކަތް ޙަވާލުކޮށް ދެދުވަހާ ބައިވުމުން މަސައްކަތު ސާމާނުތައްގެއްލުމާ މަސައްތަށްގޮސްއުޅުނު މީހުންކޮޅު ފިލުންފަދަ ކަންކަން! އެހެންނުތޯ؟ 5 އަހަރުގެ ވެރިކަމެއް ނިމުނުއިރު އަމިއްލައަށް ފަށާ ނިންމި ކަމެއް ނޯންނާނެ ދެރަށެއްގެ މަލްޓިޕާޕޮސް ހޯލެއް ފިޔަވައި!!!! ދައުލަތްއޮތީ މަސްވެރިންނަށާ ކުންފުނިތަކަށާ މަސައްކަތްތެރިންނަށް ދަރާވިކިފަ@ މިކަމާ ކީކޭތޯ ބުނުއްވަނީ ޢިއްޒަތްތެރި މެމްބަރު؟
ދިރިއުޅުމަކީ ގެވެށި އަނިޔާއެއްނޫން ކައިވެންޏެއް ކުރިޔަސް އެއީ ބިރުވެރި ދިރިއުޅުމެއް ކަމަށްވަންޏާ އނުވާނެ ދިރިއުޅުމަކަށް ދިރިއުޅުން ކިޔަނީ އުފާވެރި ދިރިއުޅުމަށް
ވައުދުފުއްދާނެގޮތް ކަލޭ ބުނެދޭން ވީނު. ކަލޭތީ ހިތުން
މާ މޮޅުމީހެއްވިއްޔަ.