ޑިމާންޑް ބޮޑުވުމުން ޤައުމީ އެއަރލައިން މޯލްޑިވިއަނުން އެކި އެއަރޕޯޓަކަށް ފްލައިޓްތައް އިތުރުކޮށްފިއެވެ.

މޯލްޑިވިއަނުން ފްލައިޓް އިތުރުކޮށްފައިވަނީ ކޫއްޑޫ އެއަރޕޯޓް، ކައްދޫ އެއަރޕޯޓް، ކާނޑެއްދޫ އެއަރޕޯޓް، އިފުރު އެއަރޕޯޓް، ހަނިމާދޫ އެއަރޕޯޓް، ކުޅުދުއްފުށި އެއަރޕޯޓް، މާފަރު އެއަރޕޯޓް އަދި މަޑިވަރު އެއަރޕޯޓަށެވެ.

މީގެއިތުރުން ގަން އެއަރޕޯޓަށް ވެސް ފްލައިޓް ވަނީ އިތުރުކޮށްފައެވެ. މި ފްލައިޓްތައް އިތުރުކޮށްފައިވަނީ 9، 11، 12 އަދި އޭޕްރިލް 13 ވަނަ ދުވަހުއެވެ.

މޯލްޑިވިއަން ޑިމާންޑް ބޮޑުވެ ފްލައިޓްތައް އިތުރުކޮށްފައިވާއިރު ރާއްޖޭގެ ގައުމީ އެއާލައިން، މޯލްޑިވިއަން އިން ރާއްޖެ އާއި ރާއްޖެއިން ބޭރަށް ދަތުރު ކުރާ މަންޒިލްތަކަށް ވަކިވަކިން ޓިކެޓް ނަގަން ނުޖެހޭ ގޮތަށް ވެސް ވަނީ ހަދާފައެވެ.

މި އަހަރުގެ ރަމަޟާން މަހުން ފެށިގެން، ކޮންމެ އަހަރެއްގެ ރަމަޟާން މަހުގެ ފަހު 10 ދުވަހަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ރައީސް ވަނީ ނިންމަވާފައެވެ. އެގޮތަށް ނިންމެވުމާއެކު ވަރަށް ގިނަ މީހުން ވަނީ ރަށްތަކަށް ފުރައިގެން ގޮސްފައެވެ. މިއާއެކު ވައިގެ މަގުންނާއި ކަނޑުމަގުން ދަތުރުފަތުރު ކުރުމަށް އޮތް ޑިމާންޑް އިންތިހާއަށް ބޮޑުވެގެންދާނެ ކަމަށް މިވަނީ ބެލެވިފައެވެ.

ކިޔުންތެރިންގެ ހިޔާލު