މަޖިލީހުގެ ރައީސް އަދި ހިތަދޫ އުތުރު ދާއިރާގެ އެމްޑީޕީ މެމްބަރު މުހައްމަދު އަސްލަމް އޭރުވެސް މިހާރު ވެސް ހުންނެވީ ޖުޑީޝިއަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ހިސޯރުކޮށްގެން ކަމަށް މަސްވެރިކަމާ ބެހޭ ވަޒީރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ޝިޔާމް މިހެން ވިދާޅުވީ އައްޑޫ ސިޓީގައި ބޭއްވި ކެމްޕެއިން ބައްދަލުވުމެއްގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ޝަރީއަތުގެ އަޑުއެހުމެއް ނުބާއްވާތާ ގިނަ ދުވަސްތަކެއް ވުމުން ދޭހަ ވަނީ ސަރުކާރުން އެ މައްސަލައިގެ ތެރެއަށް ނުފޫޒު ފޯރުވައި އަތް ބާނަމުންދާ މިންވަރު ކަމަށް އަސްލަމް ވިދާޅުވުމާއި ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

ޝިޔާމް ވިދާޅުވީ އަސްލަމް އޭރުވެސް މިހާރު ވެސް ހުންނެވީ ފުއްގަނޑެއް މޮޑޭހެން ޖޭއެސްސީ ހިސޯރުކޮށްގެން ކޯޓުތައް ނުފޫޒުފޯރުވަމުން ކަމަށެވެ.

"އަޅުގަނޑުމެން 21 އޭޕްރީލްގައި ތިކަން ނިމުމަކަށް ގެންނާނަން،". ޝިޔާމް ވިދާޅުވިއެވެ

އަސްލަމް ވިދާޅުވީ ޔާމީންގެ ޝަރީއަތެއް އެންމެ ފަހުން ބޭއްވީ މީގެ ހަތަރު މަސް ދުވަސް ކުރިން ކަމަށެވެ. އަދި ވިދާޅުވީ، ޝަރީއަތް ލަސްވާ މައްސަލަ ޖޭއެސްސީއަށް ހުށަހަޅުއްވާނެ ކަމަށެވެ.

އަސްލަމް އެހެން ވިދާޅުވުމުން ޝުޖާއު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އަސްލަމް އަކީ އެ ވާހަކަ ދައްކަން އެންމެ "ތާހިރު" މީހާ ކަމަށެވެ. ޔާމީންގެ މައްޗައް އިއްވާފައިވާ ހުކުމުގެ މައްސަލާގައި ކަންބޮޑުވުން ފާޅުކުރަން އެމްޑީޕީގެ ސަރުކާރުގައި އަސްލަމާ ވެސް ބައްދަލުކުރެއްވި ކަމަށް ޝުޖާއު ވިދާޅުވިއެވެ. އަދި އެ ދުވަހު ދެއްވި ޖަވާބު ކަންފަތުގައި ހަރުލާފައިވާ ކަމަށް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ޗޮންވޮން

    ބަނގުރާ ބޮއިގެން ރަށުތެރޭ ކާރު ދުއްވާވަރުން ބޮލަށްވެސް އުނދަގޫވޭ. ސެކިއުރިޓީ ހައިކަމުން

  2. ކުޗްކުޗްދިވެހި

    ކަލޭ ތިހިރީ މަގާމުލިބުނީތީ ޔާމީނުމަތިން ހަނދާންނައްތާލާ ޔާމީނުއެއީ ނެތްމީހަކަށް ހަދާލާފަ. ސޯ ޔޫއާ ސޭމް އޭސް ދަ ރެސްޓް. ތީހަމަ އެއކައްޗެއް

  3. ވަގުންގެ ރާއްޖެ

    ޔާމީނުގެ ޕާޓީގެ ޖަލްސާ ހުއްޓިވި ގޮތުން ވަރަށް ސާފް
    މިސަރުކާރާއި ޔާމިނުގެ ގުޅުން
    ޕުރައިވެޓް ސްކޫލް ހޯލް ކުއްޔަށް ދޫކޮށްފައި ވަނިކޮށް މެންދުރު އެޑިއުކޭސަނުން ކެންސަލް ކުރުން
    ސްޓެލްކޯ އިން ހޯލް ކަރަންޓް ކަނޑާލުން
    ފުލުން ފޮނުއްވައިގެން ސްކޫލަށް ވަނީ ނުދިނުން
    އެޑިއުކޭޝަން އަދި ސްޓެލްކޯ ފުލުންގެ ބޭނުން ކުރީ ޖަލްސާ ބޭވިޔަ ނުދިނުމަށް