ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ޝަރީއަތަށް އޭރުވެސް އަދި މިހާރު ވެސް ނުފޫޒު ފޯރުވަމުން ދަނީ އެމްޑީޕީން ކަމަށް އެމަނިކުފާނުގެ ވަކީލުންގެ ޓީމްގައި ހިމެނިވަޑައިގަންނަވާ ވަކީލު އަބްދުﷲ ޝިޔާޒް ވިދާޅުވެއްޖެއެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޝިޔާޒް ވިދާޅުވީ، 2018 ވަނަ އަހަރު ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހު އެމްޑީޕީއިން ރާއްޖޭގެ ވެރިކަމާ ހަވާލުވުމާއެކު ނިޒާމީ ގޮތެއްގައި ރޭވިގެން ޔާމީނާ ކުރީގެ ސަރުކާރުގެ އޮފިޝަލުންްގެ މައްޗަށް ހަގީގަތެއް ނެތް އިންޓެލިޖެންސް ރިޕޯޓްތައް އުފައްދައި ދޮގު ތުހުމަތުތައް އުފުލި ކަމަށެވެ.

"ރައީސް ޔާމީން އާ ރައީސް ޑރ. މުއިއްޒުގެ މައްޗަށް ހުށަހެޅި ޖިނާއީ ދައުވާތަކަކީ މިކަމުގެ ހެކިތައް ރައީސް ޔާމީންގެ މައްޗަށް ނުޙައްގުން ދައުވާކޮށް ޖަލަށްލީ އެމްޑީޕީގެ ސަރުކާރުން 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބް ކާމިޔާބު ކުރުމަށް ސިޔާސީ ގޮތުން ރައީސް ޔާމީނާއި ޕީޕީއެމް/ޕީއެންސީގެ ވަތަނީ ފިކުރުގެ ލަޝްކަރު ބަލިކަށިކޮށްލުމަށް،". ޝިޔާޒް ވިދާޅުވެފައިވެއެވެ.

ޝިޔާޒް ވިދާޅުވީ އޭނާ ގަބޫލް ކުރަނީ އޭރުވެސް އަދި މިހާރުވެސް ރައްޔިތުންގެ މަޖިލީހުގެ އަގްލަބިއްޔަތު އޮވެގެން ޝަރީއަތަކަށް ނުފޫޒު ފޯރުވަނީ ކުރިންވެސް އެކަން ކުރި އެމްޑީޕީން އިސްވެ ތިބެގެން ކަމަށެވެ. އެމްޑީޕީން މިހާރުވެސް ކުރާ ކަމަކީ، ޔާމީންގެ މައްޗަށް އިތުރު ތުހުމަތެއްކޮށް، އަބުރު ކަތިލައި އޭގެ ސިޔާސީ ފައިދާ ނެގުން ކަމަށް ޝިޔާޒު ވިދާޅުވެފައިވެއެވެ.

ޑިސެމްބަރު 25، 2022 ވަނަ ދުވަހު ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވި ހުކުމަށް އަހަރަކަށް ވުރެ ގިނަ ދުވަސްވެފައިވާ އިރު، އެމަނިކުފާނު އަދިވެސް ހުންނެވީ ޖަލު ހުކުމް ތަންފީޒު ކުރަން މާލެ ބަންދުގައެވެ. ސިޔާސީ ހަރަކާތްތަކުގައި އުޅުއްވުން އެމަނިކުފާނަށް އަދިވެސް މަނައެވެ. ސިޔާސީ ހަރަކާތްތަކުގައި އުޅުއްވަން މަނާކޮށްފައި ވިޔަސް، ޔާމީނަށް ބޮޑެތި ލުއިތަކެއް މިހާރު ވެސް ލިބިވަޑައިގަންނަވައެވެ. އެގޮތުން ކަސްރަތު ކުރައްވަން ބޭރަށް ނުކުންނެވުމާއި ބޭސްފަރުވާ އަށް ވަޑައިގަތުމުގެ ހުއްދަ ދީފައިވެއެވެ.

ޔާމީންގެ މައްޗަށް 11 އަހަރުގެ ޖަލު ހުކުމެއް އިއްވާފައި ވަނީ އެމަނިކުފާނުގެ ވެރިކަމުގައި ވ. އާރަށް ކުއްޔަށް ދޫކުރުމާއި ރިޝްވަތާއި މަނީ ލޯންޑަރިންގެ ކުށް ސާބިތުވުމުންނެވެ.

ޔާމީން ގެއަށް ބަދަލު ކުރީ މިދިޔަ ސެޕްޓެމްބަރު 30 ވަނަ ދުވަހު ބޭއްވި އިންތިހާބު ރައީސް ޑރ. މުއިއްޒު ކާމިޔާބުކުރެއްވި ފަހުންނެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. މާމީ

    މިނޫން ދުވަހެއް ނެއްކަމައް ހީކޮއްގެން ވެސް އުޅޭބަޔަކު އެބަތިބި

  2. Anonymous

    ދައުލަތުގެ މާލިއްޔަތު ލޫޓުވާ ސިޔާސީ ވަފާތެރި ކެހިވެރި ޗޯރުން މިވަނީ މިރާއްޖޭގައި އަދުލު އިންސާފު ޤާއިމްވިޔެނާ ނުދޭންވެގެން ޖޭއެސްސީ ކިޔާތަނެއް ހަދައިގެން އެތަނަށް ސިޔާސީ ޗޯރުންވަދެ މުޅި ޖުޑިޝަރީ ސިޔާސީ ޖަގަހަޔަކަށް ހަދާފައި، މިމީހުން ބޭނުން މީހެއްގެ މައްޗަށް ހުކުމް ކުރެވޭގޮތަށް ، ސިޔާސީ ބޮޑު ޤަބީލާ ޕާޓީން ހުކުމް ކުރާ ގޮތަށް މިއޮތީ ޖުޑިޝަރީ ބައްޓަން ވެފައި ، މިކަން ބަދަލްވާން އެބަޖެހޭ !

    13
    1
  3. ހަންޑިކުޑަ

    މުލި ޤައުމުގައި ތިބީ ހަމަ ހުސް ދެފުށް ދެގޮތް މީހުން ކަމަށް ދެކެން. ﷲ އަކްބަރ!

  4. ވިސްނާ

    ރާއްޖޭގައި ހިންގާ ހުރިހައި ޖަރީމާއެއްގެ ފަހަތުގައިވެސް ތިބީ އެމްޑީޕީއަށް ނިސްބަތްވާ ފަރާތްތަކެވެ. މިގޮތުން ޑރ އަފްރާޝީމް އަވަހާރަކޮށްލުމާއި ، ރ ޔާމީނަށް ޙަމަލާ ދިނުމާއި ރ ނަޝީދަށް ޙަމަލާދިނުންވެސް ހިމެނޭ

    12
  5. Anonymous

    ދައުލަތުގެ މާލިއްޔަތު ލޫޓުވާ ސިޔާސީ ވަފާތެރި ކެހިވެރި ޗޯރުން މިވަނީ މިރާއްޖޭގައި އަދުލު އިންސާފު ޤާއިމްވިޔެނާ ނުދޭންވެގެން ޖޭއެސްސީ ކިޔާތަނެއް ހަދައިގެން އެތަނަށް ސިޔާސީ ޗޯރުންވަދެ މުޅި ޖުޑިޝަރީ ސިޔާސީ ޖަގަހަޔަކަށް ހަދާފައި، މިމީހުން ބޭނުން މީހެއްގެ މައްޗަށް ހުކުމް ކުރެވޭގޮތަށް ، ސިޔާސީ ބޮޑު ގަބީލާ ޕާޓީން ހުކުމް ކުރާ ގޮތަށް މިއޮތީ ޖުޑިޝަރީ ބައްޓަން ވެފައި ، މިކަން ބަދަލްވާން އެބަޖެހޭ !

    9
    1
  6. ކޮޔާ

    ކަލޭވެސް ތިހެން ތިބުނީ މިހާރު އޭރަކު ނުބުނެވުނު ޖަމަލު ފޮޑި ޖަހާ ބުހުތާން ދޮގު ދޮލަނގެއް އުފަން ކުރުވި އިރު ހަމަ އަނގަ ތަޅުލެވިފަ ކަލޭހުރީ ދެނޯދެން ކޮން ކުރަތްޕެކޭ

  7. ފަރުޝާ

    މަސްއަލައަކީ ތިކަން ބައެއްރައްޔިތުންނަށް ޤަބޫލު ނުކުރެވޭތީ. މިހާރަކަށް އައިސް މާ ރައީސް ޔާމީން ވެގެން އުޅޭއިރު ހަނދާނެއްނެތްބާ އަދީބު އާއި ތިޔަ އެމް.އެމް.ޕީ.އާރ.ސީ ގެ މަސްއަލާގެ މީހުން ތަކާއި އެތައް ބޮޑެތި ކުށްވެރިންތަކެއް ދޫކުރި އިރު ރައީސް ޔާމީން ދޫ ނު ކޮށްލި ތާންގަ ގެއަށް ވެސް ބަދަލު ކޮށްލަދޭން ނުކެރުނު ބަޔަކު މިއަދު އެތަކެއް ދޮގުހަދާ މާހެޔޮއެދޭ ބަޔަކަށްވެގެން މަކަރުވެރި ހީލަތްތެރި ވާހަކަ ތަކެއް ދެއްކީމަ ބައެއް މީހުން އެކަމަށް ހެއްލޭކަމީ ވަރަށް ހިތާމަހުރި ކަމެއް. ދުވަހަކުވެސް އެމް.ޑީ.ޕީ މީހުންނަކީ ރައީސް ޔާމީން އަށް ހެޔޮ އެެދޭނެ ބައެއްނޫންކަން އެތަކެއްހާސް ދިވެހި ރައްޔިތުން ޤަބޫލު ކުރާނެ.

    17