ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ އިސްތިިއުނާފީ މައްސަލައިގެ އަޑުއެހުމެއް މާދަމާ މެންދުރު 13:00 އަަށް ހައިކޯޓުގައި ތާވަލުކޮށްފިއެވެ.

މި މައްސަލައިގައި ހައި ކޯޓުގައި އެންމެ ފަހުން އަޑު އެހުމެއް ބޭއްވީ މިދިޔަ ނޮވެމްބަރު 21 ގައެވެ.

ޔާމީންގެ އިސްތިއުނާފީ މައްސަލަ ތާވަލްނުކޮށް ލަސްވަމުންދާތީ އެމަނިކުފާނުގެ ވަކީލުންގެ ޓީމުން ދިޔައީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ.

ޔާމީންގެ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ އަބްދުﷲ ޝިޔާޒް ވިދާޅުވީ ރައީސް ޔާމީންގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފުކޮށްފައިވާ ވ. އާރަށު މައްސަލައިގެ އަޑުއެހުމެއް މާދަމާ 13:00 އަށް ތާވަލުކޮށްފައިވާ ކަމަށެވެ.

އާރަށް ކުއްޔަށް ދޫކުރުމުގައި ރިޝްވަތާއި މަނީ ލޯންޑްރިންގެ ކުށުގައި ޔާމީން 11 އަހަރަށް ޖަލަށްލުމަށާއި ފަސް މިލިއަން ޑޮލަރުން ޖޫރިމަނާ ކުރަން ކްރިމިނަލް ކޯޓުން ހުކުމް ކުރީ ޑިސެމްބަރު 25، 2022 ގައެވެ. އެ ހުކުމް މިދިޔަ އަހަރުގެ ކުރީކޮޅު ހައި ކޯޓުގައި އިސްތިއުނާފްކޮށްފައިވާ އިރު، އެ މައްސަލައިގައި މިހާތަނަށް އައިއިރު، ހުކުމް އިއްވާފައެއް ނުވެއެވެ. އެކަމަކު، މި މައްސަލައިގެ އަޑުއެހުންތައް ހައި ކޯޓުގައި ނިންމާލައި އެ މައްސަލަ އޮތީ ހުކުމަކާ ހިސާބުގައެވެ.

އިތުރު ތަފްސީލް އަންނަނީ..

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޢަހުމަދު ނައީމް

    ތިޔަ ހައިކޯޓުން ރައީސް ޔާމީންއަށް، އިންސާފު ލިބޭނެ ކަމުގެ އުންމީދެއް ނެތް! މިވާހަކަ ބުނަން ދެރަވެސްވޭ!

  2. Anonymous

    ވަގު ޖަލަށްފޮނުވާ ދޮގުހެކި ހުށަހަލައިގެން ވައްކަން ނުކުރާކަމަށް ހަދަން އުޅުނަސް ސަލާމަތެއް ނުވާނެ
    ދޮގުހުވާކުރި މީހުންނަށްވެސް އަދަބު ދޭންޖެހޭ

    1
    1