ތަރައްގީއާއި ހަމަޖެހުމާއި، ރައްކާތެރިކަމަށްޓަކައި، ރައްޔިތުންގެ މަޖިލީސް އިންތިހާބުގައި މައި ސަރުކާރު ޕީއެންސީގެ ކެންޑިޑޭޓުންނަށް ވޯޓު ދެއްވާ އެ މަޖިލީހަށް ހޮއްވަވާ ދެއްވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އެދިވަޑައިގެންފިއެވެ.

އަންނަ އާދީއްތަ ދުވަހު ބާއްވާ މަޖިލީސް އިންތިހާބާއި ގުޅުވައިގެން ގދ. ގައްދޫ ދާއިރާއަށް ވާދަކުރައްވާ ޕީއެންސީ ކެންޑިޑޭޓްގެ އިވެންޓްގައި މިރޭ ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ ކެމްޕެއިންގެ މަސައްކަތް މިއަދާއި ހަމައަށް ގޮސްފައިވާއިރު، ރައްޔިތުންނަށް ވަަރަށް ސާފްކޮށް ދެންނެވޭތޯ މަަަސަައްކަތް ކުރަމުން ދަނީ މި އިންތިހާބުގެ މުހިންމު ކަމުގެ ވާހަކަ ކަމަށެވެ.

"ސަބަބަކީ ރައްޔިތުންގެ މަޖިލީހަކީ ސަރުކާރު ހިންގުމުގައި، ރާއްޖޭގެ ގާނޫނު އަސާސީ އޮތްގޮތުން ކޮންމެހެން މުހިންމު އެއްބާރުލުންތަކެއް ލިބިގެން ނޫނީއްޔާ ރައްޔިތުން ބޭނުންވާ ކަންކަން ނުކޮށްދެވޭނެ ގޮތަށް ކަންތައްތައްް ބައްޓަންވެފައި އޮތުމާއި އެކީގައި، އެހެންވީމަ އެ މަޖިލީހުގެ މުހިންމުކަން މި ބޮޑުވަނީ،".

ރައީސް ވިދާޅުވީ، މި ސަރުކާރުން ރައްޔިތުންނަށްވެފައިވާ ވައުދުތައް ފުއްދުމަށް މަޖިލީހުގެ ތެރެއިން ބޭނުންވާ އެއްބާރުލުން ވަރަށް ބޮޑަށް މުހިންމު ވެގެންދާ ކަމަށެވެ. އެއީ ތަރައްގީއަށްޓަކައި އެމަނިކުފާނު ވެވަޑައިގެންފައިވާ ވައުދުތައް ފުއްދުމުގައި ބޭނުންވަނީ ވަރަށް ބާރު ސްޕީޑްގައި ކަން ކުރުމަށް ކަަމަށްވެސް ވިދާޅުވިއެވެ.

"މި ދާއިރާގެ ރައްޔިތުން ކިބައިންވެސް އެދެން އޮތީ، އިންތިހާބުގައި ވޯޓު ދެއްވާއިރު، މި ދަންނަވާ އެއްބާރުލުން އަޅުގަނޑަށް ދެއްވާނެ ބޭފުޅަކު ތިޔަބޭފުޅުން ހިޔާރު ކުރުން އެއީ ވަރަށް މުހިންމު ކަމެކޭ. މި ފަަސް އަހަރަކީ ތިޔަބޭފުޅުންގެ ތަރައްގީއަށްޓަަކައި، ތިޔަބޭފުޅުން ތި އެދިވަޑައިގަންނަވާ ތަރައްގީ ހާސިލް ކުރުމުގައި އެއްވެސް ކަހަލަ އުނދަގުލެއް ކުރިމަތިވިޔަ ނުދޭނެ ފަސް އަހަރަށް ހެއްދުވުމަށްޓަކައި މި ވޯޓު މުހިންމު ވެގެން މި ދަނީ،". ރައީސް ވިދާޅުވިއެވެ.

ގައްދޫ ދާއިރާއަށް ވާދަކުރައްވާ ޕީއެންސީ ކެންޑިޑޭޓްގެ އިވެންޓްގައި ރައީސް - ވަގުތު އިމޭޖްސް: މުހައްމަދު އަލީފް

އެހެންކަމުން އެމަނިކުފާނުގެ ފުރިހަމަ އިތުބާރު އޮތް، އަދި އެމަނިކުފާނުގެ ތާއިދު އޮތް ކެންޑިޑޭޓަކު ހޮއްވަވާ ދެއްވުމަށް ރައީސް އެދިވަޑައިގެންނެވިއެވެ. އަދި ރައްޔިތުން ބޭނުންވަނީ އުއްމީދުތަކުގައި ސަރުކާރުން ކުލަ ޖައްސާ ދިނުމަށް، ޒިންމާދާރު ކަމާއި ތެދުވެރިކަމާއި އެކީގައި މަޖިލީސް ތެރެއިން އެހީތެރިކަން ދެއްްވާނެ ބޭފުޅެއް ކަަމަށްވެސް ރައީސް ވިދާޅުވިއެވެ.

މި އިންތިހާބު މުހިންމު ވެގެން އަންނަނީ ތަރައްގީ އަށް ޔަގީން ކުރަން ބޭނުންވާތީ އާއި ގައުމުގެ މިނިވަންކަމާއި ރައްކާތެރިކަން ޔަގީން ކުރުމުގެ ބޭނުމުގައި ކަމަށް ރައީސް ވިދާޅުވިއެވެ. އަދި މި ގައުމުގެ ހަމަޖެހުން ގާއިމް ކުރުމަށް ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

"ބާކީ މި އޮތީ ދެ ތިން ދުވަސް، މިހާތަނަށް ތި ކުރި މަސައްކަތުގެ އިތުރުން، އިތުރު ހަރުފަތްތަކަކަށް އެންމެން އެކުވެރިކަމާއި އެކީގައި މަސައްކަތް ގެންގޮސްދެއްވާ، ގެންގޮސް މި މަސައްކަތް އަޅުގަނޑުމެންގެ މުސްތަގުބަލަށްޓަކައި، މިހާރަށްޓަކައި ނިންމާ ނިންމުމަކަށް މިކަން ކޮށްދެެއްވާ ތަރައްގީއާއި ހަމަޖެހުމާއި ރައްކާތެރިކަމަށް ދެއްވާ ވޯޓެއްގެ ގޮތުގައި އަޅުގަނޑުމެންގެ ކެންޑިޑޭޓުން ހޮވާ ދެއްވާށޭ،". ރައީސް ވިދާޅުވިއެވެ.

އަދި އެމަނިކުފާނު ދެއްވާ ޔަގީން ކަމަކީ މަޖިލީހުން އެެއްބާރުލުން ލިބޭ ކަމުގައިވަނަ، އެމަނިކުފާނު ވެވަޑައިގެންނެވި ހުރިހާ ވައުދެއް ފުރިހަމަ ކަމާއި އެކީގައި ނިންމަދޭނެ ކަމުގެ ޔަގީންކަމަށްވެސް ރައީސް ވިދާޅުވިއެެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. އެމްޑީޕީ އައުޓް

    އެމްޑީޕީ މެމްބަރުންނަކީ މާޖިލިސްތެރޭ މާރާމާރީ ހިންގާ، އެތާތެރޭ ގާނޫނުއަސާއީއަށް ފައިން އަރާ، އެ މަޖިލީހުގެ ހުރުމަތް ކެނޑޭނެ ހުރިހާކަމެއް ކޮށްފަވާ ބައެއް. އެމީހުން އެތަނުންނެރެ، ދިވެހީންގެ މަޖިލީހެއް ގާއިމްކުރަންވީ ވަގުތު އައިސް ޖެހިއްޖެ

    9
    6
    • ހަމްދު

      އެމްޑީޕީންވަނީ މުޅިގައުމު އެކޮއް ބަގުރޫޓް ކޮއްކާފަ އިބޫ ޒައާމަތުގަވަނީ އެނޫން މީހަކު ހުއްޓާ 15 ހުރި ޑޮލަރު 18 ބަދަލުވީ، 6 ގަ ހުރި ޖީއެސްޓީ 8 ކައް ބަދަލުވީ، 600 ދުވާލަކު ބޭރުގެ ވިފާރި ކުރެވުނު ޑެބިޓްކާޑް މަހަކައް 250 ބޭނުން ކުރެވޭ ގޮތްވީ، 18 ހުރި މަހުގެއަގު 16 އައްބަދަލުވީ، 50 ގަހުރި ދަރަނި 120 ބަދަލުވީ، މިހާރު 300 ގަހުރި ސިޔާސީ ވަޒީފާ 1200 ގަހުރީ. ރުފިޔާ ޖަހަމުން ލޯނުނަގަމުން ދިޔައީވެސް އެމްޑީޕީ ސަރުކާރުން

  2. ރައްޔިތުން

    އެމްޑީޕީ އަށް ވޯޓް ދެއްވައިގެން ނިމުނު 5އ ކަމެއް ކުރެވިފައި ނެތެވެ. މިފަހަރު ދޭނީ ޑރ މުއިއްޒު އަށެވެ.

    8
    7
    • ހނހ

      އަބަދު ވެސް އެމްޑީޕީއަކީ ދޮގު ފަތުރައިގެން ވެރިކަމައް އަންނަ ބައެއް. ޔާމީނު މީހުން މަރާ މީހެކޭ މިހިރިއްޔޭ ކިތާބީހެކި ޗައިނާ ލޯނުދަންތުރައިގަ ޖައްސަނިއްޔޭ މަސްވެރިންނައް ހަމައަގު ދޭނަމޭ އަދި ޑޮލަރުންނާ ޕައުންޑުން ޖީބުތައް ފުރާލަ ދޭނަމޭ ކިޔާފަ ދިނީ ކުޑައަގު ބޮޑުކުރީވެސް ރިޔާސީ އިންތިހާބުން ފުރަތަމަ ބުރުން ބަލިވީމަ އެރުފިޔާ ކޮޅުވެސް ދިނީ މިސަރުކާރުން

  3. ވަގުންގެ ރާއްޖެ

    ވަރަށް ދޮގު ގިނަވެއްޖެ
    ޕާކިން އިމާރާތުގެ މަސައްކަތެއް ނުފެނޭ
    ޓޯކްކޮށްގެން ދައުލަތަށް ފައިސާ ނަގަމުން ދޭ

  4. ހެޔޮއެދޭ

    އެމްޑީޕީއަށް ދޭ ކޮންމެ ވޯޓަކީ ތަރައްގީ ހުއްޓުވައި، ހަމަޖެހުން ނަގާލައި، ބޭރުުގެ އިސްތިއުމާރީ ގައުމުތަކުގެ އަަޅުވެތިކަމަށް ދެވޭ ވޯޓެއް. ރައްޔިތުންނޭ ވިސްނަވާ! ސަރުކާރަށް އެއްްބާރުލުން ދެއްވަވާ.