ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް، އދ. ގެ އާންމު މަޖިލިހުގެ ރައީސް ޑެނިސް ފްރެންސިސްއާ އިއްޔެ ބައްދަލު ކުރައްވައިފިއެވެ.

މި ބައްދަލު ކުރެއްވުން އޮތީ އެމެރިކާގެ ނިއުޔޯކްގައި ހުންނަ އދ. ގެ މައި އިދާރާގައެވެ.

ރާއްޖެ ފަދަ ކުދި ގައުމުތަކަށް ފައިނޭސިން ހޯދުމުގައި ލުއިތައް ހޯދައިދޭން ޖެހޭ: ފައިސަލް

ޓޫރިޒަމް މިނިސްޓަރު ފައިސަލް އެމެރިކާ އަށް ވަޑައިގެންނެވީ އދ. ގެ ބައެއް ބައްދަލުވުންތަކުގައި ރާއްޖެ ތަމްސީލް ކުރެއްވުމަށެވެ. ފައިސަލް ވަނީ އދ. ގެ ހައި ލެވެލް ތުމެޓިކް ޑިބޭޓް އޮން ޑެޓް ސަސްޓެއިނަބިލިޓީ އެންޑް ސޯޝިއޯ އިކޮނޮމިކް އީކުއަލިޓީ ފޯ އޯލްގައި ތަގްރީރު ކުރައްވައިފައެވެ.

އދ. ގެ އާންމު މަޖިލިހުގެ ރައީސް "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މި ބައްދަލުވުމުގައި މޫސުމަށް އަންނަ ބަދަލުތަކާއި ކަނޑުގެ ލޮނުގަނޑު އުފުލުން ފަދަ ކަންކަމަށް އިސްކަން ދިނުމާ ބެހޭ ގޮތުން ދެބޭފުޅުން މަޝްވަރާކުރެއްވި ކަމަށެވެ.

ޑެނިސް ވަނީ ޓޫރިޒަމާ ބެހޭ ގޮތުން މިއަދު ބާއްވާ ހައިލެވެލް ތީމެޓިކް އިވެންޓަށް ރާއްޖެއިން ދޭ އެއްބާރުލުމަށް ތައުރީފު ކުރައްވައިފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ހަންޑިކުޑަ

    ކަލޯގަޔާ! ލަދުން ބޯ ހަލާކުވެއްޖެ! ރާއްޖޭގެ އަގު ބޭރު ދުނިޔޭގައި ވެއްޓިއްޖެޔޯ އެ ރަށުތެރޭގައި އުލޭ ހަސަނާއި ދިމާވެގެން ބުނި! އަދި ބުނި ރާއްޖޭގައި ތިބި ރައްޔިތުންގެ ތަޢުލީމީ ފެންވަރު ބޭރު ދުނިޔޭގެ މީހުނަށް ރަގަލަށް އެނގިއްޖެޔޯ!

  2. އަހަންމަދު

    ބޮޑަށް ބެލެވެނީ ވަޒީރުގެ ސުޕީޗްގެ ފުރިހަމަ ކަމުންކަމަށް. ލަދުވެތި.

  3. އަލީ

    މިވަރުގެ ބޭފުޅަކަށް މިގައުމު ތަމްސީލްކުރަން މިފެންވަރުގެ ވަޒީފާއެއް މުއިއްޒުދެއްވުމަކީ ދިވެހިން ވަރަށް ނިކަމެތިކޮށްލިކަމެއް. ހުރިހާދިވެހިން ލަދުގަންނުވާލައިފި.