ވ. އާރަށް ކުއްޔަށް ދިނުމުގެ މުއާމަލާތާ ގުޅިގެން މަނީ ލޯންޑްރިން އާއި ރިޝްވަތު ގަބޫލު ކުރުމުގެ ކުށުގެ ދައުވާގައި ކުރީގެ ރައީސް، އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވާފައިވާ 11 އަހަރުގެ ޖަލު ހުކުމް މިރޭ ހައިކޯޓުން ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް ކްރިމަނަލް ކޯޓަށް ފޮނުވައިފިއެވެ.

މި ހުކުމް ބާތިލު ކުރުމަށްފަހު، ހައިކޯޓުން ވަނީ އެ މައްސަލަ އަލުން ބަލަން ކްރިމިނަލް ކޯޓަށް ފޮނުވާފައެވެ. މި ދެ ދައުވާގެ ތެރެއިން ހައިކޯޓުން އެންމެ ފުރަތަމަ ބާތިލުކޮށްފައިވަނީ ރިޝްވަތު ގަބޫލު ކުރުމުގެ ކުށުގެ ދައުވާގައި އެމަނިކުފާނުގެ މައްޗަށް އިއްވާފައިވާ 4 އަހަރުގެ ޖަލު ހުކުމެވެ. ދާދި ދެންމެއަކު މަނީލޯންޑްރިންގެ މައްސަލައިގައި އިއްވާފައިވާ 7 އަހަރުގެ ޖަލު ހުކުމް ބާތިލު ކުރުމާއި އެކީ އެމަނިކުފާނު މިހާރު ވަނީ މިނިވަން ވެފައެވެ.

ވ. އާރަށް މައްސަލާގައި ރިޝްވަތާއި މަނީ ލޯންޑްރިންގެ ކުށް ސާބިތުވެ، ޔާމީން 11 އަހަރުގެ ޖަލަށްލުމަށާއި ފަސް މިލިއަން ޑޮލަރުން ޖޫރިމަނާ ކުރަން ކްރިމިނަލް ކޯޓުން ހުކުމް ކުރީ ޑިސެމްބަރު 25، 2022ގަ އެވެ.

މިއަދު ހައިކޯޓުން އެމަނިކުފާނު މިނިވަން ކޮށްފައިވަނީ ޖަލު ހުކުމް ކުރިތާ 480 ދުވަސް ފަހުންނެވެ. އަދި އެމަނިކުފާނުގެ ފަރާތުން ހުށަހަޅާފައިވާ އިސްތިއުނާފުގެ މައްސަލައިގެ އަޑުއެހުންތައް ނިންމާލިތާ 149 ވަރަކަށް ދުވަސް ފަހުންކަން ފާހަގަ ކޮށްލެވެއެވެ.

ހައިކޯޓުގައި މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުން އެ ހުކުމް ބާތިލު ކުރުމަށް ހުކުމް ކޮށްފައިވާއިރު، ފަނޑިޔާރުން ވަނީ ޝަރީއަތުގެ ކުރިން ހުށަހަޅަން ޖެހޭ ހުށަހެޅުންތައް ހުށަހެޅުމަށް މިމައްސަލައިގައި ހިމެނޭ ހަސްމުންނަށް ފުރުސަތު ދެވިފައި ނުވަނީ ބޭއިންސާފުން ކަމަށްވާތީ އެފުރުސަތު ދިނުމަށް ވެސް ވަނީ ހުކުމް ކޮށްފައެވެ.

މީގެ އިތުރުން ވެސް ޖިނާއީ އިޖުރާއަތުގެ 351 ވަނަ މާއްދާގެ ދަށުން ދައުލަތުން ހާމަކުރި ހެކި، އަދި މި މާއްދާގެ ދަށުން މައްސަލަ ބެލި ފަނޑިޔާރު ބަލައިގަނެފައިވާ ހެކި، ބަލައިގަނެފައިވަނީ އިޖުރާތާއި ހިލާފަށްކުން އެ ހެކި އެއްފަރާތް ކުރަން އަދި އެމްއެމްޕީއާރުސީގެ ފައިސާއިން ކުރީގެ ނައިބު ރައީސް، އަހުމަދު އަދީބު ދިން ކަމަށް ބުނާ ފައިސާ އަކީ ކުށްކޮށްގެން ހޯދާފައިވާ ފައިސާއެއް ކަމަށް ޔާމީންގެ މައްޗަށް ޝައްކު ކުރެވޭ ފައިސާ ކަމަށް ކްރިމަނަލް ކޯޓުގެ ފަނޑިޔާރު ނިންމާފައިވާ ނިންމުން އެއްފަރާތް ކުރުމަށް ވެސް ވަނީ ހުކުމް ކޮށްފައެވެ.

އެ މައްސަލަ ހައި ކޯޓުން ބެއްލެވީ ފަނޑިޔާރު ހުޒައިފާ މުހައްމަދާއި ފަނޑިޔާރު ހަސަން ޝަފީއުގެ އިތުރުން ފަނޑިޔާރު މުހައްމަދު ސަލީމެވެ. ބެންޗުގެ ރިޔާސަތަކީ މުހައްމަދު ސަލީމެވެ.

ކިޔުންތެރިންގެ ހިޔާލު

19 ކޮމެންޓް

  1. ހައްގަށްނަސްރު

    އަލްހަމްދުލިއްﷲ ﷲއަކުބަރު

    43
    5
  2. ކޮއްޔާ

    ވަރަށް އުފާ // ހަމްދާއި ޝުކުރު ......

    36
    8
  3. Anonymous

    ،އަލްހަމްދުލިﷲ، ކުރިންވެސް ވިދާޅުވިގޮތަށް ފުރަތަމަދުވަހުވެސް ކުރެވެންއޮތްކަމެއް، މިހުރިހާ ޑެމޭޖެއް ނުވާނެ އޭރުން، މިހާރު ވަރަށް ހަޑިކޮށް ހުރިހާކަމެއްމިދިޔައީ،

    36
    36
  4. Anonymous

    އަޅުގަނޑުމެންގެ އުއްމީދަކީ ޑރ މުއިއްޒުގެ އިސްސަފުން ޔާމިނުވެސް ފެނިގެންދިޔުން

    70
    17
    • ދަތްނެތްކުއްޖާ

      މުޢީޒު ކުރެއްވި ކަމެއްނެތް! ޖުޑިޝަރީ އަކަށް އެއްވެސް މީހަކަށް އަތެއް ނުބޭނޭނެ! ޖުޑިޝަރީ އިން އެ ނިންމީ އިންސާފުކޮއް!

      23
      4
  5. ފާތު

    މަރުޙަބާ ރ.ޔާމީން

    44
    7
  6. ހނހ

    މިޔޮއް ހުރިހާ ދުވަހުކީ މުއީޒު ނުފޫޒު ފޯރުވައި ގެނޭ ކިޔާގެން އެމްޑީޕީއާ ގުޅިގެން ދޮގުހެދީ

    84
    13
  7. ރެފްރީ

    އެހެންވީމަ ވީހާވެސްއަވަހަކަށް މުއިއްޒު އިސްތިއުފާދީފަ ޔާމީނުވެސް ހިމެނޭހެން އިންތިޚާބުބާއްވަންވީ. މުއިއްޒު ވެރިކަމަށްއައީ ޔާމީނުގެ ފޮޓޯވިއްކައިގެން. އަދުރޭޖެހޭނީ ޔާމޯނުއޮތްގޮޅީގަ ބާއްވަން !!

    12
    37
  8. Anonymous

    ޔާމީނު އަގައިން ބުނި ތިމަން ގެއަށް ކަޅުފައިސާވަނޭ އެއީ ނުވަންނައެއްޗަކަށްވެ ހުދުކާފޫރަށްވީ ކައްޒާބުންތައް ބަރިބަިއަކަށް ދޮދުހަދައިގެން

    22
    11
  9. އެޑަމް

    މީތަ ތިބުނާ އިންސާފަކީ ކޮބާތަ ވާނުވާ ބަންދުގަ ތިބިމީހުން ވައްކަން ކުރާ މީހުންނައް ދެވޭ ހިއްވަރެތީ

    23
    5
  10. ދޯހަޅި

    ޚޮރަޕްޓް ޖުޑިސަރީއެކޭ އާއްމު ރައްޔިތު މީހާ ކިޔަނީ މިހެންވާތީ، ހައްޤު އޮތީ ޔާމީންގެ އެކަނި. ދެން ޖަލުގަ ތިބި މީހުންގެ ހައްޤެވީ ގާދޫކޮލުން ބޭރުގަ ތޯއްޗެ.

    22
    7
  11. އައްޔު

    ރައީސް ޔާމިން މިނިވަން ވުމުން އުފާކުރަން އެކަމަކު ޤައުމެއްގެ މެމްބަރުކަމާއި މިނިސްޓަރަ ކަމާއި އަދި ރައީސްކަންކޮށްފައިވާ ބޭފުޅަކަށް އިސްތިއުނާފު މަރުހަލާގައި ހައިކޯޓާއި ހަމަޔަށް ދެވުނީ 3 އަހަރުން ހިތަށް އަރާ އާއްމު ރައްޔިތުމީހާއަށް 10 އަހަރު ދުވަހުންވެސް ހައިކޯޓާއި ހަމައަށް ދެވޭނެބާއޭ؟ ރައީސް މުއިއްޒައް ގޮވާލަން އިސްތިއުނާފު މަރުހަލާ ޤާނޫނުން ކަނޑައެޅޭނެ އިންތިޒާމް ހަމަޖައްސަވައި ދެއްވުމަށް އަދި ކަފާލާތުގެ ދަށުން ދޫކުރުމުގެ އުސޫލު މިޤައުމުގައި ހަރުދަނާކުރުމަށް ގެއްލިގެން އެދިޔައީ 2 ރައްޔިތެއްގެ އުމުރުން 6 އަހަރު އަދި ގެއްލުމުގެ ބަދަލުދެވޭނެ ނިޒާމެއް، ޤާނޫނެއް، ޤަވައިދެއްނެތް މި ޤައުމުގައި 6 އަހަރު ދުވަހުގެ ބަދަލަކީ މިނިވަންވުންކަމުގައިވަނީވެފައި، މީ ރައީސް ޔާމީންވެގެން ނުވަތަ އަދީބުވެގެން ނުވަތަ ރައީސް ނަޝީދުވެގެން ދައްކާ ވާހަކައެއްނޫން މާދަމާ އަޅުގަނޑު ނުވަތަ ތިޔައިގެ ތެރެއިން އަޚަކަށް މިހެން ދިމާވިޔަސް މިވާހަކަ މިގޮތަށް ގޮވާނަން މީ އިސްލާހޭ ކިޔާ އެގޮވާ ގޮވެލިފައްޗަށް އަމުނަންޖެހޭ ބޮޅުތަކެއް މިކޮމެންޓް ކިޔާ އިއްޒަތުގެ ވެރިންނޭ މިބޮޅުތަށް ރައްޔިތުންނަށްޓަކާ އެބަޖެހޭ ޤާނޫނީ ތަސްބީހައަށް އަމުނަން އެހެން ނޫނީ އިންސާފަކީ ކަރުދާހުގައި ލިޔެފައިވާ ރައްޔިތުން ޤަބޫލުނުކުރާ އެއްޗަކަށްވެދާނެ.

    30
    2
  12. ކަޅު ހުއްތު

    ޖަލުން މިނިވަންވީމަ މިއަދުގެ ނޫސްވެރިންގެ ސުވާލުތަކައް ޖަވާބުދެމުން ރ.ޔާމިނު މިބުނަނީ މިސަރުކާރުގެ މައްސަލައަކީ އަދުރޭމެންކަހަލަ ތައުލީމެއްނެތް މީހުންނައް މިސަރުކާރުން ވަޒީފާދީފައޮތީ މަޔޯ މިސަރުކާރު ކަމުނުދަނީ. ކިހާތާހިރު! ބަލަ ރ.ޔާމިން މިނިވަންވޭތޯ މިދިޔަ 5އަހަރު އަބްދުއްރަހީމާ ހަމައެއްކަލަ ތައުލީމެއްނެތް ކުދިންކޮޅޭ މަގުމަތީ މުޒާހަރާގަ ދެގޮތެއްނުވެ ތިބީ. ކިތައްފަހަރު އެމީހުން ހައްޔަރުކުރި، ކިތައް އަނިޔާ ލިބުނު؟ އެނުވޭތަ އެއްޗަކައް؟ އެކަމު ވެރިކަން ލިބުނީމަ މަގާމު ދޭންވީ ހަމީދު އާއިލާއަށާ ފިނިކޮޓަރީގަ މިދިޔަދައުރުގަވެސް މޑޕ ސަރުކާރުން ބައިއަޅައިގެން ތިބިމީހުނައް، ނޫނީ މަލީހަށާ ޖަމީލައް، ނޫނީ ރ.ޔާމިން ބުނާމީހަކައް؟. ތިވަރުގެ އަމިއްލަ އެދުންބޮޑު މީހަކައް މަވާ ދެންސަލާން.

  13. އެސޮރު

    ސައްކެއްވެސް ނެތް މާދަމާ ހުށައަލާނެ ބަދަލުހޯދަން ، ބަދަލުގެ ގޮތުގައި މަދުވެގެން 10 މިލިޔަން ރުފިޔާ ނުވަތަ ޑޮލަރު ބަދަލުގެ ގޮތުގައި ހޯދާނެ ، އަނެއްކާ މީގަ މޮޅުތަންކޮޅަކީ އާދައިގެ މީހަކު 10 އަހަރުގެ ހުކުމެއް ގައި އޮވެ 9 އަހަރުވާ ފަހުން އިސްތިއުނާފައް މައްސަލަ ލާގެން އެ މައްސަލަ ބާތިލު ނުވަތަ ސާބިތު ނުވާކަމައް ހައިކޯޓުން ނިންމާ އެމީހާ ސަލާމަތްވިޔަސް ،އާދައިގެ މީހެއް ވީމަ ބަދަލު ހޯދަން އުޅެ އުޅެ އުމުރު ހުސްވަންދެން އުޅުނަސް ލޯ ބައިރުފިޔާ ގަނޑެއްހާ ހިސާބުވެސް ނުލިބޭނެ. މީހިގީގަތް. އަހަރެންގެ ބޮޑުބޭބެ، ކުޑަކުއްޖަކާ ބެހިގެންނޭ ކިޔާފަ ޖަލުގައި 7 އަހަރު ހޭދަ ކުރިފަހުން މައްސަލަ ނިމުނީ ސާބިތުނުވާ ކަމައް، އަހަރެންނައް އިނގޭނީ ބަދަލުހޯދަން އުޅުނުވަރު ، މިހާރު އެއްފަހުންވެސް 3 އަހަރުމިވީ، މިހާރު މުއައްސަސާތަކުުން ބުނަނީ ފޯމެއް ނެތޯ ބަދަލު ހޯދަންލާފައެއް، އެކަމަކު އަހަރެންގެ ދެއަތުން ލިޔެ ހުރިހާ ފޯމެއް ލާންޖެހޭ ތަންތަނައްލީ. މީ މިގައުމުގެ ހާލަތު. ޔާމީނު މިނިވަން ވީމަ އަހަރެންވެސް އުފާކުރަން.

  14. ދުވާ

    ރ ޔާމީން އަކީ ގައުމަށާވރައްޔިތުންނައް އިޚްލާސްތެރި އަބަދުވެސް ހެޔޮއދިބަޑައިގަންނަވާ ބޭފުޅެއް ކަމާމެދަކު ކުޑަވެސް
    ޝައްކެއްނެތް، އެމަނިކުފާން މިނިވަން ވެވަޑައިގެންނެވީތީ މާތްﷲއަށް ހަމްދުކުރަން.
    ނަމަވެސްް މިއަދުގެ ސިޔާސީ މަޝްރަހައް އަންނަމުން މިދާ ބަދަލްތަކާ މެދުވަރަށް ކަންބޮޑުވަން . މިތުރުން ހަތުރުންނައްވެ އެއްބައިވަންތަކަމާ އަޚްވަންތަ ކަން ގެއްލި އެކިގޮތްގޮތުން ގައުމު
    ގަ ބައިބައިވުމައް ފުރުސަތުފަހިވަމުން ދާދިއުމައް އަވަސް ފަރުވާއެއް ލިބުން އެއީ ނުހަނު ބޭނުންތެރި ކަމެއް. އިއްޔެ ރ ޔާމީންބއަށް އެހާ ހެޔޮއެދިވަޑައިގެން ތިއްބެވި ބޭފުޅުން ދެްއްކެވީ
    އެންމެ ރީތިމިސާލެއް ނޫންވިޔަތީ ރައްޔިތެއްގެ ހައިސިއްޔަތުން ވަރަށް ހިތާމަކުރަން. . އެކަމަކުވެސް އެދޭއެންމެ ބޮޑުއެދުމަކީ
    މާޒީވެދިޔަދުވަސް ދޫކޮށް މައާފްކޮށް ރައްޔިތުންނައް މިސާލުދައްކަވާދެްްމުގެ ގާބިލްކަން ހުރިތިޔަބޭފުން އެކަން ކުރެއްވުން. ގަުމައް ރައްޔިތުންނައް ހެޔޮއެދިވަޑައިގަތުމުގެ އަސްލު މިސާލަކީ އެއިނޫންތޯ؟

  15. އަހްމަދު

    އިންސާފުންބޭރުން މިފަދައަނިޔާވެރި ހުކުމްކުރާ ގާޒީންނާމެދު ފިޔަވަޅުއެޅި އެފަދަ ހުކުމެއްގެސަބަބުން އަނެކާޔައް ލިބޭގެއްލުމުގެބަދަލު ނަގައިދެވޭ ގޮތައް ގާނޫނައް ބަދަލުގެއްނައް އެބަޖެހޭ އެއްވެސްރައްޔިތަކަށް މިފަދައަނިޔާއެއްލިބިގެންނުވާނެ

  16. ރައްދު

    ޔަގީންވާ ކަމަކީ ޔާމީން މިނިވަންވީ ރ ޑރ މުޢިއްޒަށް
    ވެރިކަން ލިބިވަޑައިގަތުމުންކަމެވެ މޑޕ ވެރިކަމުގައި އޮތް ނަމަ ޔާމީން މިނިވަން ނުކުރާނެކަމާދު އެއްވެސް ސައްކެއް
    ނެތެވެ އަޑު ހަރުކޮށް، ޖޭ އެސް ސީ އަށް މައްސަލަ ވައްދާނެ ކަމަށްބުނެ ޔާމީންނަށް މަދަދު ވެރިވާކަން ދައްކަން
    އުޅުނަސް ޔާމީން ޖަލަށްލައި އަނިޔާކުރީ ސީދާ މޑޕ އެވެ.

  17. ފާލިމް

    މި ދިވެހި ޤައުމަކީ އިސްލާމީ ޤައުމަކަށް ވާއިރު މިޤައުމުގައި ހިންގާ ނިންމާ ޝަރީޢަތްތަކަކީ ރައްޔިތުންގެ ހިތްތަކުގައި އިތުބާރު ލިބެންޖެހޭ ޝަރީޢަތްތަކަށް ވާން ޖެހޭ.
    މިދިވެހިރާއްޖޭގެ އެންމެ މަތީ ވެރިކަމަށް އަންނަ މީހުން މިލިއަނުން ބިލިއަނުން ރައްޔިތުންގެ ނުވަތަ ދިވެހި ދައުލަތުގެ ފައިސާ އަށް ޚިޔާނާތްތެރިވެ ދިވެހި ދައުލަތް ލޫޓްވާލާފަ ދިޔައިމަ އެއިން ފައިސާ ފޮއްޗެއް ރައްޔިތުންގެ ޚަޒާނާއަށް ލާން ނުޖެހި އަނެއްކާވެސް ވެރިކަމާ ތޮޅެން ނުވަތަ ވެރިކަމަށް އައުމަށް މަސައްކަތް ކުރުމަށް މިނިވަން ކަމާއެކު ޤައުމުގައި އުޅެވޭ ގޮތް ވާނަމަ މިޤައުމުގައި މިހާރު ދިރިއުޅޭ ރައްޔިތުންނާއި އަންނާން އޮތް ޖީލުގެ ރައްޔިތުންގެ ޙާލަކީ ކޮބައިތޯ؟
    ޔާމީންގެ ވެރިކަމުގައި ހިންގި މަޝްހޫރު ބިލިއަންރުފިޔާގެ އެމް.އެމް.ޕީ.އާރު.ސީގެ ބޮޑު ޚިޔާނާތުގެ ފައިސާގެ މަސްއަލަވެސް ކްރިމިނަލް ކޯޓާއި ހައިކޯޓުން ޔާމީންގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ޙުކުމް ކޮށްފައި ވަނިކޮށް ސްޕްރީމް ކޯޓުން ޔާމީންގެ މައްޗަށް ކުށް ސާބިތު ނުވާކަމަށް ޙުކުމް ކުރުމުން ޔާމީން ހުދު ފޮތި ކޮޅަކަށް ބަދަލުވި. މިދެންނެވި ބިލިއަން ރުފިޔާގެ އެމް.އެމް.ޕީ.އާރު.ސީގެ ޚިޔާނާތުގެ ފައިސާގެ ތެރެއިން ދައުލަތުގެ ޚަޒާނާއަށް މިއަދާއި ހަމައަށް ލިބުނު އެއްވެސް އެއްޗެއް ނެތް. މިޤައުމުގެ ވެރިކަމަށް އަންނަ ވެރިން ވެރިކަން ނިންމަނީ ޤައުމު ލޫޓްވާލައިގެން ކަމަށްވާނަމަ ޤައުމެއްގެ ގޮތުގައި މިދިވެހި ޤައުމު އޮވެދާނެ ކަމާއިމެދު ސުވާލު އުފެދޭ.

  18. އަރުމާން

    މިޤައުމުގެ ޝަރުޢީ ކޯޓްތައް ކަމަށްވާ ކްރިމިނަލް ކޯޓް؛
    ހައިކޯޓް؛ ސްޕްރީމް ކޯޓް މި 03 ކޯޓުގައި ތިބީވެސް ކިޔަވައިގެން ތިބި ތަޢުލީމާއި ތަމްރީނާއި ހުނަރު ލިބިފައިވާ ޤާޟީން. އެހެންކަމަށްވީއިރު މީހެއްގެ މައްޗަށް ވައްކަން ނުވަތަ ކޮރޮޕްޝަންގެ މަސްއަލައެއް ކްރުމިނަލް ކޯޓަށާއި ހައިކޯޓަށް ހުށަހަޅައިގެން އެތައް ހެކިތަކަކާއި އެތައް ޤަރީނާތަކެއްގެ މައްޗަށް އެތައް ވަކާލާތެއް ކޮށް އެތައް ދުވަހެއް ވަންދެން ޝަރީޢަތް ކުރުމަށްފަހު ރައީސް ޔާމީންގެ މައްޗަށް ވިއަސް ނުވަތަ އެހެން މީހެއްގެ މައްޗަށް ވިއަސް
    މިދެންނެވި ކްރިމިނަލް ކޯޓާއި ހައިކޯޓުން( 02 ކޯޓުން ) މަސްއަލަ ޝަރީޢަތަށް ސާބިތުވާ ކަމަށް ޙުކުމް ކޮށްފިނަމަ އޭގެ ފަހުން؛ އެޙުކުމެއް ރައްދުވީ ކޮންމެ ގިންތިއެއްގެ ކޮންމެ ފެންވަރެއްގެ މީހެއް ކަމަށް ވިއަސް އެމީހަކީ އެކުށް ނުކުރާ ސާފު މީހެއްގެ ގޮތުގައި ރައްޔިތުންނަށް ބަލައިނުގަނެވޭނެ. އެމީހެއްގެ މައްޗަށް ދެން އިތުބާރެއް ނުކުރެވޭނެ.