މުސްލިމުންނާ ދެކޮޅަށް ނުޙައްޤުންނާއި ނާއިންސާފުން އެތައް އަނިޔާތަކެއް ދީފައިވާ މިޔަންމާގެ ލީޑަރުންނާ ދެކޮޅަށް "ވަނދު" ކޮށް ފިޔަވަޅު އަޅަން އުޅުނުއިރރު، އެފަދަ އެއްވެސް ނުރައްކާތެރި އަދި ލާއިންސާނީ ކަމެއް ނުހިނގާ، ދިވެހިރާއްޖޭގެ ލީޑަރުންނާއި އެނޫންވެސް ފަރާތްތަކާ ދެކޮޅަށް ފިޔަވަޅު އަޅަން، ވިލާތު އިއްތިޙާދު ނުވަތަ ޔޫރަޕިއަން ޔޫނިއަން (އީޔޫ) މަސައްކަތް ކުރުމަކީ އެއްގޮތަކަށްވެސް ބަލައިގަނެވޭ އަދި ހަމަޖެހޭ އުސޫލެއް ނޫންކަމަށް، ޔޫރަޕުގެ ޕާލަމެންޓުގައި އިނގިރޭސިވިލާތް ތަމްސީލު ކުރައްވާ އަމްޖަދު ބަޝީރު ވިދާޅުވެއްޖެއެވެ.

އަމްޖަދު ބަޝީރު ލިޔުއްވާފައިވާ ގޮތުގައި، ދެ ޤައުމުގެ ޙާލަތު ވަރަށް ތަފާތެވެ. އެހެންނަމަވެސް، ޤައުމުތަކާމެދު ފިޔަވަޅު އެޅުމުގައި އީޔޫ އިން ޢަމަލު ކުރަމުންދަނީ ސުވާލު އުފެދޭ ގޮތަކަށެވެ.

އޭނާ ލިޔުއްވާފައިވާ ގޮތުން، ފާއިތުވި އަހަރެއްހާ ދުވަހުގެ ތެރޭގައި މިޔަންމާގެ ރަށްވެހިކަމުން މަހުރޫމުކޮށްފައިވާ، ރަޚައިން ސްޓޭޓަށް ނިސްބަތްވާ ރޮހިންޖާ ދަރިކޮޅުގެ، މިލިއަނެއްހާ މީހުންވަނީ ޖެހިގެން އޮތް ބަންގްލަދޭޝް އަށް ރެފިއުޖީންގެ ގޮތުގައި ހިޖުރަކޮށްފައެވެ. ބުޑިސްޓުންނާއި މިޔަންމާ ސިފައިންގެ އަނިޔާވެރި ޢަމަލުތަކަށް ކެތް ނުކުރެވިގެން އެފަރާތްތައް ހިޖުރަކޮށްފައިވާއިރު، މިޔަންމާގެ އެއ ޢަމަލުތަކަކީ، ނަސްލެއް ނައްތާލަން ކޮށްފައިވާ ކަންކަމަށް ވިދާޅުވެފައިވެއެވެ. އަދި، މުސްލިމުންނަށް ދީފައިވާ ގެއްލުންތައް ފެންނަ އެތައް ސެޓެލައިޓު ފޮޓޯތަކެއްވެސް އާއްމުވެފައިވާކަން، އަމްޖަދު ހާމަކުރައްވާފައިވެއެވެ.

ޙާލުގައި ޖެހިފއިވާ ރޮހިންޖާ ދަރިކޮޅުގެ މީހުން

މިޔަންމާގެ ލީޑަރުންނާ ދެކޮޅަށް، ގަތުލުއާންމެއް ހިންގިކަމުގެ ދައުވާކުރަން ޖެހޭނެކަން، އދ. އިން ފާހަގަކޮށްފައިވާކަމަށްވެސް ލިޔުމުގައިވެއެވެ. އެހެންނަމަވެސް، މިކަންކަމާ ގުޅިގެން، އީޔޫ "ހިރިފައިވަނީ" މަޑުމަޑުންކަން ފާހަގަކޮށްފައިވެއެވެ. އަދި، މިކަންކަމަށް އިޖާބަދީ، އީޔޫ އިން ފިޔަވަޅު އަޅާފައިވާލެއް ލަސްކަމުން، އެތައް ބައެއްގެ ފާޑު ކިޔުން އަމާޒުވެފައިވާކަމަށާއި މިކަމަށް އީޔޫގެ އިސް ފަރާތްތަކުން ސަމާލުކަން ނުދޭ ވާހަކަ ބުނަން އުނދަގޫކަމަށްވެސް ލިޔުމުގައިވެއެވެ.

އީޔޫ އިން، އެތައް އެތައް ވަގުތެއް ލަސްކޮށް، ފަރުވާ ކުޑަކަމާއެކު މިޔަންމާ ލީޑަރުންނާ ދެކޮޅަށް ފިޔަވަޅު އެޅީ މި އަހަރުގެ ޖޫން މަހުގައެވެ.

ރޮހިންޖާ މުސްލިމުން

ރާއްޖޭގެ ވާހަކަ އަމްޖަދު ގެނެސްފައިވަނީ މި ހިސާބުންނެވެ. އިހުގެ ސައްޔާހުންހެން، މިއީ ދުނިޔޭގެ މުޙިއްމު ސަރަޙައްދެއްގައި އޮންނަ، ބައިނަލްއަޤުވާމީ ކަނޑުދަތުރުފަތުރަށް މުޙިއްމު ރަށްތަކެއްކަމަށް އޭނާވެސް ސިފަކުރައްވާފައިވެއެވެ.

އަމްޖަދު އިތުރަށް ވިދާޅުވެފައިވަނީ، ރާއްޖެ އޮތީ ރިޔާސީ އިންތިޚާބެއްގެ ކަންތައްގަނޑެއްގެ ތެރޭގައިކަމަށާއި، އެޤައުމުގެ ސަރުކާރަށް ފަހުން ފަހުން އައިސް ފާޑު ކިޔުން އަމާޒުވެފައިވާކަމުގައެވެ. އެހެންނަމަވެސް، މިކަންކަމަކީ، މިޔަންމާގައި ކޮށްފައިވާ ކަންކަމަށް އަޅާ ޖައްސާލެވޭހާވެސް ކަންކަން ނޫންކަން ފާހަގަކޮށްފައިވެއެވެ. އަދި، މި ދެ ޙާލަތު އެއްގޮތް ކުރުމަކީ ނާއިންސާފެއްކަމަށްވެސް ލިޔުއްވާފައިވެއެވެ.

އެހެންނަމަވެސް، ރާއްޖެއާ ދެކޮޅަށް ފިޔަވަޅު އަޅަން ތެޅިފޮޅިގަނެގެން އުޅޭކަން، އަމްޖަދު ފާހަގަކުރައްވާފައިވެއެވެ. އަދި، މިކަން ނުކޮށް ފައި ކުރު ނުކުރަން އުޅޭކަމަށް ލިޔިއްވާފައިވާއިރު، ރާއްޖޭގެ 40 ފަރުދަކާ ދެކޮޅަށް ފިޔަވަޅު އަޅަން ނިންމިކަމަށް، އަމްޖަދުވެސް ވިދާޅުވެފައިވެއެވެ. އަދި، އެކަންކަން ކުރަން ފްރޭމްވޯކުތައްވެސް އެކުލަވާލިކަން ހާމަކުރެއްވިއެވެ.

މިޔަންމާ އަށް ނުދޭ ސަމާލުކަން ރާއްޖެއަށް ދޭކަމަށް އަމްޖަދު ލިޔުއްވާފައިވާއިރު، މިއީ އިންތިޚާބާ ދިމާކޮށް، އިދިކޮޅު ފަރާތްތަކުން ފައިދާ ނަގަން ދައްކާ ވާހަކައަކަށްވެފައިވާކަމަށްވެސް އަމްޖަދު ވިދާޅުވެފައިވެއެވެ.

އަމްޖަދު ބަޝީރު

ހަމައެހެންމެ، ރާއްޖޭގެ ބައެއް ވިޔަފާރިވެރިންނަށް ފިޔަވަޅު އެޅުމަކީވެސް ބަލައިގަނެވޭނެ ކަމެއް ނޫންކަމަށް ވިދާޅުވެފައިވެއެވެ. އެގޮތުން، އެފަރާތްތަކަކީ ކުށެއް ކުރިކަން ސާބިތުނުވާ ފަރާތްތަކެއްކަމަށާއި އެއީ، ކުޑަކުޑަ ޤައުމެއްގެ އިޤުތިޞާދު ނަގާ ކޮޅަށް ޖެހުމުގައި އިސް ދައުރެއް އަދާކުރި ފަރާތްތަކެއްކަން ވިދާޅުވެފައިވެއެވެ.

އަމްޖަދު އިތުރަށް ވިދާޅުވެފައިވަނީ އީޔޫ އިން ނަގާ ފިޔަވަޅުތަކާމެދު އިތުރަށް ސަމާލުވާން ޖެހޭނެކަމުގައެވެ. އެއީ، އެޤައުމުގެ ރައްޔިތުންނާއި އެޤައުމަށް ޒިޔާރަތްކުރާ ފަރާތްތަކުގެ އިތުރުން، ހުޅަނގާއި އިންޑިޔާ އަދި ޗައިނާގެ މެދުގައިވެސް ކަންތައްތަކެއް ހިނގުމުގެ މެދުވެރިއަކަށްވެދާނެކަމަށެވެ.

އޭނާ އިތުރަށް ވިދާޅުވެފައިވަނީ އިންތިޚާބީ ދުވަސްވަރު މި ވާހަކަތައް ދެއްކުން ރަނގަޅު ނޫންކަމުގައެވެ. އަދި، އިންތިޚާބު ރަނގަޅަށް ބަލާ، މޮނީޓާކުރަން ޖެހޭކަމަށްވެސް ވިދާޅުވެފައިވެއެވެ. އަދި، ދުނިޔޭގެ އެންމެ މުޖުރިމު ޤައުމުތަކަށް އަޅާފަދަ ފިޔަވަޅުތައް އެޅުމުގެ ވާހަކަތައް ދެއްކުންވެސް ރަނގަޅު ނޫންކަމަށް ވިދާޅުވެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ރައްޔިތު

    އަލްޙަމްދު ލިﷲ

  2. ދިވެހިރަތްލޭ

    އީޔޫ އިން ދިވެހިގައުމުގެއިސްވެރިންނާމެދުފިޔަވަޅު އަޅަންހިތްވަރުދިނީ މިގައުމައް ގައްދާރު ވެމިގައުމުހަލާކުކޮށް ސުންނާފަތިކުރުމުގެ ވިސްނުމުގާ އަވަދިނެތިއުޅޭ ޚާއިނުން. އެއީހަމަތިބެފަ އީޔޫފަޔައްހިނިއަރައިގެން ކުރަންބޭނުންވިކަމެއްނޫން . އެހެނަސް އެނުބައިނުލަފާ ޚާއިނުން ރާވމުންދާ ނުބައިނުލަފާރޭވުމުގެ ހިތިމިއަދުގެދިވެހި މައިންބަފައިންގެދަރިން މާދަމާދެކެން ނުޖެހިނުދާނޭކަން ޝައްކެއްނެތް. މިއަދުގެކޮންމެމަންމައެއް އަދިބައްޕައަކު މާދަމާގެމިގައުމުގެ މުސްތަގްބަލް ކަމުގާއިވާއަޅުގަންޑުމެންގެދަރީން ބޮޑުހަލާކެއްގެތެރެއަށްނެރެ އެއްލާލަން އަތުކުރިއޮޅާލާ އެނުބައިނުލަފާ ޚާއިނުންނައް ވާގިވެރިވެފަ މާދަމަ އެދަރީން ،ފަލސްތީން އާއިސީރިޔަފަދަ ގައުމުތަކުގެ އެއްވެސްކުށެއްނެތްޅަދަރީން ފަދައިން ރޮމުން އާދޭސްކުރަމުން މިގައުމުގެ މަގުތަކުގާ އެދަރީންތިބޭދުވަހެއް އައިސްފިނަމަ އެދަރީން ދުވަހަކުވެސް މި މައިންބަފައިންނައް މައާފްެއްނުކުރާނެކަންޔަގީން. މުޅިދުނީޔޭގެމުސްލިމުންނާ ދެކޮޅުހަރަކާތްތަކައްވާގިދީ މަދުފައިސާކޮޅެއްގެ ދަހިވެތިކަމުގާ ވިކިހުސްވަނީ އަޣީދާބަލިކަށި ހަމަމުސްލިމުން.
    ޢިލާހީމިބިން ކުރައްވާށިއަމާން މިއަޅާގެއުފަން ދިވެހީންގެމިބިން
    ތިބާހަޒްރަތުން އޮހޭމަދަދުން ފިލާނުމެދާ ދިވެހީންގެމިބިން.
    އިންޝާﷲ. އަޅަމެންގެ މާދަމާ އިނބަކަލާންގެ ތަނަވަސްރަހްމަތުގައިލައްވާށި. އާމީން

  3. ބުއްޅަބޭ

    އީޔޫއިން ފިޔަވަޅެއް އަޅައިފިއްޔާމު، ޗައިނާއަށް ބަރޯސާވާލެއްބޮޑުވާނެ، އަދި އިންޑިޔާއާ މާބޮޑަށްވެސް ފެއަށްޖެހޭނެ! އިންތިޚާބަށް ނުފޫޒު ފޯރުވުމުގެ ގޮތުން އިންޑިޔާ އަށިގަ އޮވެގެން ކުޅޭ ގޭމަށް ޔާމީނު ނުސިހޭނެ!

  4. އެޑަމް

    މިޔަންމާއަށް ފިޔަވަޅު ނާޅާ ލަސްކުރުމަކީ ރާއްޖެއަށް ފިޔަވަޅު އެޅުން ލަސްކުރަންޖެހޭ ސަބަބެއް ނޫން. ބައެއް ފަހަރު ބޮޑަށް ގޯސްވެފަ އޮންނަތަނެއް އިސްލާޙުކުރުމަށްވުރެ އެހާލަތަށް ނުގޮސް ހުންނަ ތަންތަން އެހާލަތަށް ދިޔުމުގެ ކުރިން އިސްލާޙުކުރުން ބުއްދިވެރި....

  5. ޜައްޔިތުން

    ޓައިމް ބޮމެއް

  6. نصرالله

    جزاءك الله جيرا
    މުސްލިމަކަށްވީތީ އެބޭފުޅާއަށް އެކުރި އަސަރު ނިކަން ދެކިބަލާށެވެ. އެއީ މިގައުމުގެ ރައްޔިތެއްވެސް ނޫނެވެ.
    އެކަމަކު މިގައުމަށް އުފަން މިގައުމުގެރައްޔިތުންގެ ތެރެއިން ބޔަކު އެފަދަ ނިކަމެތިކަމެއް މިގައުމަށް ކުރިމަތި ކުރުވަން އެކުރާ މަދައްކަތް ފެނުމުން ހިތްހަލާކުވާ ވަރުވެއެވެ.
    އަޅުގަނގުމެން އެބަޔަކަށް އެއްމެ ޅޯބިވާ ޝެއިޚުންނޭވެ!
    ތިޔަބޭފުޅުން ތިޔަ ގެންނަވަން އުޅުއްވާ ބަދަލުގެ ބަދަލުގައި މުޅިޢުމުރު ޖަލުގައި ހޭދަކުރުންވެސް އަޅުގަނޑުގެ ނސޒަރުގައި މާރަގަޅުވާނެއެވެ.
    އެއީ އިހަކައްދުވަހު ތިޔަބޭފުޅުން އެބަޔެއްގެ އަތްމަތިން މިގައުމު ސަލާމަތްނުވެވިގެން ރޮއި ދުޢާ ކުރި މީހުންނެވެ.
    އަޅުގަނޑުގެ އަޚު އިމްރާންއެވެ. 2008 ވަނަ އަހަރުގެ ަަިަިަިަިަިައިންތިޚާބު ނިމުނުރޭ މަނިކުފާނު ދެއްކެވި ވާހަކަފުޅު ނިކަން ހަދުމަފުޅު ކޮއްލައްވާށެވެ.
    އެރޭ މަނިކުފާނު ގޮތްހުސްވެ ހިތާމައިގައި ﷲއަށް މުނާޖާ ދެންނެވީ ޔާމީނު އަށް ވެރިކަން ނުލިބިއްޖެނަމަ ދެންވެދާނެގޮތުގެ ބިރުންނޫންތޯއެވެ.
    ﷲ ދެއްވި އެނަޞްރު އެއީ މިއަދު ބަދުނަޞީބުކަމުގައި ތިޔަ ވިދާޅުވަނީއެވެ. އެދުވަހު މަނިކުފާނު އެކުރެއްވީ ބާޠިލް ދުޢާފުޅެއްކަމުގައިވެފައި މިއަދު ތިޔަކުރައްވަނީ ޙައްގު ދުޢާކަމުގައި ވީތޯއެވެ.
    މަނިކުފާނު ޖަލުގައި އޮތުމުން ވަރަށް ހިތްދައްޗެވެ. އެކީގައި ސައިކަލް ދުއްވީދުވަސްތަކުގެމަތިން ވަރައް ހަދާންވެއެވެ. މަނިކުފާނުދެކެ ވަރަށް ލޯބިވަމެވެ. އެއީﷲ އަށްޓަކައެވެ. ނަމަވެސް މިފަހަރ ﷲއަށްޓަކައި އަޅުގަނޑު ވޯޓުދޭނީ ޔާމީނަށެވެ.
    ވޭތުވެ ދިޔަ ދެ ރިޔާސީ އިންތިޚާބުގައިވެސް ވޯޓުދިނީ ﷲއަށްޓަކައި ތިޔަޯބިވާ ޝެއިޚުން ގެ ބަސްފުޅުގަބޫލުކޮށްގެނެވެ. ނަމަވެސް މިފަހަރު އަޅުގަނޑުގެ އަމިއްލައަށް ވިސްނާވިސްނާ މިނޫންގޮތެއް ނުވިސްނުނެވެ.
    ތިޔަ އެއްމެބޭފުޅުންދެކެ ވަރައްލޯބިވަމެވެ. އެކަމަކު މިގައުމުގެލޯބި އެއަށްވުރެން މާބޮޑެވެ.

  7. މާމުޓާ

    އެމްޑީޕީ އަށް ހަލާކުހުރި އެމްޑީޕީ އަކީ ލާދީނީ ގައދާރު ބޮކެއް.

  8. އަބްދުއްލާ

    އެހެންދޯ ވާނީ މިޔަންމާގަ އަނިޔާ ލިބެނީ މުސްލިމުންނަށް ހިމާޔަތް ކޮށްދޭނެ ބަޔަކުނެތް. އީޔޫ މީހުންގެ ދީނަށް ރާއްޖޭގަ ރަސްމީކޮށް އުޅެންބޭނުންވެގެން އުޅޭބަޔަކު އެމީހުންގާތަށް ގޮސް ބުނީމަ އަވަސް ފިޔަވަޅުންނަމަވެސް އެކަން ވޭތޯ ބަލާނެ އެއްނު.