އެމްޑީޕީގެ ރައީސް އަދި ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުގެ ބައްޕާފުޅު މޫސާ ޖަމީލް މިއަދު އަވަހާރަވެއްޖެއެވެ.

ޝާހިދު "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އޭނާގެ ބައްޕާފުޅު އަވަހާރަވީ މިއަދު ހެނދުނުގެ ވަގުތެއްގައި ކަމަށެވެ. ޝާހިދުގެ ބައްޕާފުޅު އާލާސްކަންފުޅާ އުޅުއްވާތާ މިހާރު ދުވަސްކޮޅެއްވެއްޖެއެވެ. އަދި ގަވައިދުން އޭޑީކޭ ހޮސްޕިޓަލުން ފަރުވާ ވެސް ހޯއްދަވަމުން ގެންދެވިއެވެ.

ޝާހިދުގެ ބައްޕާފުޅު އަވަހާރަވުމާ ގުޅިގެން ރައީސް، ޑރ. މުހައްމަދު މުއިއްޒު ވަނީ ތައުޒިޔާ ވިދާޅުވެފައެވެ.

ޖަމީލް އަވަހާރަވިއިރު، އަނބިކަނބަލުން މައުމޫނާ ވަޖީހުގެ ކައިވެންޏަށް ފަސް ބޭފުޅުން ލިބިވަޑައިގަތެވެ. އެއީ ޝާހިދުގެ އިތުރުން އެންމެ ދޮއްޓަށް ހުންނެވި މުހައްމަދު ޝާހިދާއި އަހުމަދު ޝާހިދެވެ. އެންމެ ހަގަށް ލިބިވަޑައިގަތީ ފާތުމަތު ޝާހިދާ އާއި އާމިނަތު ޝާހިދާއެވެ.

މި ބޭފުޅުންގެ ތެރެއިން ދުނިޔޭގައި ތިއްބެވީ އަބްދުﷲ ޝާހިދާއި މުހައްމަދު ޝާހިދާއި އަހުމަދު ޝާހިދެވެ. ވ. އަތޮޅު ކެޔޮދޫއަށް ކުރި ދަތުރުގެއްގެ ތެރޭގައި މޫދަށް ގެނބިގެން 1980 ވަނަ އަހަރު ފާތުމަތު ޝާހިދާއި އައިމިނަތު ޝާހިދު ވަނީ ދުނިޔެ ދޫކުރައްވައިފައެވެ.

ކުރީގެ އުއްތަމަފަނޑިޔާރު، އަދި މަޝްހޫރު އަދީބު ޝައިޚު މުހައްމަދު ޖަމީލް ދީދީ އަކީ، ޝެއިޚް މޫސާ ޖަމީލްގެ އެއްބަނޑު އެއްބަފާ ބޭބެ އެވެ. ޝައިޚު ޖަމީލު ދީދީ ފަނޑިޔާރު މަނިކުފާނަކަށް ހުންނެވިއިރު، މޫސާ ޖަމީލު ވެސް ފަނޑިޔާރުކަން ކުރެއްވި އެވެ. ނަމަވެސް، ހަޔާތުގެ ބޮޑުބައި ހޭދަކުރެއްވީ މީހުންނަށް އުނގަންނައި ދެއްވުމުގައެވެ.

މޫސާ ޖަމީލުގެ ކަށުނަމާދު އޮންނާނީ މިއަދު ހަވީރު، އަސުރު ނަމާދަށް ފަހު އިސްލާމީ މަރުކަޒުގައެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. އަޙުމަދު

    إنا لله وإنا إليه راحعون
    އަލްމަރުހޫމް މޫސާޖަމީލް ސުވަރުގޭގެ މަތިވެރި ނިޢުމަތް މިންވަރުކުރައްވާށި. އާމީން.
    * މި ހުތޫރަތްތެރި ވަގުތު ކޮޅުގައި ވެސް ޝާހިދުގެ ބައްޕާ ފުޅާ ގުޅޭ ގޮތުން އެކްސް ގައި ރައްޔިތުންނަށް އޮޅުވާލަން މަސައްކަތް ކުރިކަން ހިތާމަ ކުރަން ޝާހިދުގެ ބައްޕާ ފުޅަކީ ޝައިޚެއް ނޫން ( ދީނީ ޢިލްމުވެރިއެއް ނޫން ) އިސްލާމިކް މިނިސްޓްރީގެ ދަފްތަރުގައި ދުވަހަކުވެސް ހިމެނިފައިނުވޭ.
    *** ޝާހިދުގެ ބައްޕާފުޅުގެ އަޚުލާގުން ޒައްރެއްގެ މިންވަރުވެސް ޝާހިދުގެ ކިބައިގާ ހުރިކަމަށް ގަބޫލު ކުރާނެ މީހަކު މި ގައުމުގައި ނެތޭ ބުނެވިދާނެ.

    13
    3
    • ޛުލީނާ

      ކަލެއަށް ތިޔަހުރީ މާބޮޑަށް އެނގިފައި.

      5
      2
  2. އބްދި

    އިންނާ ލިﷲ ވައިންނާ އިލައެހި ރާޖިއޫން

    13
    0
  3. ފާއިޒު

    إنّاللّه وإنّااليه راجعون
    އަލްމަރުހޫމް މޫސާޖަމީލް ސުވަރުގޭގެ މަތިވެރި ނިޢުމަތް މިންވަރުކުރައްވާށި.
    ވަކިވެގެން ތި ދިޔައީ އަޅުގަނޑުމެންގެ ބައްޕަގެ ހެޔޮލަފާ ރަޙްމަތްތެރިއެއް.

  4. ފާއިޒު

    إنّاللّه وإنّااليه راجعون
    އަލްމަރުހޫމް މޫސާޖަމީލް ސުވަރުގޭގެ މަތިވެރި ނިޢުމަތް މިންވަރުކުރައްވާށި.
    ވަކިވެގެން ތި ދިޔައީ އަޅުގަނޑުމެންގެ ބައްޕަގެ ހެޔޮލަފާ ރަޙްމަތްތެރިއެއް.

  5. ކަނީސާ

    نا لله وإنا إليه راحعون
    އަލްމަރުހޫމް މޫސާޖަމީލް ސުވަރުގޭގެ މަތިވެރި ނިޢުމަތް މިންވަރުކުރައްވާށި. އާމީން.

  6. ވަޙީދުބެ

    މައްޔިތާގެ ފާފަ ފުއްަސަވައި ސުވަރުގޭގެ މަތިވެރި ނިޢުމަތް މިންވަރުކުރައްވާށި. ޢާއިލާއަށް ކެތްތެރިކަން ދެއްވާށި. އާމީން.