މިފްކޯގެ ޗީފް އެގްޒެކެޓިވް އޮފިސަރު (ސީއީއޯ) އަހްމަދު ސަމާހު ރަޝީދުގެ ސަސްޕެންޝަން އުވާލައިފިއެވެ.

މިފްކޯއިން ބުނީ އެ ކުންފުނީގެ ސީއީއޯގެ ސަސްޕެންޝަން އުވާލާފައިވަނީ އިއްޔެ ކަމަށާއި، ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން އެކަން އިއްޔެ ލިޔުމުން އަންގަވާފައިވާ ކަމަށެވެ.

ސަމާހު ސަސްޕެންޑު ކުރުމުން ކުންފުނީގެ މަސައްކަތްތައް ދުވަހުން ދުވަހަށް ހިންގުމަށް އުފެއްދި ވަގުތީ ކޮމިޓީ ވެސް މިހާރު އުވާލާފައިވާ ކަމަށް މިފްކޯއިން ބުންޏެވެ.

މިފްކޯގެ ހިންގުމާ ގުޅޭ އެންމެހާ ކަންކަން މިފްކޯ ބޯޑުގެ އިރުޝާދާއެކު ކުރިއަށް ގެންދިއުމަށް ޕީސީބީން ސީއީއޯއަށް އިރުޝާދު ދެއްވާފައިވާ ކަމަށްވެސް މިފްކޯއިން ވަނީ ބުނެފައެވެ.

ޕީސީބީއަށް ހުށަހެޅި މައްސަލައަކާއި ގުޅިގެން ސަމާހު ސަސްޕެންޑު ކުރީ މާޗު މަހުގެ 18 ވަނަ ދުވަހުއެވެ.

މިފްކޯގެ އެމްޑީއާ ގުޅޭގޮތުން ހުށަހެޅި މައްސަލައިގެ ތަފްސީލު ޕީސީބީން ހާމަކޮށްފައި ނުވާއިރު، އެކުންފުންޏާ ގުޅޭ ގޮތުން ބަލަމުން އަންނަ މައްސަލަތަކުގެ ތެރޭގައި ކުންފުނީގެ މުދަލާއި ވަސީލަތްތައް އަމިއްލަ ބޭނުމުގަ އާއި ސިޔާސީ ބޭނުންތަކަށް ބޭނުން ކުރުމާއި ކުންފުނީގެ ދާއިމީ މުވައްޒަފުން ނުހައްގުން ވަޒީފާގެ މަސްއޫލިއްޔަތުން ދުރުކުރުމާއި ވަޒީފާގެ ބިރު ދެއްކުމާއި ދާއިމީ މަގާމުތަކުގައި ތިބި މުވައްޒަފުން ވަޒީފާއާ ބެހޭ ގާނޫނާ ހިލާފަށް ސަބަބެއް ނެތި މަގާމާއި މުސާރަ ދަށްކުރުން އަދި އެހެން ޑިޕާޓްމަންޓްތަކާއި ރަށްތަކަށް ބަދަލުކުރުން ހިމެނެއެވެ.

ކުންފުނީގެ މުވައްޒަފުން ނެގުމާއި ގުޅޭގޮތުން ހަދާފައިވާ ޕޮލިސީތަކާއި މުސާރައިގެ އޮނިގަނޑާއި ހިލާފަށް ސީއީއޯގެ އާއިލީ ގުޅުން ހުރި ފަރާތްތަކަށް ރައްޓެހިންނަށް ބަޖެޓުގައި ހިމަނާފައިނެތް ނަމަވެސް ވަޒީފާ ދިނުމާއި ގަވަނަންސް އުސޫލުތަކާ ހިލާފަށް ހެޑް ހަންޓްކުރުމުގެ ނަމުގައި، ގަވާއިދާ ހިލާފަށް، އާންމުކޮށް އިއުލާނުކުރުމަކާ ނުލައި މީހުން ވަޒީފާއަށް ނެގުމާއި ޕީސީބީގެ ހުއްދަ ހޯދުމަކާ ނުލާ ކުންފުނީގެ މަގާމުތައް އުފައްދައި އެ މަގާމުތަކަށް މީހުން ލުމާއި އެކަށީގެންވާ ތައުލިމާއި ތަޖުރިބާ ނެތް މީހުން އުސޫލުން ބޭރުން ޑިޕާޓްމަންޓުތަކުގެ ވެރިންނަށް ލުމުގެ މައްސަލަތައް ވެސް ބަލާފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. Anonymous

    މައްސަލަ ނިމުނީ އޯރ މައްސަލަ އޮބުނީ.

    1
    2
  2. 65

    ސަޅި އެސޮރު ހަމަ ހުދުފޮޕތި

    1
    2
  3. ޖަހަންގީރު

    ޑރ. މުއިއްޒަށް ޖެއްސުންކުރަން އެމަނިކުފާނު މިފްކޯއަށް އަށްޔަން ކުރައްވާފައިވާ އެމް. ޑީ ސަސްބެންޑްކުރީ އެމް.ޑީ. ޕީގެ ނުފޫޒް އޮތް ފީސީބީ ބޯޑުން . ރައްޔިތުންގެ މަޖިލިހުގެ އިންތިހާބަށްފަހު ތިޔަބުނާ ބޯޑަކަށް ރަނގަޅު އެއްޗެއް މިހާރު އިންނާނީ ވިސްނިފަ ކުޅެން އުޅޭހޭ ކުޅިއެއް ދެނެއް ނުކުޅެވޭނެ ސައިޒްގަތިބެވޭތޯބަލާ މީ އެމް. ޑީ. ޕީގެ ވެރިކަމެއްނޫން.

    • ނަނަނަ

      ނޫނީ އެންސިސްގެ ވެރިކަމެއްބާ؟