ދުނިޔޭގެ އިންޓަލެކްޗުއަލް ޕްރޮޕަޓީ (އައިޕީ) ދުވަސް ފާހަގަކުރުމަށް އިކޮނަމިކް މިނިސްޓްރީއިން ފޯރަމެއް ބާއްވައިފިއެވެ.

އިކޮނަމިކް މިނިސްޓްރީއިން "އެކްސް"ގައި ކުރި ޕޯސްޓެގައި ބުނެފައިވަނީ ދުނިޔޭގެ އައިޕީ ދުވަސް ފާހަގަކުރުމަށް އޮންލައިން ފޯރަމެއް ކުރިއަށް ގެންދިޔަ ކަމަށެވެ. އެ ފޯރަމްގައި ގިނަ އަދަދެއްގެ ފަރާތްތަކުން ބައިވެރިކަމަށާއި އެކަމާ މެދު ވަރަށް އުފާކުރާ ކަމަށް މިނިސްޓްރީއިން ބުނެފައިވެއެވެ.

މިނިސްޓްރީން ވަނީ އެ ފޯރަމްގައި ބައިވެރިވެ ހިޔާލުތައް ބަދަލުކުރި ފަރާތްތަކަށް ޝަކުރު އަދާކޮށްފައެވެ. އަދި އެ ފޯރަމްގެ ސަބަބުން އެކި އިންޑަސްޑްރީތައް ކުރިއެރުމަށް ފުރުސަތު ލިބިގެންދާނެ ކަމަށް މިނިސްޓްރީއިން ބުނެފައިވެެއެވެ.

ދުނިޔޭގެ އައިޕީ ދުވަސް ފާހަގަކުރަނީ ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތައް ހާސިލުކުރުމަށް މުހިންމު އާ އުފެއްދުންތަކާއި އުފެއްދުންތެރި ހައްލުތައް ގެނައުމުގައި އިލްމު ބޭނުންކުރުމުގެ މުހިންމު ކަމަށް އަލިއަޅުވާލުމަށްޓަކައެވެ.