ހއ.ފިއްލަދޫން ފުރައިގެން ކުޅުދުއްފުށި ސިޓީއަށް ދަތުރުކުރަމުން ދަނިކޮށް އިންޖީނު ހުއްޓުނު ދޯންޏަކަށް އެމްއެންޑީއެފުން އެހީތެރިކަން ފޯރުކޮށްދީފިއެވެ.

އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް، ކޯސްޓްގާޑް ފަސްޓް ސްކޮޑްރައިން އެހީތެރިކަން ފޯރުކޮށްދިފައިވަނީ "އޮއިވާލި" ނަމަކަށް ކިޔާ ދޯންޏަކަށެވެ.

އެމްއެންޑީއެފުން ވިދާޅުވީ، އެމްއެންޑީއެފް ކޯސްޓްގާޑް މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރު (އެމްއާރުސީސީ) އަށް އެ ދޯނީގެ އިންޖީނު ހއ. އަލިދޫގެ އިރުން 1 ނޯޓިކަލް މޭލު ބޭރުން ހުއްޓުނު ކަމުގެ ރިޕޯޓް ލިބިފައިވަނީ މިއަދު ހަވީރު 17:07 ހާއިރު ކަމަށެވެ.

މިހާދިސާގެ ރިޕޯޓް ލިބުމާއެކު އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް، ކޯސްޓްގާޑު ފަސްޓް ސްކޮޑްރަންގެ ހާބަރ ކްރާފްޓް ލޯންޗް އެ ސަރަހައްދަށް ގޮސް އެ ދޯނީގައި ތިބި ހަތް މީހަކު މިރޭ 18:40 ހާއިރު ކުޅުދުއްފުށި ސިޓީއަށް ގެންގޮސްދީފައިވާ ކަމަށް އެމްއެންޑީއެފުން ވަނީ ވިދާޅުވެފައެވެ.

އެމްއެންޑީއެފުން ވިދާޅުވީ، މި ހާދިސާގައި ދޯނިން ދަތުރުކުރި އެންމެންގެ ހާލު ވެސް ރަނގަޅު ކަމަށާއި ދޯނީގެ ވެރިފަރާތުން ހަމަޖެއްސި އުޅަނދެއްގެ އެހީގައި މިހާރު އެ ދޯނި ކުޅުދުއްފުށީ ބަނދަރަށް ވައްދާފައިވާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ޓފފފ

    އެއީ އެމީހުންގެ މަަސައްކަތެއް ނޫންތަ؟

    1
    1
  2. ޙެހެހ

    ޢެވަރުންވެސް އެބަލަނީ ސްނެޕެއް ނަގާލެވޭތޯ ! މީ ދިވެހިންގެ ހާލަތު

    1
    1
    • ޗަކޮއެ

      ތިބޭފުޅާއަށް ކިހިނެތްތޯ އިނގުނީ ސުނެޕެއްކަން އެނަގަނީ؟
      ތިމާއަށް ހާލަތު ނޭންގޭހާލު، ކަންކަން ވަހުމް ނުވާހާލު، ތިޔަ ގޮތް ނިންމީ ތޯއެވެ؟
      މިވެސް ދިވެހީންގެ ހާލު ނޫންތޯ؟