ރާއްޖޭގައި ވޯޓުލުމުގެ ހައްގުލިބޭ ފަރާތްތަކުން، ވޯޓުލާން ޝައުގުވެރިނުވާ ސަބަބު ދެނެގަތުމަށް އިލްމީ ދިރާސާއެއް ކުރަންޖެހޭ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއްޖެއެވެ.

ޕީއެސްއެމްގެ "ރާއްޖެ މިއަދު" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން އީސީގެ މެންބަރު ހަސަން ޒަކަރިއްޔާ ވިދާޅުވީ، ވޯޓުލާން ޝައުގުވެރިނުވާ ސަބަބުތައް ދެނެގަތުމަށް ޢިލްމީ ދިރާސާއެއް ކުރަން ޖެހޭ ކަމަށާއި ސިޔާސީ ޕާޓީތަކުންވެސް ރައްޔިތުން ވޯޓުލުމަށް ޝައުގުވެރިކުރުވުމަށް ކުރެވޭނެ ކަންކަން ދެނެގަންނަން މަސައްކަތް ކުރަން ޖެހޭ ކަމަށެވެ.

މިމަހުގެ 21 ވަނަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވޯޓުލި މީހުން މީގެ ކުރީގެ އިންތިހާބުތަކާ އަޅާ ބަލާއިރު މަދުކަމަށް ޒަކަރިއްޔާ ފާހަގަކުރެއްވިއެވެ.

އެގޮތުން 18 އަހަރު ފުރިގެން އަލަށް ވޯޓްލުމުގެ ހައްގު ލިބޭ ގިނަ ޒުވާނުން ވޯޓުލުމަށް ޝައުގުވެރިކަން ނުހުންނަކަން ފާހަގަކުރެވޭ ކަމަށާއި، މިކަމަށް ޤައުމީ ފެންވަރުގައި ހައްލެއް ބޭނުންވާ ކަމަށް ޒަކަރިއްޔާ ވިދާޅުވިއެވެ.

"އަޅުގަނޑުމެންނާ ވާހަކަދެކެވުނު ވަރަށް ގިނަ ކުދިން މިބުނަނީ ތިމަންނަމެން ބޭނުމެއް ނޫނޭ ދާކަށް. ބައިވެރިވާކަށް ބޭނުން ނޫނޭ. ތިމަންނަމެން ބައިވެރިވުމާއި ނުވުމާ ތިމަންނަމެންނަ ނޯ ޑިފަރެންސޭ،" ޒަކަރިއްޔާ ވިދާޅުވިއެވެ.

20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވޯޓުލުމުގެ ހައްގުލިބިފައިވާ މީހުންގެ %75 މީހުން ވަނީ ވޯޓުލާފައެވެ. މި އިންތިޚާބުގައި ވޯޓުލެވޭ މީހުންގެ ޖުމްލަ އަދަދަކީ 284،663 މީހުންނެވެ. އޭގެ ތެރެއިން 207،693 މީހަކު މި އިންތިހާބުގައި ވޯޓުލާފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

13 ކޮމެންޓް

  1. ޑިމޮކުރަސީ

    ޥޯޓުލާން ބޭނުންމީހަކު ކުރިމަތިލާފަ ނެތީމަ، އަދި މެންބަރަކު ހޮވުނަަސް ނުހޮވުނަަަސް ރައިތުން ނަށް ހުރި ކުރިއެރުމެއްނެތް

    27
  2. ޒައިދު

    ްުއިސްލާމީ ޝަރީއަތް ނޫން އެއްޗެއް ނެތް ޑިމޮކްރސީ ހަރާމް

    28
    2
  3. ޢަލީ

    އަބަދު އެކައްޗެއް ވަންޏާ ދޯ!

  4. ހަރާމް

    ރައްޔިތުން މިހާރު މާ ދީނީ ގޮތުން ހޭލުންތެރި.

  5. އަސްލަމް

    ރައްޔިތުންގެ މަންދޫބުން ރަށްޔިތުންނަށް ދައްކާ އަހުލާގީ ދަށް މަންޒަރުތަކާއި، މާރާމާރީއާއި، ބޮޑެތި ކުށްތަކުގެ ތުހުމަތުކުރެވޭހިނދު އަދަބެއްނުލިބުންފަދަ ކަންކަމުން ރަށްޔިތުން މާޔޫސްވެފައިވާތީ..

  6. ކޮވިޑް

    ކޮންދިރާސާ އެއް ކުރާކަށް . ރައްޔަތުން ސިޔާސީ ކަންކަން މަތިން ފޫހިވީ.

    • މަންހެ

      ކަންތައްތަކެއް ކޮއްދޭން ބުނެ އަންނަނީ އެކަމަކު ދަރިންނާއި ބަފައިންނަށް ބަލާނުލެވޭ މިމީހުންގެ ލައިވް އެއް އެހާވެސް އަގަހުތުރު ޓީވީތަކުން ދައްކާއިރު 18+ ޖަހަންޖެހޭ. ނޫނީ ޖަލްސާތައް ބާއްވަންވީ ދަންވަރު ދަރިން ނިދީމާ . ކުރިމަތިލާ މީހުންގެ އުޅުމެއް ނެތީމަ ވޯޓްލާން މީހުންދިއުންމަދީ ކޮލިފކޭސަނެއް އޮންނަންޖެހޭ ދައްވެގެން ގްރޭޑް 10ނިންމާފަ . ވޮޗަރަކަށް ކުރިމަތި ލިގަސް އޯލެވެލް ހަދާފަ ހުންނަން ސަރުތު ކުރޭ.

  7. މޫސާ

    ރައްޔިތުން ވޯޓުލާންބޭނުންނުވާ އެއްސަބަބަކީ، ސިޔާސީޕާޓީތަށްމާގިނަވުން
    ވީމާ ދެޕާޓީއެއް ބާއްވާފާ އެހެންހުރިހާ
    ޕާޓީތަށްއުވާލާ
    ބާއްވާދެޕާޓީއަކީ،ވެރިކަންކުރާޕާޓީއާއި، ވެރިކަންކުރަނީ ރައްޔިތުންއެދޭގޮތައްތޯ
    ބަލަންއޮށްނަޕާޓީ

  8. ްިްިއިމްރާން

    ޑިމޮކްރަސީ ކުފުުރުގެ ނިޒާމެއް ވީމަ މީސްތަކުން ބޭނުމެއްނުވެ ކުފުރާޝިރުކު ކުރާހާލު މަރުވެގެންދާން. ހަމައެކަނި ދީނަކީ އިސްލާމް ދީން. އިލާހަކީ ﷲ ސުބުހާނަހޫވަތަޢަލާ އިތުރު އިލާހުންތަކެއް ހޮވައިން ގާނޫނުތަކެއް ހެދުމެއްނެތް

  9. ޙެހެހ

    ރައްޔިތުން ޝައުޤުވެރިނުވަނީ ،
    # ގިނަ ރައްޔިތުންނަކީ ޕާޓީ ނިޒާމަށް ދެކޮޅުބަޔަކަށް ވާތީ
    # ރައްޔިތުންގެ މަސްލަހަތައްވުރެ ޕާޓީގެ ނުފޫޒު ބޮޑުވެފައި އޮތުން
    # ރައްޔިތުން ވޯޓުލާން ހުށަހެޅިފަ ތިބީ ޕާޓީތަކުގެ އަޅުންނަށް ކަމަށް ވާތީ
    # އިންތިޚާބުތައް ސިފަވެފައި އޮންނަނީ ޓޯނަމެންޓެއްގޮތުގައި ، މޮޅުވާބަޔަކަށް ތަށި ލިބޭގޮތަށް ސިފަވެފައި އޮންނަނީ ، ރައްޔިތުންނަށް ހެވެއް އެދޭ ގޮތަކަށް ނޫން ސިފަވެފަ އޮންނަނީ

  10. އިސްޢާފް ސަލީމް

    ވޯޓުލައިގެން ހޮވާމީހާ ވޯޓުނ ހޮވުމުގެކުރިން ވަރަށް ގަތްގުޅުމެއް އޮވޭ! ކޮފީވެސް ފެޅެންދެން ދޭ! ފޯނުވެސް ފުރަތަމަ ރިންގާއެކު ނަގައި ވާހަކަދައްކާ! ފޯނުކުރަންވެސް ކުރޭ! ދެން ވޯޓުލައިގެން ހޮވީމާ ގެއްލޭ! ނުވެސް ގުޅާ ، ގުޅިމާ ފޯނުވެސް ނުނަގާ! ދިމާވެގެން ގޮވައިލީމާ ނިތް އެއްލާފަ ހީލާ! މަޑެއް ނުކުރޭ! މަޑުކޮށްލައްވާށޭ ބުނެ އެއްޗެއް ބުނީމާ ބުނަނީ ބިޒީ އޭ! ދެން ހަމަ އަޅާވެސްނުލާ ދޭ! ދެން ކިހިނެއް މީހުން މިކަމަށް ޝަވްޤު ހުންނާނީ؟

  11. ލަޠީފް

    ޙަޤީޤީ ސަބަބު ވަރަށް ސާފު. އިސްލާމްދީންގައި ޙަރާމްކުރައްވާފައިވާ ރިޝްވަތުގެ ސުންޕާކަން ވޯޓު ދިނުމުގެ ތެރެއަށް ވަދެފަވާތީ އެކަމުގެ ނުރުހުން މި ފެންނަނީ. މިއަދު ވޯޓު ހޯދޭނީ ރިޝްވަތު ދީ ނާޖާއިއިޒު ކަންކަންކޮށްގެން ކަމަށް ދެކި އެކަން ކުރާތީ ހެޔޮލަފާ މީސްތަކުންގެ ހިތްތަކަށް އެކަމުގެ ބިރު ވަދެ އެކަމާ ދުރަށްދާން ބޭނުންވަނީ. ފައިސާކޮޅަކަށް ވޯޓު ވިއްކާވިއްކުން ހުއްޓުނު ދުވަހަކުން މީހުން ވޯޓުލާންވެސް ނުކުންނާނެ.

  12. ވާނުވާ

    އެއް ފަހަރަކުނޫން އަބަދުވެސް އޮޅުވާލުމާއި ދޮގު، މަކަރާއި ހީލަތް ސިޔާސީ މުނާފިގުން ޖަހާބެރަށް އެންމެނަކު ނުނަށާނެ