ކުޅުދުއްފުށީގައި ދިރިއުޅެމުން އަންނަ ޒުވާނުންގެ ދަފްތަރެއް އެކުލަވާލުމުގެ މަސައްކަތް ފަށައިފިއެވެ.

އާބާދީގައި 10،000 އަށްވުރެ ގިނަ މީހުން ދިރިއުޅެމުން އަންނަ ކުޅުދުއްފުށި ސިޓީ ކައުންސިލުން ބުނީ، އެ މަސައްކަތް ކުރުމަށް ނިންމާފައިވަނީ މޯލްޑިވްސް ޕޮލިޓެކްނިކް އާއި ގުޅިގެން ކަމަށެވެ. މީގެ ބޭނުމަކީ ޒުވާނުންގެ ތެރެއިން ވަޒިފާތަކުގައި ދިރިއުޅޭ ފަރާތްތައް ދެނެގަތުމާއި އަދި އެއްވެސް ވަޒީފާއެއް އަދާނުކުރާ ފަރާތްތައް ދެނެގަތުމުގެ އިތުރުން އެ ފަރާތްތަކަށް އެކަށީގެންވާ ތަމްރީނު ދިނުމާއި ވަޒީފާގެ ފުރުސަތު ހޯދައި ދިނުމަށް ކަމަށެވެ.

ސިޓީ ކައުންސިލުން ވަނީ އެ މައުލޫމާތު ދިނުމަށްޓަކައި އުމުރުން 18 އަހަރާއި 45 އަހަރާއި ދެމެދުގެ އެންމެހާ ބޭފުޅުން ފޯމެއް ފުރުއްވުމަށް އެދިފައެވެ.

މިކަމާއި ގުޅޭ އިތުރު މައުލޫމާތު 9146484 ނަންބަރުން ލިބޭނެ ކަމަށް ކައުންސިލުން ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު