ފޮނަދޫ ދާއިރާގެ ގޮނޑި ކާމިޔާބު ކުރެއްވި އިންތިޚާބީ މެމްބަރު އަދި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިސް މުޝީރު އަބްދުއްރަހީމް އަބްދުﷲ ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަޤާމަށް ވަޑައިގަންނަވާނެ ކަމުގެ އިޝާރާތެެއް ދެއްވައިފިއެވެ.

އިންތިހާބުގައި ލިބުނު ކާމިޔާބީ ފާހަގަކުރަން ފޮނަދޫގައި ރޭ ބޭއްވި ރަސްމިއްޔާތުގައި އަބްދުއްރަހީމް ވިދާޅުވީ ލަހެއް ނުވެ ހައްދުންމަތީގެ ތާރީހު ބަދަލުވެގެންދާނެ ކަމަށެވެ.

"އިރާދަކުރެއްވިއްޔާ އަދި މިއަށްވުރެ މާއުފާވެރި ރެއެއް އަޅުގަނޑުމެންނާ ބައްދަލުކުރާނެ. އެ ވާހަކައިގެ ތަފުސީލަކަށް އަޅުގަނޑު ނުދާނަން. އެކަމަކުވެސް އިރާދަކުރެއްވިއްޔާ މާލަހެއް ނުވެ އަނެއްކާވެސް ހައްދުންމަތީގެ ތާރީހު ބަދަލުވެގެންދާނެ ކަމުގެ އުފާވެރި ހަބަރުދެމުން އަޅުގަނޑުގެ ވާހަކަ ނިންމާލާނީ،" އަބްދުއްރަހީމް ވިދާޅުވިއެވެ.

އަބްދުއްރަހީމް "މާލަހެއް ނުވެ އަނެއްކާ ވެސް ހައްދުންމަތީގެ ތާރީހު ބަދަލުވެގެންދާނެ" މިފަދައިން ބުނުމުން އެނގިގެން ދަނީ އޭނާ މަޖިލީހުގެ ރައީސް ކަމަށް ކުރިމަތިލާނެ ކަމެވެ. އެއީ ޕީއެންސީގެ ސުޕަ މެޖޯރިޓީ އޮތް މަޖިލީހެއްގައި އޭނާއަށް މަޖިލީހުގެ ރައީސް ކަމަށް އަންނަން ފަސޭހަވާނެތީއެވެ.

އަބްދުއްރަހީމް ވިދާޅުވީ ފުރަތަމަ ފަހަރަށް ކެބިނެޓަށް ހައްދުންމަތީގެ ދެ ބޭފުޅުން އައްޔަންކުރުމާއެކު އެ އަތޮޅުގެ ސިޔާސީ ތާރީހު ބަދަލުވެފައިވާ ކަމަށެވެ. ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގު އާއި ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް ނިސްބަތްވެވަޑައިގަންނަވަނީ ފޮނަދޫއަށެވެ. އަބްދުއްރަހީމް ވިދާޅުވި ގޮތުގައި އެ ދެ ވަޒީރުންނަކީ މި ސަރުކާރުގެ އެންމެ ބާރުގަދަ ވަޒީރުންނަށްވާއިރު މި ސަރުކާރު ދެމެހެއްޓުމުގައި ފޮނަދޫ ރައްޔިތުންނަށްވުރެ ވަކިން ގަދަ އަޅާ މަސައްކަތް ކުރަން ޖެހޭ ބަޔަކު ނެތެވެ.

އަބްދުއްރަހީމް ވިދާޅުވި ގޮތުގައި ރައީސް ޑރ. މުއިއްޒުގެ ފުރަތަމަ ފަސް އަހަރު ނިމިގެންދާއިރު ހައްދުންމަތި އޮންނާނީ ތަރައްގީގެ އެންމެ އުހުގައެވެ. އަދި ދިވެހީންގެ ރާއްޖެ ބިނާކުރުމަށް ކުރައްވަމުން ގެންދަވާ މަސައްކަތުގައި ލ. އަތޮޅުގެ ރައްޔިތުން ތިބޭނީ ފިސާރި ސާބިތުކަމާއެކު ކަމަށް އަދުރޭ ވަނީ ވިދާޅުވެފައެވެ. މިދާއިރާގެ ގޮނޑިއަކީ ސަރުކާރަށް އަދި ދާއިރާގެ ތަރައްގީގެ މުސްތަގުބަލަށް ވަރަށް މުހިންމު ގޮނޑިއެއް ކަމަށް އަބްދުއްރަހީމް ދެކެވަޑައިގަންނަވައެވެ.

އަބްދުއްރަހީމަކީ ރަައީސްގެ މުޝީރެއްގެ ގޮތުގައި އައްޔަން ކުރެއްވުމުގެ ކުރިން ވެރިކަން ބަދަލުވުމުގެ މަރުހަލާގައި ޑިރެކްޓަރ ޖެނެރަލް އޮފް ޓަރާންސިޝަންގެ މަގާމުގައި ހުންނެވި ބޭފުޅާއެވެ. އަދި ޕީޕީއެމް/ޕީއެންސީގެ ހަރަކާތްތައް ކުރިއަށް ގެންދިއުމުގައި އިސްކޮށް އުޅުއްވީވެސް އަބްދުއްރަހީމްއެވެ.

މީގެއުތުރުން އަބްދުއްރަހީމް އަކީ ޕީއެންސީގެ ޗެއާޕާސަންކަމުގެ މަގާމުވެސް ފުރުއްވަމުން އަންނަ ބޭފުޅެކެވެ.

ކިޔުންތެރިންގެ ހިޔާލު

18 ކޮމެންޓް

  1. ވަހީދް

    ތިކަމަށްއެންމެރަގަޅީ ޖަގިޔާނާޒިމް

  2. އެމީހާ

    ޤައުމުތަކުގެ ވެރިންނައް ޖާހިލުވެރިން އިސްވުމަކާ ފަހުޒަމާނުގެ ޢަލާމާތެކޭ މީހުން ބުނާތީ އަހަމެވެ

  3. ޢަލީ

    ތިފޯރީގައި އިޚްލާޞްތެރިވާތި އަދުރޭގެ!

  4. މާލެ ނޫންގޮތެއް

    ރައީސް މުއިއްޒު މިކަމާ ފުންކޮން ވިސްނަވާތި. އަދުރޭއަށް މަޖިލިސް ރަޢިސްކަން ލިބިއްޖެޔާ މުއިއްޒުގެ ވެރިކަމަށް ބުރޫއަރަންފަށާނެ ކަމަށް ފެނޭ.

  5. ފުތީނާ

    އަދުރޭ ކަމަކުނުދޭ. މުޅިތަން ޖަގަޑާކޮށްލާނެ

  6. ބުއްދިވެރި ކުއްޖާ

    ބާރުއޮތަސް މަޖިލީހުގެ ރައީސަކަށް ލާންޖެހޭނީ ތައުލީމީ ގާބިލުމީހަކު. ކޮންޓްރޯލް ނުވެގެން ދާއިރަށް އަނގައަށް އައިހާއެއްޗެއް ކިޔާ ލަދެއްހަޔާތެއްނެތްމީހުން ދައުލަތުގެ ދެވަނަބާރުގެ ވެެރިއަކަށް އަދި ނައިބަކަށްވެސް ލައިގެން ނުވާނެ. ޕާޓީއަށް ރައްޔަތުން ސުޕަމެޖޯރިޓީ ދިނީ ސަކަރާތް ޖަހާކަށްނޫން. ޒިންމާދާރު ކަމާއިއެކު މިގައުމަށް ފައިދާއާއި ލާބަ ލިބޭނެ މަސައްކަތެއް ކުރުމަށް ވޯޓްދިނީ.

  7. ޤަސަމް

    މަޖިލިސް ނާއިބު ރައީސަކަށް ޓޮމް ރަނގަޅުވާނެކަމަށް ދެކެން.

  8. އަޙުމަދު

    ޖަންގަލީގެ ރަސްގެފާނު ސިންގާ ގެ މައްޗަށް ބަލިކަށި ރާމާ މަކުނު ވެރިކަން ކުރާ ދުވަސް ފެނިދާނެ ކަމަށް އެކަކުވެސް ގަބޫލު ކުރާނެބާ؟

  9. ހަސަނުގެ ދަރި ލަތީފް

    މަމެން މަޖްލިސް މެޖޯރިޓީ ދިނީ އަދުރޭ ކަހަލަ މީހުން ރައީސްކަމަށް ލާކަށް ނޫން މުއިއްޒު ފަޅީގެ މީހުން މަޖްލިސް ރައީސް ހޮވާއިރު އެކަމަށް ޤާބިލް މީހަކު ހޮވުމަށްް ދަންނަވަން

  10. ހަނީ

    މައަޖިލީސް ރައިސްކަން ލިބުނީމާ ރަޖެން ބެރަށް ާގޮސާ ދަރިފުލު އިގިރޭސިން ވަހަކަ ދަކާ ގޮތަށް ވަހަކަނުދަކަޗޭ ދިވެހި ބަހުން ދައްކާށެވެ އެގޮތޭ އެންމެ ރަގަލުވާނީއަދުރޭއަށް

  11. ބަބޫ

    އަދުރޭ މިޖިލީސްގެ ރައީސް ކަމަށް ގެނައުމަކީ ހަމަ އެމްޑީޕީއިން އަންނި ރައީސް ކަމަށް ގެނައުން ކަހަލަ ކަމެއް. މުޅި ތަން ފަނިއަރުވާނެ

  12. އަލޮމް މިއާ

    ހާޒިރުވެ ތިބި މެމްބަރުންގެ އަދަދު 84
    ސަލާމުގައި ތިބި މެމްބަރުންގެ އަދަދު 3
    ރަސްމީ ދަތުރުފުޅެއްގައި ތިބި މެމްބަރުންގެ އަދަދު 1

    އެހެންވީމަ މި ގުނަކޮށްލީމަ ވާނީ ދެލައްކަ

  13. ހަސަނުގެ ދަރި ލަތީފް

    ޢަދުރޭ ރައީސަކަށް ހޮވާކަށް ނޫންް މަމެން ސަރުކާރަށް ވޯޓުދިނީކީ ޤާބިލް މީހުން އެބަ ތިބި އެއިން މީހަކު ހޮވާނީ. އަޑު ގަދަ މީހާއެއް ނޫން ހޮވަންވީ ކުފޫ ހަމަވާ މީހުން.

  14. ހުސޭނުބޭ

    އަދުރޭ ހިސާބު ޓިއުޝަންދޭނެ އިޝާރާތެއް ނުވޭތަ؟

  15. މީހާ

    ނައިބު ރައީސަކަށް އަންނަނީ ރައީސްގެ ކޮއްކޮ ސައުދާ އޭ ބުނާތީ އަޑު އިވޭ

  16. ދީދީ

    ޕީޕީއެމް ޕީއެންސީ އަކީ އަޅުގަނޑުވެސް ތާއީދުކުރާޕާޓީ. ÷
    ސިޔާސީގޮތުން ވަކި ފިކުރަކަށް ތާއީދުކުރުމަކީ އެފިކުރުގެ ވެރިން ނިންމާ ކޮންމެކަމަކަށް ދެލޯމަރާލައި ރުހި ގަބޫލުވުމެއްނޫން. ހަމައެގޮތަށް އަޅުގަނޑު ގަބޫލުކުރާކުރުމެއް ފާޅުކުރުމަކީ ޕާޓިއާއި ދެކޮޅުވުމެއްވެސްނޫން.
    ގަބޫލުކުރަންޖެހޭ ހަގީގަތަކީ ގައުމުގެ ވެރިންނަށް ބަލައިގަންނަންޖެހެނީ އިހްލާސްތެރި އަހްލާގް ރިވެތި ކަމަށް ގާބިލު މީހުންކަން. މަގުމަތީހަރަކާތުގައި އެންމެ އަޑުގަދަ އެންމެ ހުތުރުކޮށް ވާހަކަދައްކަން ކެރޭމީހާނޫންކަން.
    މިހުރިހަކަމަކަށް ބަލާފައި އަބްދުއްރަހީމަކީ މިރާއްޖޭގެ ވެރިކަމުގެ ތިންބާރުގެ ތެރެއިން އެއްބާރުކަމުގައިވާ ގާނޫނު ހަދާ މަޖިލީހުގެ ރައީސް ކަމަށް އެންމެ އެކަށީގެންވާ ބޭފުޅާއެކޭ ނުދެންނެވޭނެ.

  17. އަދުރޭފޯރސްޕީކާރ

    މަޖިލީހުގެ ރައީސްކަން ހައްގު އަދުރޭއަށް އިބޫ ވެރިކަމުގައި ހަގީގީ އިދިކޮޅު ލީޑަރަކީ އަދުރޭ

  18. ހާބިސް

    ހައްދުންމަތި ތަރައްގީ ކުރަންދޯ ވެރިކަންހޯދީ މުޅި ރާއްޖޭގެ ހުރިހާ ރއްޔިތުން އަތުން ވޯޓް ހޯދައިގެން!!!!