ބައިނަލްއަގްވާމީ ކޭބަލް ކަނެކްޝަންތަކެއްގެ ސަބަބުން ރާއްޖޭގެ އެންމެ ބޮޑު އެއް މުއާސަލާތީ ހިދުމަތް ފޯރުކޮށްދެމުން އަންނަ ދިރާގުގެ ބައެއް ހިދުމަތްތަކަށް ބުރޫ އަރައިފިއެވެ.

ދިރާގުން ބުނީ، ދިމާވި ޓެކްނިކަލް މައްސަލައަކާއި ގުޅިގެން ބައިނަލްއަގުވާމީ ރޫޓުތަކުގައި އިންޓަނެޓް ޓްރެފިކް ބާރުބޮޑުވެ، މައްސަލަތައް ދިމާވަމުން އަންނަ ކަމަށެވެ.

އެކަމުގެ ސަބަބުން އިންޓަނެޓް ބޭނުން ކުރުމަށާއި ރާއްޖޭން ބޭރަށް ގުޅުމުގެ އިތުރުން ރާއްޖޭން ބޭރު މެދުވެރިކޮށް ކަސްޓަމަރުން ހޯދަމުން އަންނަ ހިދުމަތްތައް ހޯދުމުގައި ދަތިތަކެއް ކުރިމަތިވެފައިވާ ކަމަށް ދިރާގުން ވަނީ ބުނެފައެވެ.

މިކަންކަން ކުރިމަތިވުމާއި ގުޅިގެން އެބޭފުޅުންގެ ޓީމުން ބައިނަލްއަގުވާމީ ބައިވެރިންނާއި ގުޅިގެން އެކަން ހައްލު ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ދިރާގުން ވަނީ ބުނެފައެވެ. މިކަމުގެ ސަބަބުން ކަސްޓަމަރުންނަށް ދިމާވެދާނެ ދަތިތަކަށް ދިރާގުން ވަނީ މާފަށް އެދިފައެވެ.

މީގެ އިތުރުން ވެސް މި މައްސަލަ ހައްލު ވާނެ ވަކި ވަގުތެއް ދިރާގުން ހާމަކޮށްފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. Anonymous

    ސްކިލް އިޝޫ.