މާލޭގެ ބައެއް ގޭގޭގައި ހުރި ބާ މުސްހަފުތަކާއި، ދީނީ ފޮތްތައް ފަދަ ތަކެތި ނައްތާލުމަށް އެތަކެއްޗާއި، މިއަދުން ފެށިގެން ސިޓީ ކައުންސިލުން ހަވާލުވާން ނިންމައިފިއެވެ.

މާލެ ސިޓީ ކައުންސިލުން މިއަދު ނެރުނު އިއުލާނެއްގައި ބުނެފައިވަނީ، ނައްތާލަން ބޭނުންވާ މުސްޙަފާއި ދީނީ ލިޔުންތައް ސިޓީ ކައުންސިލާ ހަވާލު ކުރުމުގެ ފުރުސަތު މިއަދުން ފެށިގެން ހުޅުވާލާފައިވާ ކަމަށެވެ.

އެގޮތުން ކޮންމެ އަހަރަކު ވެސް ދެ ފަހަރު މި ފުރުޞަތު ހުޅުވާލުމަށް ސިޓީ ކައުންސިލުން ނިންމާފައިވާއިރު، މިއަދުން ފެށިގެން މެއި މަހުގެ 2 ވަނަ ދުވަހާ ހަމައަށް މިއަހަރުގެ ފުރަތަމަ ބުރު ވަނީ ހުޅުވާލެވިފައެވެ.

މިތަކެއްޗާއި ސިޓީ ކައުންސިލުން ހަވާލުވާނީ ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އިން ހަވީރު 4:00 އާ ހަމައަށެވެ.

އެގޮތުން މުސްޙަފާއި ދީނީ ލިޔުންތައް ހަވާލުކުރެވޭނެ އިންތިޒާމު މާލެ ސިޓީ ކައުންސިލްގެ ޢާންމު ޚިދުމަތްތަކާ ބެހޭ ބައި (ތައިސޭކޮށި) އާއި ވިލިމާލެ ސެކްޝަންއާއި ހުޅުމާލެ ސެކްޝަންގައި ހަމަޖެހިފައި ހުންނާނެ ކަމަށް ވެސް އިއުލާނުގައި ބުނެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު