ނުވާނެ ކަމަށް ހީކުރި އިންޖިނިއަރިންގެ މަސައްކަތް މިހާރު ދަނީ ހަލުވިކަމާއެކު ކުރިއަށް ކަމަށް މޯލްޑިވްް ގޭސްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ރައްޒާން ވިދާޅުވެއްޖެއެވެ.

ތިލަމާލެ ބްރިޖްގެ މަސައްކަތުގެ އެހާރާއި މިހާރުގެ ފޮޓޯއެއް ހިއްސާކުރައްވަމުން ރައްޒާން "އެކްސް"ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ސަރުކާރުގެ ސްޕީޑް ދަށްވުމުގެ ސަބަބުން ކުރިން ނުވާނެ ކަމަށް އާންމު ރައްޔިތުންނަށް ފެނުނު އިންޖިނިއަރިންގެ މަސައްކަތްތައް މިހާރު ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ޒައާމަތުގައި ހަލުވިކަމާއެކު ދަނީ ކުރިއަށް ކަމަށެވެ.

"މުއިއްޒު ސްޕީޑްގައި މަސައްކަތުން ދައްކުވައިދެނީ ރައްޔިތުންގެ އުންމީދުތައް އަވަސް އަދި ހަރުދަނާ ގޮތެއްގައި ހާސިލްކުރުމަށް ރައީސް ކުރައްވަމުން ގެންދަވާ މަސައްކަތް." ރައްޒާް ވިދާޅުވިއެވެ.

ރައީސް މުއިއްޒުގެ ސަރުކާރު އައި ފަހުން ބްރިޖުގެ މަސައްކަތް ކޮންޓްރެކްޓަރާ ގުޅިގެން ހަލުވިކަމާއެކު ކުރިއަށްގެންދާ ކަމަށް ސަރުކާރުގެ އޮފިޝަލުން ވަނީ ވިދާޅުވެފައެވެ. ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އިބްރާހިމް ތޮއްލާމް މީގެ ކުރިން ވިދާޅުވެފައި ވަނީ، މި ސަރުކާރު އައިސް ފުރަތަމަ ހަތަރު މަސް ދުވަހުގެ ތެރޭގައި ބްރިޖްގެ 7 ޕަސަންޓް މަސައްކަތް ނިންމާފައިވާއިރު، އޭގެ ކުރީ 25 މަސް ދުވަހުގެ ތެރޭގައި ބްރިޖްގެ ނިންމުނީ 29 ޕަސަންޓް މަސައްކަތް ކަމަށެވެ.

ނިމިދިޔަ ސަރުކާރުން ކުރިއަށް ގެންދިޔަ ތިލަމާލެ ބްރިޖްގެ މަސައްކަތް ވަރަށް ބޮޑަށް ލަސްވެ ކަނޑައެޅި ތާރީހަށް ނިމިފައެއް ނުވެއެވެ. މާލެ، ވިލިމާލެ، ގުޅީފަޅު އަދި ތިލަފުށި ގުޅާލާ ތިލަމާލެ ބްރިޖުގެ އެއްބަސްވުމުގައި އިންޑިއާގެ އެފްކޮންސް ކުންފުންޏާއެކު ސެޕްޓެމްބަރު 16، 2021 ގައި ސޮއިކުރީ އެ ހުރިހާ މަސައްކަތެއް މެއި 17، 2024 އަށް ނިންމާ ގޮތަށެވެ.

ނަމަވެސް، އެއްބަސްވުމާ އެއްގޮތަށް މަސައްކަތް ނުނިމި ދިގުލައިގެން ގޮސްފައިވަނިކޮށް، ކުރީގެ ސަރުކާރު ނިމެން އެއް ދުވަހަށް ވެފައިވަނިކޮށް، ނޮވެމްބަރު 16ގައި އެ އެއްބަސްވުމުގެ މުއްދަތު ސެޕްޓެމްބަރު 30، 2026އަށް ވަނީ އިތުރުކޮށްފައެވެ.

އެފްކޮންސްއިން އެންމެ ފުރަތަމަ ސަރުކާރާއެކު ގާއިމު ކުރި އެއްބަސްވުމުގެ ދަށުން މާލެއިން ފެށިގެން ގުޅީފަޅާ ހަމައަށް ގުޅާލަން އެއްބަސްވީ 27 މަސް ދުވަސް ތެރޭގައެވެ. ޝެޑިއުލާ އެއްގޮތަށް މަސައްކަތް ގެންދިޔަ ނަމަ، މިދިޔަ ޑިސެމްބަރު މަހު ގުޅާލާ ގޮތަށް އޮތް ނަމަވެސް އެކަން ކާމިޔާބެއް ނުވިއެވެ.

ތިލަމާލެ ބްރިޖަކީ 500 މިލިއަން ޑޮލަރު (7.7 ބިލިއަން ރުފިޔާ)ގެ މަޝްރޫއެކެވެ. އެއީ އިންޑިއާގެ އެގްޒިމް ބޭންކްގެ ލައިން އޮފް ކްރެޑިޓްގެ ދަށުން ދޭ 400 މިލިއަން ޑޮލަރާއި އިންޑިއާގެ ސަރުކާރުން ދޭ ހިލޭ އެހީގެ ގޮތުގައި ލިބޭ 100 މިލިއަން ޑޮލަރެވެ.

މިދިޔަ ހަތަރު މަސް ތެރޭ ތިލަމާލެ ބްރިޖުގެ މަސައްކަތުގެ ހަތް ޕަސެންޓު ނިންމާލި

ކިޔުންތެރިންގެ ހިޔާލު

12 ކޮމެންޓް

  1. ށުވޭސް

    އިންޖިނިއަރިންގ ގެ ވާހަކަ ދައްކަން އެންމެ ރަނގަޅުވާނީ އިންފްރާންސް ޓްރަކަޗަރ މިނިސްތްރީގެ އިންޖި ނިއަރުން ބަރިޖް މަސައްކަތުގައި ފެށު ީއްސުރެން އުޅުއްވަނީ އެބޭފުޅުން ، މިނިސްޓްރީގެ އެއްވެސް އިންޖިނިއަރަކު ތިފަދަ މޭރުމަކުން ވާހަކަފުލު ދެއްކެވިނަމަ އެވާހަކަ ކޮޅެއް ހިއްސާ ކޮށްލުންއެދެން ' ވިލިމާލެ ބުރިޖް ފެށިއިރު ތިއްބެވި އިންޖިނިއަރުންނަށް ފުރައްސާރަ ނުކުރުންއެދެން.

    38
    4
  2. ގަމާރު

    ކީކޭ ދެން ބުނާނީ މިކަހަކަ ސިކުނޑީގަ ތެތްކަމެއް ނެތް މީހުން މިއުޅެނީ މީނައަކަށް ނޭންގޭދޯ ބްރިޖްގެ ތަނބެއް ފެނުން މައްޗަށް އަރަނީ ކަނޑުތެރޭގަ އެތައް މަސައްކަތެއް ކޮށްގެންކަން . މިހާރުވެސް އެމަސައްކަތް އެކުރަނީ ކުރިންވެސް ކުރި މީހުން ހަމަ އެކުންފުނި ހަމަ އެމެޝިނަރީޒް ބޭނުންކޮށްގެން ހަމަ އެމީހުންގެ ވޯކިން ޕްލޭންއަށް ބަދަލުވީ ހަމައެކަނި ސަރުކާރު. މީހަކު އެނބުރުން އަރާފާނެ ކުޑަކުދިން ތިދައްކާ ވަހަކައިން

    55
    21
    • ޙެހެހ

      މިއަށްވުރެ މާބޮޑު ބުރިޖެއް އެއޮތީ މާލެ ހުޅުމާލެއަޅާފައި ، ތިޔަބުނާ އޮށަކުން ގަސްފަޅާކަށް ގިނަދުވަހެއް ނުނަގާ ، ކުރިންވެސް އެވާހަކަ ދިވެހިން ދެއްކީ ހަމަ ލަސްވީމަ ، މިއަދު ތިޔަކުންފުންޏަށް ތިވަރުވެސްވީ މާލެހުޅުމާލެ ބްރިޖްއެޅި ޗައިނާ މީހުންގެ އެހީތެރިކަމާއި އެކު

      12
      6
    • ނަނަނަ

      މީނަ ކަނޑުއަޑީގަ ތަނބެއްގަ ހިފަހައްޓައިގެން އޮތީ ތޯއްޗެއް މިހާރު… ދެރަކަމަކީ އަދިވެސް ޢުޅެނީ ކުރިންވެސް ނުވެގެން އުޅުނު ކަނޑުގައި ޖަހާ ތަނބުތައް ނުޖެހިގެންކަން. ތި ކުންފުންޔަށް އަދިވެސް އެކަން ވާނެކަމާ،މެދު ޝައްކު. އެއްގަމުގަ ތިޖަހާ ތަނބުތައް ޖަހާނެ ރޯޑު ކޯޕަރޭޝަނުންވެސް…

      6
      1
    • ރަނާ

      ބްރިޖްގެ ތަނބެއް ފެނުން މައްޗަށް އަރަނީ ކަނޑުތެރޭގަ އެތައް މަސައްކަތެއް ކޮށްގެންކަން .އެނގިތިބެ ނޫންބާ މަސައްކަތާ ހަވާލުވެ ނިންމަާނެ ތާރީޚް ދިނީވެސް.2023 ނިމޭއިރު ވިލިމަލެއަށް ދަތުރު ކުރެވެނެކަމަސް ކިޔާ އަޑު އެހިން. މަސައްކަތެއް ހަވާލުކޮށްފަ އަޅާނުލާ ތިބީމަވެސް ކަމަކު ނުދާނެ ތޯއްޗެ މަސައްކަތް ލަސް ކަމަށް ފެންނަ ނަމަ ވާހަކަ ދައްކައި ނިންމަން ބުނެފައިވާ ތާރީޚަށް ނިންމަން ބާރު އަޅަން ޖެހެނެހެން ހީވަނީ.

  3. Anonymous

    ބީތާވެދާނެ މިހިރަފެންނަމީހަކާ ހެދި.

  4. ޔާންޔާ

    އިބޫއައް ކޮންބްރިޖެއްތަ އެޅޭނީ .ކަނޑުން ގޯތި ދިން ވެރިކަމެއް މިނޫނީ ނުދެކެން .

    12
    1
  5. ށމހ

    ސޓނޓ

  6. ކުބޭ

    ކަލޭ ކިތަންމެ ފޮނެއް އެރުވިޔަސް އެ ނުވާނެ ކަލޭމެން ކުރިކަމަކަށް.....

    8
    4
  7. އެދުރުބެ

    ރައީސް މުއިއްޒުތަ މިހާރު ބްރިޖްގެ އިންޖިނިއަރަކީ؟

  8. ނަނަނަ

    މީހުން އަނގަ ގޮއްވުން ނޫން އެހެން ކަމަކު ކިޔާ އެއްޗެއް ނޫން. ނޫހުގަވެސް އެބަ ލިޔޭވިއްޔަ..

  9. ޕުއްޕާ

    ވަރައްދެރަ އިބޫއަކައް ބުރިޖެއްނޭޅުނުދޯ ހަމައެކަނި ގޯތިދެވުނީ ނަމަކައް އެވެސް ކަނޑުމެދުން