ލާދީނީ ވާހަކަތަކެއް މީސް މީޑިއާގައި ދައްކަމުންދާ ދިވެއްސެއްގެ މައްސަލަ ބަލަން ފުލުހުން ފަށައިފިއެވެ.

ދިވެހި ފިރިހެނަކު ދަނީ ފޭސްބުކްގައި ލާދީނީ ވާހަކަތަކެއް ދައްކަމުންނެވެ.

އޭނާގެ ފޭސްބުކް ސްޓޯރީ އާއި ފޭސްބުކް ޕޯސްޓްތަކުގައި އެފަދަ ވާހަކަތަކެއް ދައްކަމުންދާއިރު، މީހަކު ވަނީ ޓްވިޓާގައި އެ ވާހަކަ ތައް ހިއްސާ ކުރުމުން ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް އަޙްމަދު ޝިފާން ވިދާޅުވީ، އެ މީސް މީޑިއާގެ އެކައުންޓް ބޭނުން ކުރަމުންދާ މީހާ އާއި އޭނާގެ ކޮންޓެންޓްތަކާއި ގުޅޭގޮތުން ސީރިއަސް ތަހުގީގެއް ފުލުހުން ކުރަމުންދާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ޙުއްތު

    މިހާރުވެސް ޑޮލަރު ވިއްކުމުގެ ނަމުގައި މީހުން އަތުން ފައިސާ ފޭރެމުން އެދަނީ، ސުވާލަކީ މިއީ ލާދީނީ ކަމެއް ނޫންތޯ މިކަން ނުބަލަނީތޯ

  2. ކޮރަލް

    މިމީހުންނަށް ހިއްވަރު ދޭ ބަޔަކު ތިބި ތޯ ބަލަން ވީ އެވެ.

  3. މުރަނގަގަހުން މާލިމީ ބޭލި ހަސަންކޮއި

    ފުލުހުން އަރިހުން ބިލަބޮންގް ސްކޫލް ގައި ކިޔަވައި ދޭން އުޅޭ އާޝާރާނީ ކިޔާ ޓީޗަރު ދީނާ ޚިލާފަށް ކުދިންނަށް ދޭނަސޭހަތާއި ދީނާ ޚިލާފަށް ކޮށްފައިވާ މަސައްކަތް ރަނގަޅަށް ބަލާ ތަހުގީގު ކުރަންވީ! ކުދިން ނާއި ސްވާލުކޮށްގެން ތަހުގީގެއް ހިންގައި އެކަން ޢާއްމުކޮށްލަދޭންވީ! އޭނާ އެކަމެއްގައި އުޅޭތާ ވީދުވަހެއްވެސް ނޭގޭ. ދީނާ ކުދިން ދުރުކޮށްފައިވާ ވަރެއްވެސް ނޭގޭ!

  4. Anonymous

    ލާދީނީމީހުން ހިތުހުރިހާ ގޮތަކަށް މިރާއްޖޭގައި އުޅެވިގެންނުވާނެއެވެ. މިރާއްޖެއަކީ މުސްލިމުންގެ ރާއްޖެއެކެވެ. ލާދީނީމީހުންނާއި ރަސޫލުކަމަށް ދައުވާކުރާ ދައްޖާލުން ހިފައި ހައްޔަރުކޮށް ހައްގު އަދަބުދޭންވީއެވެ. ނޫނިއްޔާ އެމީހުންގެ މައްޗަށް ލައްވާ ކޯފާގެ ސަބަބުން އެހެން މީހުން ވެސް ހަލާކުވެގެން ހިނގައިދާނެއެވެ.

  5. އިބްރާހިމް

    މުރުތައްދުވާއެއްމެން ދިވެހިޕާސްޕޯޓް އަތުލައި އިންޑިޔާއަށް ފޮނުވާލާ!