ރަސްމީ ދަތުރުފުޅެއްގައި ފޮރިން މިނިސްޓަރ، މުސާ ޒަމީރު އިންޑިއާ ފުރާ ވަޑައިގަންނަވާ ކަމަށް ފޮރިން މިނިސްޓްރީން ބުނެފިއެވެ.

ފޮރިން މިނިސްޓްރީން ބުނީ، މިނިސްޓަރ އިންޑިއާއަށް ވަޑައިގަންނަވަނީ މާދަމާއިން ފެށިގެން މިމަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށް ކަމަށެވެ.

މިނިސްޓަރގެ މި ދަތުރުފުޅުގެ ތެރެއިން އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރ، ޑރ. އެސް. ޖައިޝަންކަރު އާއި ބައްދަލުކުރައްވައި ރާއްޖެއާއި އިންޑިއާއާއި ދެމެދުގައި އޮތް ޒަމާންވީ ގުޅުން އިތުރަށް ބަދަހިކުރުމާއި ބެހޭ ގޮތުން މަޝްވަރާކުރައްވާނެ ކަމަށެވެ.

މިއީ ފޮރިން މިނިސްޓަރުގެ މަގާމާއި ހަވާލުވި ފަހުން، މިނިސްޓަރ އިންޑިއާއަށް ކުރައްވާ ރަސްމީ ފުރަތަމަ ދަތުރުފުޅެވެ.

މާދަމާ މިނިސްޓަރ ޒަމީރު އިންޑިއާއަށް ވަޑައިގަތުމަށް ހަމަޖެހިފައިވާއިރު، މިމަހުގެ ތެރޭގައި މި ސަރުކާރުގެ ފަސް ވަޒީރަކު ރަސްމީ ދަތުރުފުޅެއްގައި ރާއްޖޭން ބޭރަށް ވަޑައިގަންނަވަން ވަނީ ހަމަޖެހިފައެވެ. އޭގެ ތެރޭގައި އިޤުތިސާދީ ތަރައްގީއާއި ވިޔަފާރިއާއި ބެހޭ ވަޒީރު، މުހައްމަދު ސައީދު، ތައުލީމީ ވަޒީރު، ޑރ. އަބްދުﷲ ޝަފީއު، ދާހިލީ ސަލާމަތާއި ފަންނިއްޔާތާއި ބެހޭ ވަޒީރު، އަލީ އިހުސާން، ކުޅިވަރާއި ހަށިހެޔޮކަމާއި ބެހޭ ވަޒީރު، އަބްދުﷲ ރާފިއުގެ އިތުރުން މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވަޒީރު، އަހުމަދު ޝިޔާމް ހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ރައްޔިތުން

    ރާއްޖެއާއި އިންޑިއާގެ ގުޅުން އިތުރަށް ވަރުގަދަވެގެންދާނެކަމަށް އުންމީދުކުރަން. އެޅިކޮންމެ އެއްޗަކަށް ރިހަ ނުކިޔާނެކަމަށް އުންމީދުކުރަން.

    4
    5
  2. ހިކި ކިރު

    އިންޑިއާ އައުޓު! އިންޑިއާ އައުޓު! އިންޑިއާ އައުޓު! ރާކަނިމަސް ކެވިއްޖެ ދޮތަ!

  3. ޒާއިން

    އިންޑިޔާއަކީ ދިވެހިރާއްޖެއަށް އަލަށް ފެނިގެން އުޅޭ ބައެއް ނޫން. ރައީސް މައުމޫންގެ ދިގު 30އަހަރުގެ ވެރިކަމުގައިވެސް އަވަށްޓެރި އިންޑިޔާއެކު ވަރަށް ރަނގަޅު އަވަށްޓެރި އެކުވެރި ގުޅުމެއް ޤާއިމް ވެފައި އޮތް. މިރާއްޖޭގައި އޭރު އޮތް ރައީސް މައުމޫންގެ ވެރިކަން ވައްޓާލުމަށް 1988 ނޮވެމްބަރ 03ވަނަ ދުވަހު ބޭރުގެ ޓެރަރިސްޓުންގެ ބަޔަކު މާލެއަށް އަރާ އެތައް ބަޔަކު ޝަހީދު ކުރި ޙާދިސާގައިވެސް ރާއްޖޭގެ ސަރުކާރާއި ރައްޔިތުން ސަލާމަތް ކުރުމަށް އިންޑިޔާގެ ސިފައިންގެ އެހީތެިކަން ވަރަށް އަވަހަށް ލބިގެންދިޔަ. އެއީ އިންޑިއާ ސަރުކާރުން ދިވެހި ރައްޔިތުންނަށް ކޮށްދިން ވަރަށް ބޮޑު ކަމެއް. ވީމާ، އެއްވެސް ޤައުމަކާ ނުގުޅުންތެރިކަމެއް އުފެދޭ ގޮތަށް ކަންކަން ކުރުމަކީ ޤައުމަށް ރަނގަޅުވާނެ ގޮތެއްނޫން ކަމަށް ދެކެން.