ފުލުހުންގެ ތަޙްޤީޤަކަށް ކުޑަ ކުއްޖަކު ހޯދަން ފުލުހުން ދެންމެ އިއުލާން ކޮށްފިއެވެ.
ފުލުހުންގެ ވެބްސައިޓްގައި ވިދާޅުވެފައި ވަނީ ފުލުހުންގެ ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޑިޕާޓްމަންޓުން ތަޙްޤީޤް ކުރަމުންދާ މައްސަލައަކާ ގުޅިގެން މީހަކު ހޯދުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުން ކަމަށެވެ.
މިމައްސަލައާ ގުޅިގެން ހޯދަމުންދަނީ ކ.މާލެ، މ.ރަންބޮލި، ޢަބްދުﷲ އިޝާން ނައުޝާދު (16އ) ކަމަށް ފުލުހުން ވިދާޅުވިއެވެ.
ވީމާ ޢަބްދުﷲ އިޝާން ނައުޝާދު އާގުޅޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޑިޕާޓްމަންޓުގެ ނަމްބަރު 9790163 އަށް ގުޅުއްވައި ޙިއްސާކުރެއްވުމަށް ފުލުހުން އެދެއެވެ.
ޢަބްދުﷲ އިޝާން ނައުޝާދު ހޯދަމުން ދަނީ ކޮން މައްސަލައަކާއި ގުޅިގެން ކަމެއް ފުލުހުން ވިދާޅެއް ނުވެއެވެ.
މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުން މިފުރުޞަތުގައި ފާހަގަކޮށް ޝުކުރު ދަންނަވާ ކަމަށް ފުލުހުންގެ ވެބްސައިޓްގައި ވިދާޅުވެފައި ވެއެވެ.
ފުލުހުންގެ ތަޙްޤީޤަކަށް 16 އަހަރުގެ ތުއްތު ކުއްޖަކު ހޯދަން އިއުލާން ކޮށްފި
ތުއްތު ކުއްޖެއް ކަމެއް ނޭނގެ. ނުކުރާ ކުށެއް ނެތް. ވައްކަން.. މާރާމާރީ، ފޭރުން.. މަސްތުވާ ތަކެތި.. ކޮބާ މައިން ބަފައިން
މައިންބަފައިންނަކީވެސް ކުށުގެ މާހައުލުގައިތިބިބައެއް ދަރިންތިބޭނީ އެގޮތަްށް ހޭނިފައެއްނު ބުރޯ
ކަލޭ ގެގެމައިންބަފައިންހަމަޔައް ތިބީމަ ނިމުނީ ދޯ... އެހެން މީހެއްގެ ހާލަކައް ވިސްނާ ނުލާތި ނަމަނަމަ.