ހުޅުމާލެ ދެވަނަ ފިޔަވަހީގައި ތަރައްގީ ކުރަމުންދާ ހިޔާ މަޝްރޫއުގެ ފްލެޓްތަކަށް ހޮވޭ ފަރާތްތަކަށް ހައުސިންގ މިނިސްޓްރީން ލިއުން ދޫކުރާ ވާހަކަ އެ މިނިސްޓްރީން ދޮގުކޮށްފިއެވެ.

މިއަދު އެ މިނިސްޓްރީން ނެރުނު ނޫސް ބަޔާނެއްގަައި ބުނެފައި ވަނީ، ހިޔާ މަޝްރޫއުގެ ފްލެޓްތަކަށް މީހުން ހޮވުމުގެ މަސައްކަތް ނުފަށާ ކަމަށާއި އަދި އެ މިނިސްޓްރީގެ އެފަދަ އެއްވެސް ލިއުމެއް އެއްވެސް ފަރާތަކަށް ދީފައި ނުވާނެ ކަމަށެވެ.

"އަދި މި މިނިސްޓްރީގެ ނަމުގައި ލިޔުން ހަދައިގެން ރައްޔިތުންނަށް އޮޅުވާލުމުގެ މަގްސަދުގައި ބައެއް ފަރާތްތަކުން މިފަދަ ކަންކަން ކުރުމަކީ ވަރަށް ޒިންމާދާރުކަން ކުޑަ އަމަލެއް ގޮތުގައި މި މިނިސްޓްރީ އިން ދެކޭ ކަމަށާއި، މިއީ ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް ނުފޫޒު ފޯރުވުމަށްޓަކައި ހިންގާ ވަރަށް ދަށުދަރަޖައިގެ އަމަލެއްކަން ފާހަގަކުރަމެވެ". އެ ބަޔާނުގައި ވެއެވެ.

ހައުސިންގ މިނިސްޓްރީން ވިދާޅުވީ، ހިޔާ މަޝްރޫއުގެ ފްލެޓްތަކަށް ހުށަހެޅުމުގެ އެންމެ ފަހު ގަޑިއަކީ 30 ސެޕްޓެމްބަރުގައި ކަމަށެވެ. އަދި މިނިސްޓްރީގެ ރަސްމީ ބަހެއް ނެތި އެފަދަ ހަބަރުތައް ނެފުތުރުމަށް ވަނީ އެދިފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. މުހައްމަދު އަލީ

    ފްލެޓްއަށް ފޯމްލީ ހުރިހާ އެއްމެނަނަށް ފްލެޓް ލިބޭނެކަމަށް މިނިސްޓަރ ވަނީ ވިދާޅުވެފައި. ދެންވެސް ޖެހޭތޯ މީހުން ހޮވަން

  2. ބޭބެ

    ތަރައްގީ އާއި ހަމަޖެހުމަށް!! ދީނާއި ގައުމުގެ ރައްކާތެރިކަމަށް!! އަމިއްލަވަންތަކަމާއި މިނިވަންކަމުގައި ދެމިއޮތުމަށް!!! އާންއެކޭ ބުނަންޖެހޭ!! 1✔️